ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ސްޓެލްކޯއިން ދެނީ ގައުމީ ހިދުމަތެއް، މުވައްޒަފުންނަށް ބޭނުންވާ ތަމްރީނު ފޯރުކޮށްދެވޭ: ފަހުމީ

ސްޓެލްކޯގެ މެނޭޖިންގ ޑިރެކްޓަރ ހުސައިން ފަހްމީ/ފޮޓޯ: ސްޓެލްކޯ
ޝެއާރކޮށްލާ ކަހަލަދޯ؟

ސްޓެލްކޯއިން ރައްޔިތުންނަށް ދެމުން ދަނީ ގައުމީ ހިދުމަތެއްކަމަށްވުމާއި އެކު، މުވައްޒަފުންނަށް އަމާޒުކޮށްގެން ތަމްރީނު ޕްރޮގްރާމުތައް ހިންގާކަމަށް ކުންފުނީގެ މެނޭޖިން ޑިރެކްޓަރ ހުސެއިން ފަހުމީ ވިދާޅުވެއްޖެ އެވެ.

ސްޓެލްކޯގެ ޓްރެއިނާސް ޕޫލް އިފްތިތާހުކުރުމުގެ ރަސްމިއްޔާތުގައި ފަހްމީ ވިދާޅުވީ، ކަރަންޓު ކެނޑުމާއި ގައުމަށް ދިމާވެދާނެ ނިކަމެތި ހާލަތެއް ކުރިމަތިވެ، ބަޖެޓު ކުޑަވުމާއި އެކު ހަރަދު ކުޑަކުރަން ޖެހޭ ފަދަ ގޮންޖެހުންތަކާއި ދިމާވެ، އެ ގޮންޖެހުންތަކުން އަރައިގަތުމުގެ ސިފަ، ސްޓެލްކޯގެ މުވައްޒަފުންގެ ހުންނާނެ ކަމަށެވެ.

ފަހުމީ ވިދާޅުވީ، ސަރުކާރުގެ ހަރަދު ކުޑަކުރުމުގެ ސިޔާސަތުތައް ކަނޑައެޅިކަމުގައިވީ ނަމަވެސް، އެ ކުންފުނީގެ މެނޭޖްމަންޓުގެ އަމާޒަކީ މަސައްކަތުގެ ސަމަކާރަ އިތުރުކޮށް ހިދުމަތް މެދުކެނޑުމެއް ނެތި ދިނުމަށް ކަމަށެވެ. އަދި، ސްޓެލްކޯއިން ދޭ ހިދުމަތް ފުރިހަމަ ގޮތެއްގައި ދެވޭނީ، އެ ކުންފުނީގެ މުވައްޒަފުންނަށް ތަމްރީނު ދީ، މުވައްޒަފުން އެކަތިގަނޑަކަށް ހަދައިގެންކަމަށް ފަހުމީ ވިދާޅުވިއެވެ.

ފަހުމީ ވިދާޅުވީ، ޓްރެއިންނާސް ޕޫލް ތަމްރީނު ޕްރޮގުރާމު އެކުލަވާލައި ހިންގުމުގެ މަގްސަދަކީ، މުވައްޒަފުން އެކަތިގަނޑަކަށް ހެދުމަށް ކަމަށެވެ. އަދި ސްޓެލްކޯއިން ދޭ ހިދުމަތް ދެވޭނީ ވެސް، މިފަދަ ތަމްރީނުތައް ދެވިގެންކަމަށް ފަހްމީ ވިދާޅުވިއެވެ.

ސްޓެލްކޯއަށް ސަރުކާރުން ކަނޑައަޅައިފައިވާ ބަޖެޓުން، އެ ކުންފުނީގެ ހަރަދުތަކަށް ތަންނުދެވުނުކަމުގައިވީ ނަމަވެސް، އިންހައުސްކޮށް ތަމްރީނުގެ ޕްރޮގުރާމުތައް ހިންގައިގެން، ފައިދާ ހުރި ގޮތެއްގައި ކުރިއަށް ގެންދެވޭނެކަމަށް ފަހުމީ ވިދާޅުވިއެވެ. އަދި މިފަދައިން ތަމްރީނުތައް ކުރިއަށް ގެންދިޔުމުގެ ސަބަބުން ހަރަދުކުޑަކޮށް، ރަނގަޅު ފެންވަރުގެ ތަމްރީނުތައް ސްޓެލްކޯގެ މުވައްޒަފުންނަށް ދެވޭނެކަމަށްވެސް ފަހްމީ ވިދާޅުވިއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: