ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ބަންޑާރަނައިބުގެ އޮފީހުގެ ގާނޫނު: އިސްލާހާއެކު މަޖިލީހަށް ބިލްތައް ނުލިބި ލަސްވަމުންދާ މައްސަލައަށް ހައްލު ލިބޭނެ: ނާޒިމް

ރައްޔިތުންގެ މަޖިލީހުގެ ނައިބު ރައީސް، ދިއްގަރު ދާއިރާގެ މެމްބަރު އަހުމަދު ނާޒިމް/ ފޮޓޯ: މަޖިލިސް
ޝެއާރކޮށްލާ ކަހަލަދޯ؟

ބަންޑާރަނައިބުގެ އޮފީހުގެ ގާނޫނަށް އިސްލާހު ގެނައުމުގެ ބިލްގެ އިސްލާހާއެކު ރައްޔިތުންގެ މަޖިލީހަށް ނުލިބި ލަސްވަމުންދާ މައްސަލައަށް ހައްލު ލިބިގެންދާނެ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ނައިބު ރައީސް އަދި ދިއްގަރު ދާއިރާގެ މެންބަރު އަހުމަދު ނާޒިމް ވިދާޅުވެއްޖެއެވެ.

މިއަދުގެ މަޖިލިސް ޖަލްސާގެ އެޖެންޑާގައި އޮތީ ބަންޑާރަނައިބުގެ އޮފީހުގެ މުވައްޒަފުންގެ މުސާރައާއި އިނާޔަތްތައް އިސްލާހު ކުރުމާއި، އެ އޮފީހުގެ މަސްއޫލިއްޔަތުތައް މުރާޖައާކުރުމަށްޓަކައި މިދިޔަ ހޯމަ ދުވަހު ސަރުކާރުގެ ފަރާތުން ފުވައްމުލަކު މެދު ދާއިރާގެ ޕީއެންސީ މެންބަރު އަލީ ފަޒާދު ހުށަހެޅުއްވި ބިލުގެ ބަހުސެވެ.

މި ފަހުން ވެސް ބަންޑާރަނައިބުގެ އޮފީހުގެ ގާނޫނަށް އިސްލާހެއް ގެނައެވެ. އެ އިސްލާހާއެކު މިހާރު އޭޖީ އޮފީސް ސިވިލް ސާވިސްއިން ވަނީ ވަކިކޮށްފައެވެ. އެ ބިލު ރައީސް ޑރ. މުހައްމަދު މުއިއްޒު ތަސްދީގުކުރެއްވީ މިދިޔަ މެއި މަހުގެ 29 ގައެވެ.

ނާޒިމް ވިދާޅުވި ސިވިލް ސާވިސް މުސާރައިގެ އޮނިގަނޑުގެ ތެރެއިން މުވައްޒަފުން ނަގަން ޖެހުމުން ރަނގަޅު ފެންވަރުގެ ވަކީލުންނާއި ކޮލިޓީ މީހުން ލިބުމަށް ދަތިވާކަމަށް ބަންޑާރަ ބަންޑާރަނައިބު ވަކާލާތު ކުރެއްވި ކަމަށެވެ. އަދި މަޖިލީހުން ބޭނުންވާ ސްޕީޑުގައި ބަންޑާރަނައިބުގެ އޮފީހުގެ މަސައްކަތްތައް ކުރިއަށް ނުދާކަން ފާހަގަކުރެއްވޭ ކަމަށާއި އެގޮތުން މަޖިލީހަށް ލިބެންވާ ބިލްތައް ނުލިބޭ ކަމަށް ވެސް ނާޒިމް ވިދާޅުވިއެވެ.

ނާޒިމް ވިދާޅުވީ، ބަންޑާރަނައިބު އޮފީހުގެ މަސައްކަތްތައް އަވަސްކޮށް، ރަނގަޅުކުރުމަށްޓަކައި މިހާރު ހުށަހެޅިފައި އޮތް އިސްލާހަކީ މުހިންމު އިސްލާހެއް ކަމަށެވެ. އޭރުން ރަނގަޅު ފެންވަރުގެ ވަކީލުން އެ އޮފީހަށް ލިބޭނެ ކަމަށާއި ފުނިޖެހިފައި އެ އޮފީހުގައި ހުރި މަސައްކަތްތައް ވެސް ކުޑައަޑި ވެގެންދާނެ ކަމަށް ނާޒިމް ވިދާޅުވިއެވެ.

ބަންޑާރަނައިބުގެ އޮފީސް އެފަދައިން އިސްލާހުކުރެވުމުގެ ނަތީޖާއަކަށް ވާނީ ދެން ހުރި ބޮޑެތި ކަންކަމަށް ބޭނުންވާ މުހިންމު އިސްލާހުތަކުގެ ބިލުތައް އަވަހަށް މަޖިލީހަށް އައުން ކަމަށް އޭނާ ވިދާޅުވިއެވެ. އޭރުން ރައްޔިތުންނަށް މަޖިލީހުން ދޭންޖެހޭ ޚިދުމަތްތަކުގައި ތަފާތެއް ދެއްކޭނެ ކަމަށް ވިދާޅުވިއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: