ގއ. ކޮލަމާފުއްޓަށް މަސްތުވާތަކެތި އެތެރެކުރަން އުޅުނު މީހަކު ހައްޔަރު ކޮށްފިއެވެ.
ފުލުުހުން މީޑިއާތަކަށް ފޮނުވި މެސެޖުގައި ބުނެފައިވާގޮތުން ކޮލަމާފުއްޓަށް ބަޔަކު މަސްތުވާތަކެތި އެތެރެކުރަން އުޅޭ ކަމަށް ލިބުނު މަޢުލޫމާތަކާއި ގުޅިގެން މިމަހުގެ 25 ވަނަ ދުވަހު ކޮލަމާފުށީ ޕޮލިސް ސްޓޭޝަނުން އޮޕަރޭޝަނެއް ހިންގާފައިވެއެވެ.
އެ ގޮތުން އާރުޓީއެލް ފެރީގައި އެ ރަށަށް އައި ކޮލަމާފުށީ ދޮންވެލި, ޝިފާއުﷲ ސައީދު ހުއްޓުވާ ބަލާ ފާސްކުރިއިރު އޭނާ ގެނައި ފޮށިގަނޑެއްގެ ތެރެއިން މަސްތުވާތަކެތި ކަމަށް ބެލެވޭ އެއްޗެއް ހުރި ޕެކެޓެއް ފެނިފައިވާ ކަމަށް ފުލުހުން މައުލޫމާތުދެއެވެ.
މި އޮޕަރޭޝަން ގައި އޭނާ ހުއްޓުވަން އުޅުމުން މަޑުނުކޮށް ސައިކަލަށް އަރައިގެން ދާން އުޅުމުގެ ތެރޭގައި ވެއްޓި ކަނާތު ކަކުލާއި އުޅަނބަށި ވަނީ މަށައިގެން ގޮސްފައެވެ.
މި މައްސަލައާ ގުޅިގެން އޭނާ ވަނީ ހައްޔަރުކޮށް ބަންދާއިމެދު ގޮތެއްނިންމަން ކޯޓަށް ހާޒިރުކުރުމުން 11 ދުވަހަށް ބަންދުކުރުމަށް ކޯޓުންވަނީ އަމުރުކޮށްފައެވެ.
ފުލުހުން ގެންދަނީ މި މައްސަލަ އިތުރަށް ތަހުޤީގުކުރަމުންނެވެ.

