ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ލޭންޑިން ކްރާފްޓުން ގެއްލުނު މީހާ ހޯދުމުގެ މަސައްކަތް އަދިވެސް ކުރިއަށް

ސިވެކްގެ ލޭންޑިން ކްރާފްޓް
ޝެއާރކޮށްލާ ކަހަލަދޯ؟

މާލެއިން ފުރައިގެން ދަތުރު ކުރަމުން ދަނިކޮށް ކާށިދޫ ކަނޑަށް ބަންޑުން ޖަހާލި ލޭންޑިން ކްރާފްޓުން ގެއްލުނު މީހާ ހޯދުމުގެ މަސައްކަތް އަދިވެސް ކުރަމުންދާކަމަށް އެމްއެންޑީއެފްއިން ބުނެފި އެވެ.

މިދިޔަ ބުދަ ދުވަހު ޅ. އަތޮޅަށް ދަތުރު ކުރަމުން ދިޔަ ސިވެކްގެ ލޭންޑިން ކްރާފްޓް ބަންޑުން ޖަހާލައި ގެއްލިފައި ވަނީ ބިދޭސީއެކެވެ.

މީޑިއާތަކަށް މައުލޫމާތު ދެމުން ބުނީ ހާދިސާ ވަގުތުން ފެށިގެން ސިފައިންގެ ޑްރޯން ބޭނުންކޮށްގެން ވައިގެ މަގުންނާއި، ކޯސްޓު ގާޑުގެ އުޅަނދުތަކުން އޭނާ ހޯދުމުގެ މަސަައްކަތް ކުރަމުންދާކަމަށެވެ.

މިހާތަނަށް ކުރިޔަށް ގެންދިޔަ އޮޕަރޭޝަންގެ ތެރެއިން އެމްއެންޑީއެފް ވަނީ ސާފަސް ސާޗް 1035 ސްކްއާ ނޯޓިކަލް މޭލް ބަލާފަ އެވެ. އަދި އޭރިއަލް ސާޗްގެ ތެރެއިން 1496 ސްކްއާ ނޯޓިކަލް މޭލު ބަލާފައި ވެއެވެ.

މި ހާދިސާ ހިނގި އިރު ލޭންޑިން ކްރާފްޓުގައި ހަ މީހަކު ތިއްބެވެ.

ސިފައިންގެ ތިން މީހަކާއި، ބަންގްލަދޭޝްގެ ތިން މީހަކު ތިބި އެ ހަދިސާގައި ގެއްލުނީ ސިފައިންގެ އޮފިސަރަކާއި ބިދޭސީ މީހާ އެވެ. އަދި ދެ މީހުން ހޯދުމުގެ މަސައްކަތް ކުރަނިކޮށް، ސިފައިންގެ އޮފިސަރު ފެނުނީ ނިޔާވެފައި އޮއްވަ އެވެ.

ހާދިސާގައި ނިޔާވެފައި ވަނީ އެމްއެންޑީއެފްގެ ވޮރަންޓް އޮފިސަރު 2، އަލީ ހާމިދެވެ. ހާމިދު ވަނީ ސިފައިންގެ ހިދުމަތުގައި 27 އަހަރު ވަންދެން ހިދުމަތް ކުރައްވާފަ އެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: