ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

އިމިގްރޭޝަން މައްސަލަ: ދައުވާލިބޭ މީހަކާއެކު އިއުތިރާފު އެއްބަސްވުމެއް!

ކުރީގެ އިމިގްރޭޝަން ކޮންޓްރޯލަރ ޝަމްއާން ވަހީދު
ޝެއާރކޮށްލާ ކަހަލަދޯ؟

ކުރީގެ އިމިގްރޭޝަން ކޮންޓްރޯލަރ ޝަމްއާން ވަހީދުގެ އިތުރުން އިތުރު ފަރާތްތަކެއްގެ މައްޗަށް އުފުލާފައިވާ ދައުވާތަކުގެ އަޑުއެހުމެއް ހޯމަ ދުވަހު ކްރިމިނަލް ކޯޓުގައި ކުރިއަށް ގެންގޮސްފިއެވެ.

މި މައްސަލައިގައި ދައުލަތުން 3 މީހެއްގެ މައްޗަށް ދައުވާ އުފުލާފައިވެއެވެ. އެއީ ޝަމްއާންގެ އިތުރުން، މުޙައްމަދު އަލްސަން އިސްމާއިލް އަދި ޙަސަން ސަހެޝާންގެ މައްޗަށެވެ.

މި މައްސަލައިގައި މި 3 މީހުންގެ އިތުރުންވެސް އިތުރު 2 މީހަކަށް ދައުލަތުން ދައުވާ އުފުލާފައިވެއެވެ. ނަމަވެސް އެ ދެމީހުންގެ ބައި ކުރިއަށް ގެންދަނީ ވަކިންނެވެ. އެއީ މި މައްސަލައިގައި ދައުވާލިބޭ ލައްސާން އިއުތިރާފު އެއްބަސްވުމެއް އެކުލަވާލާފައިވާތީކަން ގާޒީ ފާހަގަ ކުރެއްވިއެވެ. އެހެންނަމަވެސް ދެން ދައުވާ އުފުލާފައިވާ އިބްރާހިމްގެ މައްޗަށް އުފުލާފައިވާ ދައުވާ ވަކިން ކުރިއަށް ގެންދަވާ ސަބަބެއް ގާޒީ ވިދާޅެއް ނުވެއެވެ.

ކްރިމިނަލް ކޯޓުގައި މި މައްސަލަ ބައްލަވަނީ ގާޒީ އިބްރާހިމް އިޙްސާންއެވެ.

ޝަމްއާންގެ މައްޗަށް 3 ދައުވާއެއް މި މައްސަލައިގައި އުފުލާފައިވެއެވެ. އެއީ ފޭރުމުގައި ބައިވެރިވުމާއި، ރަސްމީ ހައިސިއްޔަތު ނަހަމަ ގޮތުގައި ބޭނުން ކުރުމާއި، މަނީ ލޯންޑަރިންގ ގެ ކުށުގެ ދައުވާއެވެ. އަދި އަލްސަންގެ މައްޗަށް އުފުލާފައިވަނީ ރަސްމީ ޙައިސިއްޔަތު ނަހަމަ ގޮތުގައި ބޭނުން ކުރުމުގެ ކުށުގެ ދައުވާއެވެ.

މީގެ އިތުރުން، ހަސަން ސަހެޝާންގެ މައްޗަށް އުފުލާފައިވަނީ ފޭރުމުގައި ބައިވެރިވުމާއި، ރަސްމީ ޙައިސިއްޔަތު ނަހަމަ ގޮތުގައި ބޭނުން ކުރުމުގެ ކުށުގެ ދައުވާއެވެ.

މިހާރު ކުރިއަށްދަނީ މި މައްސަލައިގެ އިބްތިދާއީ މަރުޙަލާއެވެ. އަދި ހޯމަ ދުވަހު ކުރިއަށް ގެންގޮސްފައިވަނީ މި މައްސަލައިގެ ފުރަތަމަ އަޑުއެހުމެވެ.  މި އަޑުއެހުމުގައި ގާޒީ ވަނީ ދައުވާލިބޭ ފަރާތްތަކަށް ލިބިގެންވާ ޙައްޤުތައް ކިޔާދެއްވާފައެވެ.

މި އަޑުއެހުމުގައި ދައުލަތުގެ ވަކީލު ވިދާޅުވީ، މި މައްސަލައިގައި ސިއްރު އެއްވެސް ލިއުމެއް ހިމަނާފައިނުވާނެ ކަމަށެވެ. އެހެންކަމުން ގާޒީ ވަނީ މައްސަލައިގެ ލިއެކިއުންތައް ދައުވާލިބޭ ފަރާތްތަކަށް ލިބިފައިވޭތޯ ކަށަވަރު ކުރުމުގެ މަސައްކަތް ކުރިއަށް ގެންދަވާފައެވެ.

ގާޒީ ވިދާޅުވީ، ބައެއް ލިއެކިއުންތައް މަދުކަން ފާހަގަ ކުރެވޭ ކަމަށާއި، އެއީ ދައުވާލިބޭ މީހުން ދިފާއުވުމަށްޓަކައި ލިބެންޖެހޭ ލިއެކިއުންތަކެއް ކަމަށެވެ. އެހެންކަމުން އެ ލިއެކިއުންތައް ވީހާވެސް އަވަހަށް ދިފާއަށް ލިބިދެވޭނެ އިންތިޒާމު ހަމަޖެއްސުމަށް ގާޒީ ވަނީ ދައުލަތަށް ދަންނަވާފައެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: