ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

އުޝާމްގެ ވިސްނުން ބަދަލުވެއްޖެ، ޖޭއެސްސީ އެކުލެވިގެންވާ ގޮތް ބަދަލު ކުރަންޖެހޭކަމަށް މިހާރު ގަބޫލެއް ނުކުރޭ: މީކާއިލް

ރައްޔިތުންގެ މަޖިލީހުގެ ގަލޮޅު ދެކުނު ދާއިރާގެ މެމްބަރު މީކާއިލް އަހުމަދު ނަސީމް/ ފޮޓޯ: މަޖިލިސް
ޝެއާރކޮށްލާ ކަހަލަދޯ؟

މި ސަރުކާރުން ބާރާއި ނުފޫޒު ބޭނުންކޮށްގެން ނުފޫޒު ނުފޯރުވާ އެއްވެސް ފަނޑިޔާރެއްނެތްކަމަށް ގަލޮޅު ދެކުނު ދާއިރާގެ މެމްބަރު މީކައިލް ނަސީމް ފާޑުވިދާޅުވެއްޖެއެވެ.

ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި ކުރިޔަށް ގެންދިޔައީ ތިނަދޫ އުތުރު ދާއިރާގެ މެމްބަރު ސައުދުﷲ ހިލްމީ ހުށަހަޅުއްވާފައިވާ ފަނޑިޔާރުންގެ ގާނޫނަށް އިސްލާހު ގެނައުމުގެ ބިލްގެ ބަހުސް މަރުހަލާ އެވެ. މި ބިލާއި ގުޅޭގޮތުން އިބްތިދާއީ ބަހުސްގައި ސަރުކާރު މެމްބަރުން ވަނީ މީގެ ކުރިން ފަނޑިޔާރުންނަށް އޮތް ނުފޫޒާއި، އެ ނުފޫޒު ނައްތާލުމަށް ކުރެވޭ މަސައްކަތްތަކާއި ގުޅޭ ގޮތުން ވާހަކަ ދައްކަވާފަ އެވެ.

އެގޮތުން އެ ވާހަކަތަކަށް ފާޑުކިއުން އަމާޒުކޮށް މީކައިލް ވިދާޅުވީ، ރައީސް ޑރ. މުހައްމަދު މުއިއްޒު ވެރިކަމާއި ހަވާލުވެވަޑައިގަތީ، ޝަރުއީ ދާއިރާގެ ތެރޭގައި ހިމެނޭ ފަނޑިޔާރުގެއަށް ނުފޫޒުފޯރުވުން ނިމުމަކަށް ގެންނަވާނެކަމަށް ވައުދުވެ ކަމަށެވެ. އެހެންނަމަވެސް ވެރިކަމަށް ދޮޅުއަހަރުފުރި، ދުވަސްތައް ވޭތުވަމުން ދިޔައިރު ފަނޑިޔާރުގޭގެ ފަނޑިޔާރުންނާއި ކޯޓުގެ އިތުރުން ޓެކްނިކަލް މުވައްޒަފަށް ނުފޫޒުފޯރުވައިފައިވާ ނުވާ އެއްވެސް ބައެއް ނެތްކަމަށް މީކައިލް ވިދާޅުވިއެވެ.

މީކައިލް ވިދާޅުވީ، މިހާރުގެ ބަނޑާރަ ނައިބު، މީގެ ކުރީގެ 19 ވަނަ މަޖިލީހުގެ ވިލިމާލެ ދާއިރާގެ މެމްބަރަކަށް ހުންނެވި އިރު، އެބޭފުޅާ ގޮވާލަމުން ގެންދެވީ، ޖޫޑިޝަލް ސާވިސަސް ކޮމިޝަންގެ ނުފޫޒާއި ބާރު ގަދަވާކަމަށެވެ. އަދި ޖޫޑިޝަލް ސާވިސް ކޮމިޝަންގެ ކޮމްޕޮޒިޝަން ބަދަލުކުރަންޖެހޭކަމަށް ވެސް ގޮވާލަމުން ގެންދެވިކަން ފާހަގަކުރެއްވި އެވެ.

މީކައިލް ވިދާޅުވީ، ފަނޑިޔާރުންގެ ބިލަށް އިސްލާހު ގެންނަން، އެ ބިލް ފަރުމާކޮށް، މަޖިލީހަށް ފޮނުއްވެވި، ކުރީގެ ވިލިމާލެ ދާއިރާގެ މެމްބަރު، މިއަދު ބަނޑާރަ ނައިބު ހައިސިއްޔަތް ފުރުއްވާ އުޝާމް މީގެ ކުރިން ފަނޑިޔާރުގެ ބާރާއި ގުޅޭގޮތުން ގެންގުޅުއްވި ހިޔާލު ބަދަލުވެފައިވާކަމަށެވެ. އަދި މިހާރު ޖޭއެސްސީގެ ކޮމްޕޮޒިޝަންގެ މައްސަލައް ހުރިކަމަށް ބަނޑާރަނައިބު ގަބޫލު ނުކުރާކަމަށް ވިދާޅުވި އެވެ. އަދި، ޖޭއެސްސީއަކީ ފަނޑިޔާރުންގެ ނިންމުންތަކަށް ނުފޫޒުފޯރުވާ އިދާރާއެއްކަމަށް އުޝާމް ނުދެކޭކަމަށް މީކައިލް ވިދާޅުވިއެވެ.

އެހެންވީމާ… އެހެންވީމާ މި ރައްޔިތުންގެ މަޖިލީހުގެ ދައުރު މުހިންމުވަނީ، މިއަދު ތިމާހުންނަ މަގާމަކާއި ގުޅުވާފައެއް ނޫން، ތިމާގެ ހިޔާލާއި ފިކުރު ހުންނަންވާނީކީއެއް، ކޮންމެވެސް މީހަކަށްވެއްޖެއްޔާ ކޮންމެވެސް ގޮތެއް އެބަ ހުންނަންޖެހޭ، އިއްޔެ ރައްޔިތުންގެ މަޖިލީހުގެ މެމްބަރަކަށް ވީމާ، ޖޫޑިޝަލް ސާވިސަސް ކޮމިޝަން ވަރަށް ގޯސްވެފައި، މިއަދު ބަނޑާރަ ނައިބުގެ ކޯޓު ތުރުކުރެއްވީމާ، ޖޫޑިޝަލް ސާވިސަސް ކޮމިޝަން ވަރަށް ރަނގަޅުވާ އުސޫލު، މީ ކޮން އުސޫލެއްތޯ، އަޅުގަނޑުމެން ބަލާލަންޖެހޭ…

މީކައިލް ވިދާޅުވީ، މަޖިލީހުގެ ކައުންސިލު ޖެނެރަލް ފާތިމަތު ފިލްޒާގެ ލަފަޔާއި ހިލާފަށް، މަޖިލީހުން ސުޕްރީމު ކޯޓުގެ އޭރުގެ ފަނޑިޔާރުން ވަކިކުކުރުމަށް ނިންމިތާ އެތައް ދުވަހެއްވެގެން ދިޔައިރު ވެސް މިއަދާއި ހަމަޔަށް ޑރ. އަޒްމިރަލްދާ ޒާހިރާއި، މަހާޒް އަލީ ޒާހިރުގެ ކިބައިގައި ހުރި މައްސަލައަކީ ކޮބައިކަން ހާމަކޮށްނުދެވޭކަމަށެވެ.

ސުޕްރީމު ކޯޓުން ވަކިކުރި 2 ފަނޑިޔާރުންގެ ކިބައިގައި ސުލޫކީ މައްސަލައެއް ހުރިކަމަށް ބުނެ، ތަހުގީގެއް ހިންގި އިރު، އެ ދެ ބޭފުޅުން ތަހުގީގަށް ހާޒިރުކޮށް، ސުވާލެއްކޮށްލި މަންޒަރެއް ދިވެހި ރައްޔިތަކަށް ނުފެނޭކަމަށް މީކައިލް ވިދާޅުވިއެވެ.

އަޅުގަނޑުމެންނަށް މިވާގޮތް ވަރަށް ސާފު، މި އުޅެނީކީއެއް ގާނޫނު އޮތް ގޮތް ގޯސްވެގެން ގާނޫނު އިސްލާހުކުރުމުގެ ނިޔަތުގައި ކުރާކަމެއް ނޫން، މި ބިލުން އަޅުގަނޑުމެންނަށް ފެންނަނީ އިޒަތްތެރި ރައީސް.. އަނެއްކާވެސް ޖުޑީޝަލް ސާވިސް ކޮމިޝަނަށް އިތުރު ބާރާއި އިތުރު ނުފޫޒު ދޭ މަންޒަރު.. އިޒަތްތެރި ރައީސް ޖޫޑިޝަލް ސާވިސަސް ކޮމިޝަންގައި ތިއްބަވާ ބޭފުޅުންގެ ޑިސްކްރެޝަނަށް އެބޭފުޅުން ބޭނުމިއްޔާ، ބޭނުންވާ ގޮތަކަށް، އެބޭފުޅުންގެ އިހްތިޔާރަށް ހުރިޙާ ކަމެއް ދޫކޮށްލައްވާ މަންޒަރު  އަޅުގަނޑުމެންނަށް މީގެން މި ފެންނަނީ..

މީކައިލް ވިދާޅުވީ، ފަނޑިޔާރުންގެ ގާނޫނަށް އިސްލާހު ގެނައުމުގެ ހަގީގީ ނިޔަތަކީ، ޖޫޑިޝަލް ސާވިސް ކޮމިޝަނަސް އިތުރު ބާރާއި ނުފޫޒު ދިނުންކަމަށެވެ. އަދި ފަނޑިޔާރުންގެ ގާނޫނަށް ގެނެވޭ އިސްލާހާއި އެކު، އެ ކޮމިޝަނުގައި ހުންނަވާ ބޭފުޅުންނަށް ލިބިދެއްވާ ބާރުގެ ބޭނުން ނަހަމަ ގޮތުގައި ބޭނުންކުރުމަށް ތަން ދެވިގެންދާނެކަމަށް މީކައިލް ވިދާޅުވިއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: