ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ތިލަމާލެ ބްރިޖް މަޝްރޫއުގެ 60 އިންސައްތަ މަސައްކަތް ނިމިއްޖެ: މުއައްތަލިބް

ކޮންސްޓްރަކްޝަން އެންޑް އިންފްރާސްޓްރަކްޗާ މިނިސްޓަރު ޑރ. އަބަދުالله މުއްތަލިބު/ ފޮޓޯ: އަދަދު
ޝެއާރކޮށްލާ ކަހަލަދޯ؟

އިންޑިއާގެ އެހީގައި ކުރިއަށްގެންދާ ތިލަމާލެ ބްރިޖް މަޝްރޫއުގެ 60 އިންސައްތަ މަސައްކަތް މިހާރު ނިމިފައިވާކަމަށް އިމާރާތްކުރުމާއި ބިނާވެށި ކުރިއެރުވުމާ ބެހޭ ވުޒާރާގެ ވަޒީރު ޑރ އަބްދުﷲ މުއްތަލިބު ވިދާޅުވެއްޖެއެވެ.

މިނިސްޓަރ އެފަދައިން ވިދާޅުވީ އެކްސްގައި ހިއްސާ ކުރެއްވި ޕޯސްޓެއްގައެވެ.

މިނިސްޓަރ ވިދާޅުވީ، ތިލަމާލެ ބްރިޖު އެޅުމަށް ބޭނުންވާ ތަނބުތައް ޖެހުމުގެ މަސައްކަތް އެއްކޮށް ނިންމާލެވިފައިވާ ކަމަށާއި، މިއީ މި މުޅި މަޝްރޫއުގެ އެންމެ އުނދަގޫ މަސައްކަތް ކަމަށެވެ. އެގޮތުން ޖުމުލަ 263 ތަނބު ޖަހާފައިވާއިރު، އޭގެ ތެރޭގައި އެއްގަމާއި ކަނޑުގެ ސަރަޙައްދު ހިމެނޭހެން 68 ސަރަޙައްދެއްގައި ޖަހާފައިވާ ތަނބުތައް ހިމެނޭނެކަމަށް މިނިސްޓަރ ވިދާޅުވިއެވެ.

މިނިސްޓަރ ވިދާޅުވީ، މި ކާމިޔާބީއާއެކު، ބްރިޖު މަޝްރޫއުގެ 60 އިންސައްތަ މަސައްކަތް މިހާރު ނިމުމަކާ ގާތްވެފައިވާ ކަމަށެވެ.

މި މަޝްރޫއު ފަންޑުކުރަނީ އިންޑިއާ ސަރުކާރުގެ 100 މިލިއަން ޑޮލަރުގެ ހިލޭ އެހީއާއި 400 މިލިއަން ޑޮލަރުގެ ލޯނު އެހީންނެވެ. އަދި އިތުރު 15 މިލިއަން ޑޮލަރު ހިލޭ އެހީގެ ގޮތުގައި އިންޑިއާއިން ވަނީ ފަހުން ދީފައެވެ.

ގާތްގަނޑަކަށް 6.695 ކިލޯމީޓަރުގެ ދިގުމިނުގައި އެޅުމަށް ހަމަޖެހިފައިވާ މި ބްރިޖްގެ މަސައްކަތް އެފްކޮންސް އިންފްރާސްޓްރަކްޗާއާ ހަވާލުކުރެވުނީ 2021 ވަނަ އަހަރުގެ އޮގަސްޓް 26 ވަނަ ދުވަހުއެވެ. މި ބްރިޖްގައި ތިން ނެވިގޭޝަން ބްރިޖް ހިމެނޭއިރު، އޭގެ ކޮންމެ ބްރިޖެއްގެ ދިގުމިނަކީ 140 މީޓަރެވެ.

ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ސަރުކާރުން މި މަޝްރޫއު އަވަސްކުރުމަށް މަސައްކަތްތަކެއް ކުރަމުންދާއިރު، މިއަހަރުގެ ފެބްރުއަރީ މަހު އިންޑިއާގެ ޓީމަކުން ވަނީ މަޝްރޫއުގެ މަސައްކަތް ބެލުމަށް ދިވެހިރާއްޖެއަށް ޒިޔާރަތްކޮށްފައެވެ. މި ދަތުރުގައި މަޝްރޫއު އަވަސްކުރުމަށް އެޅިދާނެ ފިޔަވަޅުތަކާ ގުޅޭގޮތުން މަޝްވަރާކުރެވުނެވެ.

ސަރުކާރުން ލަފާކުރާ ގޮތުގައި ތިލަމާލެ ބްރިޖްގެ މަސައްކަތް އެއްކޮށް ނިމޭނެކަމަށް ބެލެވެނީ 2026 ވަނަ އަހަރުގައެވެ. މަޝްރޫއުގެ މަސައްކަތް ލަސްވަމުންދާތީ، މަސައްކަތް އަވަސްކޮށްދިނުމަށް އިންޑިއާ ސަރުކާރުގައި ރައީސް މުއިއްޒު ވަނީ އެދިވަޑައިގެންފައެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: