ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ޑިމޮކްރެޓްސްގެ މެމްބަރުންނަށް މަރުޙަބާ ވިދާޅުވެ ރައީސް ސާލިޙު ހިއްސާކުރެއްވީ ”ވަތަން އެދޭގޮތަށް“ ގެ ބައިތެއް!

ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސާލިޙްއާއި އެމްޑީޕީގެ ކުރީގެ ޗެއާޕާސަން ފައްޔާޒް އިސްމާއީލް އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދު/ ފޮޓޯ: އަވަސް
ޝެއާރކޮށްލާ ކަހަލަދޯ؟

ދި ޑިމޮކްރެޓްސް ޕާޓީގެ މެމްބަރުން މޯލްޑިވިއަން ޑިމޮކްރަޓިކް ޕާޓީ (އެމްޑީޕީ) އާ ގުޅިވަޑައިގެންނެވުމަށް ނިންމެވި ނިންމެވުމަށް އެ ޕާޓީގެ ލީޑަރު، ކުރީގެ ރައީސް އިބްރާހިމް މުޙައްމަދު ސާލިޙު މަރުޙަބާ ވިދާޅުވެއްޖެއެވެ.

ޑިމޮކްރެޓްސްގެ މެމްބަރުންނަށް މަރުޙަބާ ވިދާޅުވެ އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ރައީސް ސާލިޙު ވިދާޅުވީ، ދަ ޑިމޮކްރެޓްސްގެ މެމްބަރުން އެމްޑީޕީއާ ގުޅިވަޑައިގަތުމަށް ނިންމެވި ނިންމެވުމަށް މަރުޙަބާ ދަންނަވާ ކަމަށެވެ.

މީގެ އިތުރުން، އިސްލާމް ދީނުގެ ޞައްޙަ ޢަޤީދާގެ މަތީގައި ދެމިތިބެ، ޑިމޮކްރަސީގެ ހަމަތައް ނަގަހައްޓާ، ރައްޔިތުންގެ މަޞްލަޙަތު އަބަދުވެސް އިސްކުރާ ބަޔަކަށް އެންމެންވެސް ވުމަށް މަސައްކަތް ކުރެއްވުމަށް ރައީސް ސާލިޙު ވަނީ އެދިވަޑައިގެންފައެވެ. އަދި އެއަށްފަހު އެ ޕޯސްޓުގައި ޅެން ބައިތެއް ހިއްސާކުރައްވާފައިވެއެވެ.

އެއީ 2008 ގެ ރިޔާސީ އިންތިހާބުގެ ދެވަނަ ބުރުގައި އިއްތިހާދުގެ ބައިވެރިންގެ ޝިޔާރެއްގެ ގޮތުގައި ބޭނުންކުރި ”ވަތަން އެދޭ ގޮތަށް“ މި ޅެމުގެ ބައިތެކެވެ.

ހުރަސްތަކާ ދިމާވެދާ ޢަދަދުނުވާނެ ދަތިތަކުން، ފަހަށް ނުޖެހި ދެވޭނެހެން ފަށާށެވީ ގިރާކުރާން. ޤައުމިއްޔަ އިލްތިމާސުތަކަށް ޢަމަލުކުރާށެ ހެޔޮހިތުން، އަބަދު ކުރާށެ ހިތްވަރެއް ހިނގާނެ އާމަގެއް ކޮށާން

އެމްޑީޕީގެ މެމްބަރުންނާ ޑިމޮކްރެޓްސް ގުޅުމާ ގުޅޭގޮތުން ރައީސް ސާލިޙު މީގެ ކުރިންވެސް ވާހަކަ ދައްކަވާފައިވެއެވެ. އެގޮތުން ޓީވީ ޕްރޮގްރާމަކަށް ދެއްވި އިންޓަވިއުއެއްގައި ސާލިޙު ވިދާޅުވެފައިވަނީ، އެމްޑީޕީއަކީ އެންމެން އެކުގައި އުފައްދާފައިވާ ޕާޓީއެއް ކަމަށާއި، ޒާތީ މައްސަލަތައް ޙައްލުކޮށް އަދިވެސް އެކުގައި މަސައްކަތް ކުރެވޭނެ ކަމަށެވެ. އަދި އެމަނިކުފާނާ މެދުގައި މައްސަލައެއް އޮތްނަމަވެސް، އެކަމެއް އެއްފަރާތްކޮށް ޤައުމު އިސްކޮށްގެން ޕާޓީގެ މަސައްކަތް ކުރިއަށް ގެންދިއުމަށް ރައީސް ސާލިޙު ވަނީ އޭރުވެސް ގޮވާލައްވާފައެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 100%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: