ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ސިންގަޕޫރު ދަތުރުން ދެ ގައުމު ދެމެދުގައި އޮތް ގުޅުމަށް އައު ބާބެއް ހުޅުވިގެންދާނެ: ރައީސް

ޝެއާރކޮށްލާ ކަހަލަދޯ؟

ސިންގަޕޫރަށް ކުރެއްވި ދަތުރަކީ ރާއްޖެއާއި ސިންގަޕޫރުގެ ދެމެދުގައި އޮތް ގުޅުމަށް އައު ބާބެއް ހުޅުވިގެންދާނެ ދަތުރެއްކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.

ރައީސް މިފަދައިން ވިދާޅުވީ، އެމަނިކުފާނުގެ އޮފިޝަލް އެކްސް އެކައުންޓުގައި ކުރެއްވި ޕޯސްޓެއްގައެވެ.

ރައީސް ކުރެއްވި ޕޯސްޓުގައި ވަނީ، ސިންގަޕޫރަށް އެމަނިކުފާނު ކުރެއްވި ދަތުރުފުޅުގައި ސިންގަޕޫރުގެ ރައީސް ތަރުމާން ޝަންމުގަރަޓްނަމްއަށާއި އެ ގައުމުގެ ސަރުކާރާއި ރައްޔިތުން ދެއްވި މެހުމާންދާރީއަށް ޝުކުރުއަދާކުރައްވައިފައެވެ.

ރައީސް ވިދާޅުވީ، އެމަނިކުފާނު ސިންގަޕޫރުން ފުރާވަޑައިގަންނަވާއިރު، އެމަނިކުފާނު ސިންގަޕޫރަށް ކުރެއްވި ދަތުރުފުޅުގައި، އެ ގައުމުގެ ސަރުކާރާއިއެކު ކުރެވުނު މަޝްވަރާތަކުގެ ސަބަބުން ދެގައުމުގެ ދެމެދުގައި އޮތް ގުޅުމާއި ދެވޭނެ އެއްބާރުލުމާއިމެދު ފޮނި އުންމީދުތަކެއް ކުރައްވާކަމަށެވެ.

ރައީސް ވިދާޅުވީ، އެމަނިކުފާނު ސިންގަޕޫރަށް ކުރެއްވި ދަތުރުފުޅުގައި، ދެގައުމުގެ ދެމުގައި ސޮއިކުރެވުނު އެއްބަސްވުންތަކުގެ ސަބަބުން އެމަނިކުފާނު އުފާކުރައްވާކަމަށެވެ.

ހަމައެއާއިއެކު، މޯލްޑިވްސް-ސިންގަޕޯ- ބިސްނަސް ފޯރަމުގެ ސަބަބުން ވިޔަފާރިއާއި އިންވެސްޓުމެންޓުގެ އެއްމީދީ ކުރިމަގުތައް ދައްކުވައިދޭކަމަށް ރައީސް ވިދާޅުވިއެވެ.

ރައީސް އިތުރަށް ވިދާޅުވީ، އެމަނިކުފާނު ސިންގަޕޫރަށް ކުރެއްވި ދަތުރަކީ، ރާއްޖެއާއި ސިންގަޕޫރުގެ ދެމެދުގައި އޮތް ގުޅުމަށް އައު ބާބެއް ހުޅުވިގެންދާނެ ދަތުރެއްކަމަށެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: