ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ކައުންސިލް އިންތިހާބަށް އެމްޑީޕީގެ ކެންޑިޑޭޓުން ޕްރޮގްރާމެއް ފުރިހަމަ ކުރަން ޖެހޭ؛ އިންތިހާބު ޖެނުއަރީ 10 ގައި!

އެމްޑީޕީގެ ގައުމީ މަޖިލިސް ބައްދަލުވުމުގެ ތެރެއިން/ ފޮޓޯ: އެމްޑީޕީ
ޝެއާރކޮށްލާ ކަހަލަދޯ؟

އަންނަ އަހަރު ބާއްވާ ލޯކަލް ކައުންސިލް އިންތިހާބަށް ތައްޔާރުވުމާއި ގުޅޭ ޓައިމްލައިންއެއް އިދިކޮޅު މައި ޕާޓީ އެމްޑީޕީން އެކުލަވާލައިފި އެވެ.

ލާމަރުކަޒީ ނިޒާމާއި ގުޅޭ ބަހުސްތަކެއް ކުރެވޭ ދުވަސްވަރެއްގައި، ސަރުކާރާއި އިދިކޮޅުން ދަނީ އިންތިހާބަށް ވާން ޖެހޭ ތައްޔާރީތައް ވަމުންނެވެ.

އެމްޑީޕީ މިރޭ ކުރިޔަށް ގެންދިޔަ ގައުމީ މަޖިލިސް ބައްދަލުވުމުގައި، ޓައިމްލައިން ހުށަހެޅި އިރު ކައުންސިލް އިންތިހާބުގައި ވާދަކުރުމަށް ބޭނުންވާ އެމްޑީޕީގެ މެމްބަރުން ޕްރޮގްރާމެއް ފުރިހަމަ ކުރަން ޖެހެ އެވެ. އަދި މި ޕްރޮގްރާމް ފުރިހަމަ ނުކުރާ ފަރާތްތަކަށް ޕްރައިމެރީގައި ވާދަކުރުމުގެ ފުރުސަތު ގެއްލޭނެ އެވެ.

ގައުމީ މަޖިލިސް ބައްދަލުވުމުގައި ހުށަހަޅާފައި ވަނީ އިންތިހާބާއި ހަމައަށް ވާން ޖެހޭ ތައްޔާރީތަކެވެ. ތާރީހުތައް ވެސް ހިމަނާފައި ހުރި އެ ރިޕޯޓުގައިވާ ގޮތުން އިންތިހާބުގެ ޝައުގުވެރިކަން ފާޅުކުރުމަށް އަންނަ ސެޕްޓެމްބަރު މަހުގެ 1 އިން 15 އަށް ހުޅުވާލާނެ އެވެ. އަދި އަދި މުއްދަތު ހަމަވާ ދުވަހުގެ ޖެހިގެން އަންނަ ދުވަހު ލިސްޓު އާންމު ކުރާނެކަމަށް ވެއެވެ. އަދި އެއަށް ފަހު އެއް މަސް ދުވަހުގެ މުއްދަތަކަށް ވެޓިން ޕްރޮސެސް ކުރިޔަށް ގެންދިއުން ހިމެނެ އެވެ.

ޓައިމްލައިންގައިވާ ގޮތުން ޕްރައިމެރީއަށް ޝަރުތު ހަމަވާނީ ޕްރޮގްރާމެއް ފުރިހަމަ ކުރުމުންނެވެ. އެހެންކަމުން އޮކްޓޯބަރު މަހު ލިސްޓު އާންމު ކުރާއިރު، ޕްރޮގްރާމް ފުރިހަމަ ނުކުރާ ފަރާތްތަކުގެ ލިސްޓު އާންމު ކުރުމަށް ވެސް ނިންމާފައި ވެއެވެ.

އެއަށް ފަހު ފައިނަލް ލިސްޓު ޕާޓީން އާންމު ކުރާނީ ނޮވެމްބަރު 16 ގައެވެ. އަދި ޖެނުއަރީ 10 ގައި ޕްރައިމެރީ ބާއްވާނެ އެވެ.

މީގެއިތުރުން ކައުންސިލް ޕްރައިމެރީ އިންތިހާބުގައި ޒުވާނުންނަށް ފުރުސަތު ދިނުމާއި އެކު، ކައުންސިލަށް ވާދަ ކުރެވޭނެ ޝަރުރުތުތައް ވެސް ހިމަނާފައި ވެއެވެ. އޭގެ ތެރޭގައި ޖިނާއި ކުށްތަކާއި، އެ ނޫން ވެސް އެކި ބާވަތްތަކުގެ ކުށްތަކަށް އަރައިގަނެފައިވާ ނުވަތަ ތުހުމަތު ކުރެވޭ މީހުންނަށް ވާދަ ނުކުރެވޭނެކަމަށް ރިޕޯޓުގައި ވެއެވެ.

މިރޭގެ ބައްދަލުވުމުގައި ވާހަކަ ދެއްކެވި، އެމްޑީޕީގެ މެމްބަރުން ވަނީ ޓައިމްލައިނަށް ތާއީދުކޮށްފަ އެވެ. އަދި އެންމެން އެކުގައި ގުޅިގެން ކައުންސިލް އިންތިހާބު ކާމިޔާބު ކުރުމަށް ވަނީ ގޮވާލާފަ އެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: