ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

އެސްއީޒެޑަށް 680 މިލިޔަން ޑޮލަރުގެ އިންވެސްޓްމަންޓް؛ އަމާޒަކީ ފަސް އަހަރުން އެއް ބިލިއަން!

ސިންގަޕޫރުގައި ކުރިއަށް ގެންދިޔަ މޯލްޑިވްސް-ސިންގަޕޯ ބިޒްނަސް ފޯރަމްގެ ތެރެއިން/ ފޮޓޯ: ރައީސް އޮފީސް
ޝެއާރކޮށްލާ ކަހަލަދޯ؟

ރައީސް ޑރ. މުހައްމަދު މުއިއްޒުގެ އަމާޒަކީ ސްޕެޝަލް އިކޮނޮމިކް ޒޯންގެ ދަށުން ރާއްޖެއަށް ފަސް އަހަރުގެ ތެރޭގައި އެއް ބިލިއަން ޑޮލަރުގެ އިންވެސްޓްމަންޓު ގެނައުންކަމަށް އިކޮނޮމިކް މިނިސްޓަރ މުހައްމަދު ސައީދު ވިދާޅުވެއްޖެ އެވެ.

ރައީސުލްޖުމްހޫރިއްޔާއާއި ދައުލަތުގެ ބައެއް ވަޒީރުން ހިމެނިވަޑައިގަންނަވާ ގޮތަށް ސިންގަޕޫރަށް ކުރައްވާ ރަސްމީ ދަތުރުފުޅުގައި އެ ގައުމުގައި ވެސް ވަނީ ބިޒްނަސް ފޯރަމް ބާއްވާފަ އެވެ. މިއަދު އޮތް މި ބައްދަލުވުމުގައި ދެ ގައުމުގެ ވެސް ވިޔަފާރިވެރިން ބައިވެރިވީ އިރު، ޕެނަލްއެއް ބާއްވައި ވަނީ ރާއްޖޭގައި އިންވެސްޓު ކުރެވެން ހުރި ދާއިރާތަކާއި މިހާރު ހުޅުވާލެވިފައިވާ އެކި ޕްރޮޖެކްޓުތަކާއި ގުޅޭ މައުލޫމާތުތައް ދީފަ އެވެ.

ބިޒްނަސް ފޯރަމްގެ އޯޕެނިން ސްޓޭޓްމަންޓް ދެއްވަމުން މިނިސްޓަރ ސައީދު ފާހަގަކުރެއްވީ ސްޕެޝަލް އިކޮނޮމިކް ޒޯން (އެސްއީޒެޑް) އިންވެސްޓްމަންޓާއި ގުޅޭ ގޮތުންނެވެ. އެގޮތުން މިހާތަނަށް ރާއްޖެއަށް 680 މިލިއަން ޑޮލަރުގެ އިންވެސްޓްމަންޓް ކަށަވަރު ކުރެވިފައިވާކަމަށް ސައީދު ވިދާޅުވި އެވެ.

ރައީސް މުއިއްޒު ވެރިކަމާއި ހަވާލުވެވަޑައިގެންނެވި އިރު ރާއްޖޭގެ އިގްތިސާދު ދަށް ހާލަތަކަށް ވެއްޓިފައި އޮތުމާއި އެކު މާލީ ގޮތުން ވެސް ރާއްޖެއަށް ވަރަށް ބޮޑެތި ގޮންޖެހުންތަކާއި ދިމާވެފައިވާކަން ސައީދު ފާހަގަކުރެއްވި އެވެ. އެހެންވެ ސަރުކާރު އުފެދުމާއި އެކު ދޮޅު އަހަރު ރައީސް މަސައްކަތް ކުރައްވާފައި ވަނީ އެ ހާލަތުން އަރައިގަނެ، އިތުރަށް ގޯސްވިޔަ ނުދިނުމަށްކަމަށް ސައީދު ވިދާޅުވި އެވެ.

ސައީދު ވިދާޅުވީ ގާނޫނުތަކެއް ވުޖޫދުކޮށްގެންނާއި އެކު ސަރުކާރުން ވަނީ ހަރުދަނާ ގިނަ ފިޔަވަޅުތައް އަޅާފައި ކަމަށެވެ. އަދި ސަރުކާރުގެ އެ ކާމިޔާބު މަސައްކަތައި އެކު ކުރިޔަށް އޮތް ފަސް އަހަރުގެ އަމާޒަކީ ރާއްޖެއަށް އެއް ބިލިއަން ޑޮލަރުގެ އިންވެސްޓްމަންޓް ގެނައުންކަމަށް ސައީދު ވިދާޅުވި އެވެ.

ސަރުކާރުން މިހާރު މަސައްކަތް ކުރަމުން ގެންދާ އިތުރު ދާއިރާއެއްގެ ގޮތުގައި ސައީދު ވިދާޅުވީ ސޯލަރ ސިޓީގެ މަޝްރޫއުގެ ދަށުން އިންވެސްޓްމަންޓް އިތުރު ކުރުމެވެ. އަދި އެ މަސައްކަތަށް ފޯރަމްގައި ސޮއި ކުރެވިގެން ދިއުމާއި އެކު އެސްއީޒެޑްއަށް ކުރިއެރުންތައް ލިބިގެންދާނެކަމަށް ސައީދު ވިދާޅުވި އެވެ. އޭގެ ސަބަބުން 680 މިލިއަން ޑޮލަރުގެ ޔަގީންކަމެއް ލިބިގެން ދާއިރު، މިއީ ބިލިއަން ޑޮލަރުގެ އަމާޒަށް ވާސިލުވުމަށްޓަކައި އެޅިގެންދާ ވަރަށް މުހިންމު ފިޔަވަޅެއް އަދި އެހީއަކަށް ވެސް ވެގެންދާނެކަމަށް ސައީދު ވިދާޅުވި އެވެ.

ތަރައްގީ ގެނެސް އިންވެސްޓްމަންޓު ކުރުމަށް ރައީސް މުއިއްޒުގެ ސަރުކާރުން ގިނަ މަސައްކަތްތަކެއް ކުރެވި، ކާމިޔާބީއާއި ހަމައަށް ވާސިލުވެވިފައިވާކަމަށް ސައީދު ވިދާޅުވި އެވެ. ސައީދު ވިދާޅުވީ މިފަދަ ކާމިޔާބީއެއް ހާސިލު ކުރެވޭނީ ސިޔާސަތެއް ކާމިޔާބު ކުރެވޭނެ ހަރުދަނާ ލީޑާޝިޕްއަކާއި ވިސްނުމެއް ހުރި ވެރިއެއްގެ ދަށުން ކަމަށެވެ.

ރާއްޖެއާއި ސިންގަޕޫރުގެ ޑިޕްލޮމެޓިކް ގުޅުން ގާއިމު ކުރިތާ 50 އަހަރުވެގެން ދިޔައިރު، މިހާތަނަށް އެކުގައި ކާމިޔާބީތަކެއް ހޯދިފައިވާކަމަށް ސައީދު ވިދާޅުވި އެވެ. އަދި ފޮރިން އިންވެސްޓްމަންޓު ގާނޫނަކީ ފުރުސަތުތައް ހޯދައިދޭ، ޔަގީންކަމާއި އިތުބާރު ލިބިދޭ ގަނޫނެއްކަމަށް ސައީދު ވިދާޅުވި އެވެ. އެހެންކަމުން އިޔާދަކުރަނިވި ހަކަތަކާއި، ފަތުރުވެރިކަމާއި އެ ނޫން ވެސް ދާއިރާތަކުން އެކުގައި މަސައްކަތް ކުރުމުގެ ފުރުސަތު އެބައޮތްކަމަށް ސައީދު ވިދާޅުވި އެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: