ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ޓުއަރިޒަމް ދާއިރާގައި މަސައްކަތްކުރަނީ ހަމައެކަނި ބިދޭސީން: ހުސެން ޝަރީފު

ޝެއާރކޮށްލާ ކަހަލަދޯ؟

ޓުއަރިޒަމް ދާއިރާ ނުވަތަ ”ރަންބިސް އަޅާ ކުކުޅުގެ“ ތެރޭގައި ވަޒީފާ އަދާކުރަން ތިބެނީ ހަމައެކަނި ބިދޭސީންކަމަށް ރައްޔިތުންގެ މަޖިލީހުގެ ހުޅުމާލެ އުތުރު ދާއިރާގެ މެންބަރު ހުސެން ޝަރީފު ވިދާޅުވެއްޖެއެވެ.

މެންބަރު ޝަރީފު ވިދާޅުވި ގޮތުގައި، މިއީ ޤާނޫނުއަސާސީގެ ތެރެއިން ލާޒިމުކުރުވަންޖެހޭ ކަމެކެވެ. އަދި ޤާނޫނުއަސާސީގެ ތެރެއިން ބިދޭސީންނަށް ދިވެހިރާއްޖޭގައި ވަޒީފާ އަދާކުރުމުގެ ދޮރުތައް، ޚާއްސަކޮށް ރިސޯޓު އޯނަރުންނަށް އެފަދަ ދޮރުތައް ބަންދުވާންޖެހެއެވެ.

”ޓުއަރިޒަމް ސެކްޓަރަށް ބަލާލިޔަސް މިއަދު ފެނިގެންދަނީ އެކައުންޓެންޓުން ފެށިގެން ޕާރޗޭސް މެނޭޖަރުންނާއި ސަޕްލައި ކުރުމުގައިވެސް ހުސް ބިދޭސީން މަސައްކަތްކުރާ މަންޒަރު،“ މެންބަރު ޝަރީފު ވިދާޅުވިއެވެ.

މެންބަރު ޝަރީފު ފާހަގަކުރެއްވި ގޮތުގައި، މިކަމުގެ ސަބަބުން ކިޔަވައިގެން ތިބި އެތައް ދިވެހިންނެއް ވަނީ ވަޒީފާ ނުލިބި މަގުމަތިވެފައެވެ. އަދި ބިދޭސީންނަށް ވަޒީފާގެ ފުރުސަތު ނުދީ، ދިވެހިންނަށް މި ފުރުސަތު ދޭންޖެހޭ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

ޝަރީފު އިތުރަށް ވިދާޅުވި ގޮތުގައި، ”ބިދޭސީން ރާއްޖެ ގެނެސް މި ޤައުމުގައި މި ހިންގާ ޖަރީމާތައް ހުއްޓުވައިފިނަމަ ދިވެހިރާއްޖެއަށްވުރެ ތަނަވަސް ޤައުމެއް ނޯންނާނެ.“ އަދި މި ޤައުމުގައި ހުރި ވަސީލަތްތަކުން ދިވެހި ރައްޔިތުންނަށް ނުލިބޭ މަންފާއެއް ވަކި ބަޔަކަށް ލިބިގެން ނުވާނެ ކަމަށްވެސް އެމަނިކުފާނު ވިދާޅުވިއެވެ.

ވަރަށް ގަދަ
100%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: