ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ބާ ކައުންސިލުގެ އެގްޒެކެޓިވް ކޮމިޓީއަށް ނައިބު ރައީސަކާއި އިތުރު 2 މެމްބަރުން އިންތިޚާބުކޮށްފި

ގާނޫނީ ވަކީލު ވަކީލު އިބްރާހިމް ޝަމީލް/ ފޮޓޯ: މިހާރު
ޝެއާރކޮށްލާ ކަހަލަދޯ؟

ބާ ކައުންސިލުގެ އެގްޒެކެޓިވް ކޮމިޓީއަށް ނައިބް ރައީސަކާއި އިތުރު 2 މެމްބަރުން އިންތިޚާބުކޮށްފިއެވެ.

ދިވެހިރާއްޖޭގެ ބާ ކައުންސިލުގެ ހިނގަމުންދާ އެގްޒެކެޓިވް ކޮމިޓީގެ ނައިބު ރައީސާއި 4 މެންބަރުންގެ ދައުރު 14 ޖުލައި 2025ގައި ދައުރު ހަމަވާތީ އެކައުންސިލުގެ އެގްޒެކެޓިވް ކޮމިޓީއަށް މެންބަރުން އިންތިޚާބުކުރުމަށް ފެންނަ ނުފެންނަ ވޯޓެއް ފުރަތަމަ ބޭއްވީ މިދިޔަ މަހުގެ 26ގައެވެ.

އެގްޒެކެޓިވް ކޮމިޓީއަށް ނައިބު ރައީސާއި 2 މެންބަރުން އިންތިޚާބުކުރުމަށް 19 ޖޫންގައި ”ފަހިވޯޓު“ މެދުވެރިކޮށް އޮންލައިންކޮށް އިންތިޚާބުގެ ދެވަނަ ބުރު ވަނީ ބާއްވާފައެވެ.

ބާ ކައުންސިލުގެ އެގްޒެކެޓިވް ކޮމިޓީއަށް މެންބަރުން އިންތިޚާބު ކުރުމަށް ޢާންމުކުރި އިޢުލާނާ ގުޅިގެން މަޤާމުގެ ޝަރުޠު ފުރިހަމަވާ 5 ކެންޑިޑޭޓުން އިންތިޚާބުގެ ދެވަނަ ބުރުގައި ވަނީ ވާދަކޮށްފައެވެ.

މި އިންތިޚާބުގައި ވޯޓުލުމަށް ރަޖިސްޓްރީވެފައިވަނީ 1086 ޤާނޫނީ ވަކީލުންނެވެ. ވޯޓުގެ އަޣުލަބިއްޔަތުން  ދިވެހިރާއްޖޭގެ ބާ ކައުންސިލުގެ އެގްޒެކެޓިވް ކޮމިޓީގެ ނައިބު ރައީސްކަމަށް އަލްއުސްތާޛު އިބްރާހީމް ޝަމީލް ވަނީ 291 ވޯޓާއެކު އިންތިޙާބުވެފައެވެ.

އަދި އެގްޒެކެޓިވް ކޮމިޓީގެ މެންބަރުކަމަށް، އަލްއުސްތާޛު ޢަބްދުالله ނާހިދު 294 ވޯޓާއިއެކު އަދި އަލްއުސްތާޛު އަޙްމަދު ޝާފިޢު 284 ވޯޓާއިއެކު ވަނީ އިންތިޚާބުވެފައެވެ.

ރާއްޖޭގައި މަސައްކަތް ކުރާ ޤާނޫނީ ވަކީލުންގެ ކަންކަން ބަލަހައްޓައި ރެގިއުލޭޓްކުރާ ބާ ކައުންސިލަކީ ގެންދަވަނީ ރާއްޖޭގައި މަސައްކަތްކުރާ ޤާނޫނީ ވަކީލުންގެ ޙައްޤުތަކާއި އިމްތިޔާޒުތައް ޙިމާޔަތް ކުރުމާއި ޤާނޫނީ ވަކީލުކަން ކުރުމުގެ ހުއްދަދީ ޤާނޫނީ ވަކީލުންގެ މަސައްކަތްތަކާ ގުޅޭ އެންމެހާ ކަންކަން ރެގިއުލޭޓުކޮށް ބަލަހައްޓަމުންނެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: