ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ޝައިޚް ފަރީދުގެ ނަމުގައި ބަންގްލަދޭޝްގައި ބިނާ ކުރެވޭ މިސްކިތުގެ ބިންގާ އަޅައިފި

ފޮޓޯ: ޚިދުމަތް ޖަމްއިއްޔާ ފޭސްބުކް
ޝެއާރކޮށްލާ ކަހަލަދޯ؟

އިސްލާމީ ޢިލްމުވެރިޔާ ޝައިޚް އިބްރާހިމް ފަރީދުގެ ނަމުގައި ބަންގްލަދޭޝްގައި ބިނާކުރެވޭ މިސްކިތުގެ ބިންގާ އެޅުމުގެ ރަސްމިއްޔާތު ބޭއްވައިފިއެވެ. މި ރަސްމިއްޔާތުގައި މިސްކިތުގެ ބިންގާ އަޅުއްވައިދެއްވީ މަރުޙޫމް ޝައިޚްގެ ދެ ދަރިކަލުން ކަމުގައިވާ މުޙައްމަދު ފަރީދާއި އަބްދުﷲ ފަރީދެވެ.

މި މިސްކިތަކީ 455 މީހުންނަށް ނަމާދުކުރެވޭ ވަރުގެ ޖާގައިގެ މިސްކިތެކެވެ. މިސްކިތުގެ ބޮޑުމިނަކީ 255 އަކަފޫޓެވެ. ޚިދުމަތް ޖަމްޢިއްޔާއިން ފޭސްބުކްގައި ކުރި ޕޯސްޓެއްގައި ބުނެފައިވާ ގޮތުގައި މި މިސްކިތަކީ އިސްލާމީ އުންމަތަށް ފައިދާކުރަނިވި ޖީލެއް ބިނާކުރެވިގެންދާނެ ބޮޑު މަރުކަޒަކަށް ވެގެންދާނެ ތަނެކެވެ.

މިސްކިތް އެޅުމަށް ހިނގާނެ ކަމަށް އަންދާޒާކުރި 760،000 ރުފިޔާ ހޯދުމަށް ހުޅުވާލި ފުރުސަތުގައި ކުޑަ ވަގުތުކޮޅެއްގެ ތެރޭގައި އެ އަދަދު ހަމަވެފައިވާކަން ފާހަގަކުރެވެއެވެ. ޚިދުމަތް ޖަމްޢިއްޔާއިން މިކަމުގައި އެހީތެރިވެދެއްވި އެންމެހާ ފަރާތްތަކަށް ޝުކުރު އަދާކޮށްފައިވެއެވެ.

މީގެއިތުރުން، ޝައިޚް ފަރީދުގެ ހަނދާނުގައި ރާއްޖޭގައިވެސް މިސްކިތެއް އެޅުމަށް ވަނީ ނިންމާފައެވެ. މި މިސްކިތަށް އެހީތެރިވެދިނުމުގެ ފުރުސަތު މިހާރުވެސް ވަނީ ހުޅުވާލެވިފައެވެ. އެހީތެރިވާން ބޭނުންވާ ފަރާތްތަކަށް ޚިދުމަތް ޖަމްޢިއްޔާގެ މިސްކިތް ފަންޑް އެކައުންޓް ނަންބަރު 7770000141496 އަށް ފައިސާ ޖަމާކުރެވޭނެއެވެ.

ޝައިޚް ފަރީދު އަވަހާރަވީ މި މަހުގެ 9 ވަނަ ދުވަހުގެ ރޭ މެލޭޝިޔާގެ އެއަރޕޯޓުގައި ހުންނަވަނިކޮށެވެ. އެމަނިކުފާނަކީ ދިވެހިރާއްޖޭގެ ދީނީ ދާއިރާގައި ފާހަގަކޮށްލެވޭ ޚިދުމަތްތަކެއް ކުރައްވާފައިވާ، މާލެ އާއި އަތޮޅުތަކުގައި ގިނަ ދީނީ ދަރުސްތަކެއް ދެއްވައި، ރައްޔިތުން ދީނަށް އަހުލުވެރި ކުރެއްވުމަށް ގިނަގުނަ މަސައްކަތްތަކެއް ކުރައްވާފައިވާ އިސްލާމީ ޢިލްމުވެރިއެކެވެ.

ވަރަށް ގަދަ
100%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: