”ފޯތް އިންޓަނޭޝަނަލް ކޮންފަރެންސް އޮން ފައިނޭންސިންގ ފޮރ ޑިވެލޮޕްމަންޓޫ“(އެފްއެފްޑީ4) ހުޅުވުމުގެ ސެގްމެންޓުގައި ރައީސުލްޖުމްހޫރިއްޔާގެ ނައިބު ހުސައިން މުހައްމަދު ލަތީފު ބައިވެރިވެވަޑައިގެންފިއެވެ.
”ފޯތް އިންޓަނޭޝަނަލް ކޮންފަރެންސް އޮން ފައިނޭންސިންގ ފޮރ ޑިވެލޮޕްމަންޓޫ“(އެފްއެފްޑީ4)ގައި ބައިވެރިވުމަށް ރައީސުލްޖުމްހޫރިއްޔާގެ ނައިބު ހުސައިން މުހައްމަދު ލަތީފު ސްޕެއިނަށް ފުރާވަޑައިގެންނެވީ، 2025 ޖޫން 27 ވީ ހުކުރު ދުވަހުގެ ހެނދުނުގެ ވަގުތެއްގައެވެ.
ކޮންފަރެންސް ހުޅުވުމުގެ ރަސްމިއްޔާތެއް ބޭއްވުނުއިރު، މި ކޮންފަރެންސްގައި އާންމު ބަހުސްއެއް ބޭއްވުނުއެވެ. އެގޮތުން، އެ ބަހުސްގައި އެކި ގައުމުތަކުގެ އިސްވެރިން ވަނީ އެ ޤައުމުތަކުގެ މާލީ ތަރައްޤީއަށް ކުރެވެމުންދާ މަސައްކަތްތަކާއި މާލީ ކުރިއެރުންތަކުގެ އިތުރުން މުސްތަގުބަލުގައި ޙާސިލުކުރަން ބޭނުންވާ ލަނޑުދަނޑިތައް ފާހަގަކުރައްވައިފައެވެ.
މި ކޮންފަރެންސްގައި ބޭއްވޭނެވަށްމޭޒުގެ ބައްދަލުވުންތަކުގައި، ބައިނަލްއަޤްވާމީ މާލީ އޮނިގަނޑު އިޞްލާޙުކުރުމާއި ތަރައްޤީގެ ގުޅުންތައް ހަރުދަނާކުރުންފަދަ ހައްސާސް މައްސަލަތަކުގެ މައްޗަށް، ކޮންފަރެންސްގެ ހަވާސައިގައި މަޝްވަރާކުރުމަށް ވަނީ ހަމަޖެހިފައެވެ.
އެފްޑީއެފްޑީ4އަކީ ސިލްސިލާގޮތެއްގައި އެކި ގައުމުތަކާއި، އ.ދއާއި ވިޔަފާރިތަކުގެ ބައިވެރިވުމާއިއެކު ފައިނޭންޝަލް ރީފޯމްއާއި ގުޅޭގޮތުން ވާހަކަދައްކާ މަޝްވަރާކުރުމުގެ ގޮތުން ބާއްވާ ކޮންފަރެންސްއެވެ. އެގޮތުން، މި ކޮންފަރެސްގެ ސިލްސިލާގެ އެންމެ ފަހުން ބޭއްވުނީ އިތިއޯޕިއާގެ އައްޑަބިސް އަބާބާގަ، 2015 ވަނަ އަހަރުގައެވެ.

