ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން ސިންގަޕޫރުގައި ދިރިއުޅޭ ދިވެހިންނާއި ބައްދަލުކުރައްވައިފި

ޝެއާރކޮށްލާ ކަހަލަދޯ؟

ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު އާއި އެމަނިކުފާނުގެ އަނބިކަނބަލުން ސާޖިދާ މުޙައްމަދު ސިންގަޕޫރުގައި ދިރިއުޅޭ ދިވެހި ރައްޔިތުންނާ ބައްދަލުކުރައްވައިފިއެވެ.

ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން މިހާރު ސިންގަޕޫރަށް ކުރައްވަމުންގެންދަވާ ފުރަމާނަ ދަތުރުފުޅުގެ ތެރެއިން ބޭއްވެވި މި ބައްދަލުކުރެއްވުމުގައި ރައީސުލްޖުމްހޫރިއްޔާ ވަނީ ދިވެހީންނާއެކު ވަގުތުކޮޅެއް ހޭދަކުރައްވައި، އެ ފަރާތްތަކުގެ ހާލުއަހުވާލު ބައްލަވައިލައްވައި، އެފަރާތްތަކުގެ ކަންބޮޑުވުންތައް އަޑުއައްސަވާފައެވެ. ބައްދަލުކުރެއްވުމުގެ ބައިވެރީންނަށް ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން ވަނީ ފަރީއްކޮޅެއްވެސް ދެއްވާފައެވެ.

ރައީސް ގެ މިދަތުރުފުޅުގައި މުހިންމު މަޝްވަޜާތަކެއް ކުރިއަށް ގެންގޮސް ރާއްޖެއަށް ފައިދާކުރާނެ އެތަކެއް އެއްބަސްވުންތަކެއްގައި ވަނީ ސޮއި ކޮށްފައެވެ. އެގޮތުން ސިންގަޕޫރުގެ ސެންޓޯސާ އައިލެންޑްގައި ހުންނަ ކަޕެލާ ސިންގަޕޫރުގައި މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓް އެންޑް ޓްރޭޑުން ވަނީ މޯލްޑިވްސް-ސިންގަޕޫރު ބިޒްނަސް ފޯރަމް 2025 ކާމިޔާބުކަމާއެކު ބާއްވާފައެވެ. މި ފޯރަމްގައި 200 އަށްވުރެ ގިނަ މަންދޫބުން ބައިވެރިވެ ވަޑައިގެންނެވިއެވެ. މީގެ ތެރޭގައި ބޭރުގެ އިންވެސްޓަރުންނާއި، ވިޔަފާރިތަކުގެ އިސްވެރިންނާއި، ދެ ގައުމުގެ ސަރުކާރު މަންދޫބުން ހިމެނެއެވެ.

ފޯރަމްގައި ދެ މުހިންމު މަޝްރޫޢުގެ އެއްބަސްވުމުގައި ސޮއިކުރެވުނެވެ. މީގެ ތެރެއިން ފުރަތަމަ އެއްބަސްވުމަކީ ދިވެހި ސަރުކާރާއި ދުނިޔޭގެ ފެންވަރުގައި ނަން މަޝްހޫރު ހެންލީ އެންޑް ޕާޓްނަރސްއާ ދެމެދު ވެވުނު ރެސިޑެންސީ ބައި އިންވެސްޓްމަންޓް ޕްރޮގްރާމެއް ތަޢާރަފުކުރުމުގެ ޚިދުމަތުގެ އެއްބަސްވުމެވެ.

ދެވަނަ މުހިންމު އެއްބަސްވުމަކީ ޕްރޮޖެކްޓް ސޯލާ ސިޓީގެ އިންވެސްޓްމަންޓް އެގްރީމަންޓެވެ. މިއީ ސްޕެޝަލް އިކޮނޮމިކް ޒޯންގެ އޮނިގަނޑުގެ ދަށުން ޤާއިމުކުރެވޭ 100 މެގަވޮޓްގެ ފްލޯޓިންގ ސޯލާ މަޝްރޫޢެކެވެ. މިއީ އެސްއީޒެޑް އެކްޓްގެ ދަށުން އެވޯޑުކުރެވުނު ފުރަތަމަ މަޝްރޫޢުއެވެ.

 

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: