ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ކުރީގެ ޑިފެންސް ޗީފަށް ކުށް ސާބިތުނުވި މައްސަލައިގެ އިސްތިއުނާފު ދައުލަތުން އަނބުރާ ގެންގޮސްފި

ކުރީގެ ޗީފް އޮފް ޑިފެންސް ފޯސް އަހުމަދު ޝިޔާމް/ ފޮޓޯ: އަވަސް
ޝެއާރކޮށްލާ ކަހަލަދޯ؟

ކުރީގެ ޗީފް އޮފް ޑިފެންސް ފޯސް އަހުމަދު ޝިޔާމްގެ މައްޗަށް ދައުލަތުން އުފުލި ރަސްމީ ހައިސިއްޔަތު ނަހަމަގޮތުގައި ބޭނުން ކުރުމުގެ ކުށުގެ ދައުވާ ސާބިތު ނުވާކާމަށް ކްރިމިނަލް ކޯޓުން ކުރި ޙުކުމުގެ އިސްތިއުނާފު ދައުލަތުން އަނބުރާ ގެންގޮސްފިއެވެ.

ޝިޔާމްގެ މައްޗަށް ދައުލަތުން ދައުވާ އުފުލީ ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމްގެ ވެރިކަމުގެ ދުވަސްވަރު ސިފައިންގެ ވީއައިޕީ އިމާރާތެއްގައި ޝިޔާމްގެ ބައްޕަ ބަހައްޓައި އަދި ބައްޕަގެ ކަންކަން ބެލެހެއްޓުމަށް ސިފައިންގެ އޮފިސަރަކު ބެހެއްޓިކަމަށް ބުނެ އެވެ.

ރަސްމީ ހައިސިއްޔަތު ނަހަމަ ގޮތުގައި ބޭނުން ކުރުމުގެ ކުށުގެ ދައުވާ ކުރުމަށް، އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އެ މައްސަލަ ފޮނުވީ 2020 ވަނަ އަހަރު އެވެ. މައްސަލައިގައި މިދިޔަ އަހަރުގެ އޮކްޓޯބަރު މަހު ކޯޓުން ކުރި ހުކުމުގައި ވަނީ، އޭނާގެ މައްޗަށް ކުށް ސާބިތު ކުރެވޭ މިންވަރަށް ހެކި ނެތްކަމަށެވެ.

މި މައްސަލަ ސާބިތުނުވާކަމަށް ނިންމުމުން ދައުލަތުން އޭރު އެ ނިންމުން ހައިކޯޓުގައި އިސްތިއުނާފު ކުރިއެވެ. ނަމަވެސް ފަހުން ދައުލަތުން އެ އިސްތިއުނާފު އަނބުރާ ގެންގޮސްފައިވާތީ ހައިކޯޓުން މިހާރު ވަނީ މި މައްސަލަ ބާތިލުކޮށްފައެވެ. އެގޮތުން މި މައްސަލައިގެ އިސްތިއުނާފު އަނބުރާ ގެންދިޔަ ސަބަބުތަކުގެ ތެރޭގައި މި މައްސަލައިގެ ހާދިސާ ހިނގައިދިޔަ ފަހުން ހަތް އަހަރު ފާއިތުވެފައިވުމާއި، ޝިޔާމްގެ މައްޗަށް ތުހުމަތުކުރެވޭ އިތުރު މައްސަލައެއް ޕީޖީ އޮފީހަށް ހުށަހަޅާފައިނުވުން ހިމެނެއެވެ.

އޭރު މި މައްސަލައިގައި ދައުވާ ވެސް އުފުލާފައި ވަނީ، ޕްރޮސެކިއުޓަރ ޖެނެރަލްގެ އެންގުމަކަށް އޭސީސީ ހިންގި ތަހުގީގަށް ފަހު އެވެ. އެކަމަކު އޭގެ ކުރިން ކޮމިޝަނުން އޮތީ މައްސަލަ ތަހުގީގުކޮށް ފައލްކޮށް ކޮރަޕްޝަން އެކުލެވިގެން ނުވާކަމަށް ނިންމާފަ އެވެ.

އޭރު ފުރަތަމަ ނިންމި މައްސަލައިގައި ވަނީ ޝިޔާމްގެ ބައްޕަ ވީއައިޕީ ފެސިލީޓޫގައި ބެހެއްޓީ އޭނާގެ އެންގުމުގެ މަތީންނެވެ. މައްސަލަ ތަހުގީގުކޮށް ބެލިއިރު ސިފައިންގެ ވީއައިޕީ ގޭގައި ޑިފެންސް ވައިސް ޗީފް އަދި ކޯސްޓްގާޑުގެ ކޮމާންޑަރު އަންގަވާ ގޮތެއްގެ މަތީން އެކި މީސްމީހުންނަށް ތިބުމުގެ އިންތިޒާމު ހަމަޖެހޭކަން ލިބިފައިވާ ލިޔުންތަކުން އެނގޭކަމަށް އޭރު އޭސީސީން ވަނީ ބުނެފަ އެވެ.

އޭގެ ފަހުން ދައުވާ ކުރަން ފޮނުވައި އޭސީސީ ބުނެފައި ވަނީ ޝިޔާމްގެ ބައްޕަ ބެހެއްޓި ވީއައިޕީ ގެއަކީ ސިފައިންގެ ވީއައިޕީ މަރުކަޒެއްކަމަށްވާ އެމްއޭސީސީގެ ބަޔަކަށް ވާތީ އެ ގޭގައި އާންމުންނަށް ނޫޅެވޭނެކަމަށެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: