ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ރަސްމާލެއިން 10 ހެކްޓަރު ހިއްކައިދިން އެމްޓީސީސީއަށް 1.6 މިލިއަން ޑޮލަރު ދޭން ސީއެމްސީސީއަށް ހުކުމެއް!

ފުށިދިއްގަރުފަޅު ހިއްކުމުގެ ތެރެއިން/ ފޮޓޯ: މިހާރު
ޝެއާރކޮށްލާ ކަހަލަދޯ؟

މި ސަރުކާރުން އިއުލާނުކޮށްފައިވާ ފުށިދިއްގަރު ފަޅު، ރަސްމާލެ ހިއްކުމުގެ މަޝްރޫއުގެ ދަށުން މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ) އިން ހިއްކި 10 ހެކްޓަރުގެ ބިމުގެ އަގަށްވާ ފައިސާ އެ ކުންފުންޏަށް ދެއްކުމަށް ސިވިލް ކޮންސްޓްރަކްޝަން (ސީއެމްސީސީސީ) ގެ މައްޗަށް ހުކުމްކޮށްފި އެވެ.

މިއީސީއެމްސީސީސީއިން ފުށިދިއްގަރުފަޅުން 10 ހެކްޓަރު ބިން ހިއްކުމަށް ހަވާލުކޯށް ނިންމުމަށް ފަހު މަސައްކަތުގެ އަގަށްވާ ފައިސާ ދައްކާފައި ނުވާތީ އެއްބަސްވުމާއި ހިލާފުވެފައިވާކަމަށް ބުނެ އެ ކުންފުންޏާއި ދެކޮޅަށް އެމްޓީސީސީ ހުށަހަޅާފައިވާ މައްސަލައެކެވެ. މައްސަލައިގައި އެމްޓިސީސީ އެދިފައި ވަނީ ސީއެމްސީސީސީ އެއްބަސްވުމާއި ހިލާފުވެފައިވާކަމަށް ކަނޑައަޅައި މަސައްކަތުގެ ޖުމްލަ އަގަށްވާ 1.68 މިލިއަން ރުފިޔާ އެއްފަހަރާ ދައްކައި ހަލާސް ކުރުމުގެ އަމުރެއް ނެރެދިނުމަށެވެ.

މައްސަލައިގައި އެމްޓީސީސީން ވަނީ މަސައްކަތް ނިންމާފައިވާ ގޮތުގެ އައުޓް ސާވޭ ރިޕޯޓާއި، ފައިސާ ދެއްކުމަށް އެދި ސީއެމްސީސީސީއަށް ފޮނުވި ސިޓީތައް ވެސް ކޯޓަށް ހުށަހަޅާފަ އެވެ.

މައްސަލައިގައި ބުނެފައި ވަނީ ފުށިދިއްގަރު ފަޅުން 10 ހެކްޓަރު ހިއްކުމަށް މަސައްކަތުގެ އަގު ހޯދުމަށް ސީއެމްސީސީސީން އެދުނީ 2023، ޑިސެމްބަރ 12 ގައިކަމަށެވެ. އަދި އަގެއްގެ ގޮތުގައި 1.68 މިލިއަން ރުފިޔާ ހިމަނައި ކޯޓޭޝަނެއް ފޮނުވީ ޑިސެމްބަރު 17 ގައިކަމަށް ވަނީ ބުނެފަ އެވެ. އެމްޓީސީސީ ބުނި ގޮތުގައި ހަމަ އެ ދުވަހު ކޯޓޭޝަނަށް ބިނާކޮށް ސީއެމްސީން އެ މަސައްކަތް ކުންފުންޏާއި ހަވާލު ކުރި އެވެ.

އެއްބަސްވެއްފައިވާ ގޮތަށް، ބުނި މުއްދަތަކަށް މަސައްކަތް ނިންމައިދިން ނަމަވެސް ސީއެމްސީސީސީން ފައިސާ ދައްކާފައި ނުވާކަމަށް އެމްޓީސީސީގެ މައްސަލައިގައި ވެއެވެ.

މި މައްސަލައިގައި ޝަރީއަތަށް ފާހަގަކުރެވުނު ކަންކަމުގެ ގޮތުގައި ހުކުމުގައި ވަނީ، ބިން ހިއްކުމަށް ހަވާލު ކުރެވުނުކަމާއި އަދި ފައިސާ ދައްކަން ޖެހޭކަމާއި މެދު ސީއެމްސީސީސީ އިންކާރު ނުކުރާކަމަށެވެ. އެހެން ނަމަވެސް އެއްބަސްވުމަށް ބަލާއިރު، މަސައްކަތުގެ އަގު ދައްކަން ޖެހޭނެކަމަށް ބުނާ ވަކި ތާރީހެއް ބަޔާންކޮށްފައި ނެތް އިރު އެމްޓީސީސީ އެދިފައިވާ ގޮތަށް އެއްބަސްވުމާއި ހިލާފުވެފައިވާކަން ބެލެވެން ނެތްކަމަށް ސީއެސްމްސީ ވަނީ ބުނެފަ އެވެ.

ސީއެމްސީސީސީ ބުނެފައި ވަނީ ހުޅުމާލެ ޑިވެލޮޕްމަންޓް ކޯޕަރޭޝަނުން އެ ކުންފުންޏަށް ލިބެން ޖެހޭ ފައިސާތަކެއް އެބަހުރިކަމަށާއި، އެހެންކަމުން އެ ފައިސާ ލިބުމާއި އެކު އެމްޓީސީސީއަށް ފައިސާ ދައްކާނެކަމަށެވެ. އެހެން ނަމަވެސް އެ ކުންފުނިން އެދުނީ ފައިސާ ދެއްކުމަށް ދެ އަހަރުގެ މުއްދަތެއް ދިނުމަށެވެ.

މި މަސައްކަތާއި ގުޅޭގޮތުން ދެ ފަރާތުންވެފައިވާ އެއްބަސްވުމެއްގައި ފައިސާ ދައްކަން ޖެހޭނެ މުއްދަތެއް ބަޔާން ނުކުރިނަމަވެސް މަސައްކަތުގެ އަގުގެ ސެކްޝަނުގައި ވާގޮތުން މަސައްކަތް ނިމުމާއި އެކު މަސައްކަތުގެ އަގުގެ ގޮތުގައި ލިބެން ޖެހޭ އެންމެހައި ފައިސާ ދައްކައި ހަލާސްކުރަން ވާނެއެވެ.

މަސައްކަތް ނިންމަން ޖެހޭ މުއްދަތެއްކަމަށް އެއްބަސްވުމުގައި ވަނީ 2023 ޑިސެމްބަރު 25 އެވެ. އަދި އެގޮތަށް މަސައްކަތް ނިންމައި އެމްޓީސީސީން އަގު ދެއްކުމަށް އެދި ބިލް ކުރީ ޖެނުއަރީ މަހުގެ 03 ގައެވެ.

އެކަން ފާހަގަކޮށް ހުކުމުގައި ވަނީ މަސައްކަތުގެ އަގު ދައްކަން ޖެހެނީ މަސައްކަތްކޮށް ނިމުމާއިއެކުކަމަށް ޕޭމަންޓް ޓާމްސްގައި ބަޔާންކޮށްފައި ވާތީ އެއްބަސްވުމާއި އެއްގޮތަށް ދައުވާ ލިބޭ ފަރާތުން ފައިސާ ދައްކާފައި ނުވާތީ އެއްބަސްވުމާއި އެ ކުންފުނިން ހިލާފުވިކަން ގާނޫނީ ހަމަތަކުގެ މަތީން ބަލަން ޖެހޭކަމަށެވެ.

މި ނުކުތާތަކުގެ މައްޗަށް ސިވިލް ކޯޓުން ހުކުމްކޮށްފައި ވަނީ ޖޫން މަހުގެ 19 އިން ފެށިގެން އެއް މަސް ދުވަހުގެ ތެރޭގައި މަސައްކަތުގެ އަގަށްވާ ފައިސާ ދެއްކުމަށެވެ.

ރަސްމާލެ މަޝްރޫއުގެ ދަށުން 1،153 ހެކްޓަރު ބިން ހިއްކުމުގެ މަސައްކަތް ކުރިޔަށް ގެންދާނެކަމަށް ސަރުކާރުން ވަނީ ބުނެފަ އެވެ.

ރައީސް ޑރ. މުހައްމަދު މުއިއްޒު ވަނީ ރަސްމާލެ ތަރައްގީކޮށް އެ ތަނުން 11،000 ގޯއްޗާއި، 26،000 އަށް ވުރެ ގިނަ ފްލެޓު ދޫކުރާނެކަމަށް އިއުލާނު ކުރައްވާފަ އެވެ. އެއީ ޖުމްލަކޮށް ބަލާއިރު 240،000 ގެ އާބާދީއަކަށް ކޭޓަރ ކުރެވޭނެ މިންވަރެކެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: