ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ދިރާގު ކަސްޓަމަރުންނަށް ސްވިޒަރލޭންޑް، މެލޭޝިއާ، ޝަންގހައި ޑިޒްނީލޭންޑަށް ދިއުމުގެ ފުރުސަތު!

ދިރާގުން އެ ކުންފުނީގެ ކަސްޓަމަރުންނަށް ރާއްޖޭން ބޭރުގައި ޗުއްޓީއެއް ހޭދަކޮށްލުމުގެ ރަނުގެ ފުރުސަތެއް
ޝެއާރކޮށްލާ ކަހަލަދޯ؟

ދިރާގުން އެ ކުންފުނީގެ ކަސްޓަމަރުންނަށް ރާއްޖޭން ބޭރުގައި ޗުއްޓީއެއް ހޭދަކޮށްލުމުގެ ރަނުގެ ފުރުސަތު ހުޅުވައިލައިފިއެވެ.

މި އޮފަރގެ ދަށުން ސްވިޒަރލޭންޑަށް ދެ މީހުން ދިއުމުގެ ފުރުސަތު، ޝަންގހައި ޑިޒްނީލޭންޑަށް އައިލާއާއެކު (2 މީހުންނާއި 2 ކުޑަކުދިން) ދިއުމުގެ ފުރުސަތު އަދި މެލޭޝިއާއަށް ދެ މީހުން ދިއުމުގެ ފުރުސަތު ލިބިގެންދާނެއެވެ.

މި ޕްރޮމޯޝަންގެ ނަސީބުވެރި ފަރާތްތައް ހޮވުމައް ހަމަޖެހިފައިވަނީ ދިރާގު ޕޯސްޓްޕެއިޑް 450 އިން މަތީގެ ޕެކޭޖުތަކަށް އަޕްގްރޭޑްކުރާ ނުވަތަ ދިރާގު ލިމިޓެއްނެތް ފައިބަރ ޕެކޭޖަކަށް ސަބްސްކްރައިބްކުރާ ފަރާތްތަކުގެ މެދުގައި ނަގާ ލަކީ ޑްރޯއެއް މެދުވެރިކޮށެވެ. މި ފުރުސަތު ދިރާގުގެ މިހާރުގެ ކަސްޓަމަރުންނަށް އަދި އައު ކަސްޓަމަރުންނަށް 30 ޖުލައި 2025 ގެ ނިޔަލަށް ވަނީ ހުޅުވައިލައިފައެވެ.

އެކި ކަސްޓަމަރުންގެ ބޭނުންތަކަށް ހާއްސަކޮށްގެން، ތަފާތު އެކި ޕޯސްޓްޕެއިޑް އަދި ލިމިޓެއްނެތް ފައިބަރ ޕެކޭޖްތައް ދިރާގުން ދަނީ ފޯރުކޮށްދެމުންނެވެ.

ދިރާގަކީ ރާއްޖޭގައި ތަފާތު ގިނަ ޕްރޮމޯޝަންތައް ހިންގައި، ހެޔޮ އަގުގައި ގިނަ އޮފަރތަކާއި އަގުހުރި އިނާމުތައް ކަސްޓަމަރުންނާ ހަމައަށް ގެނެސްދެމުންދާ ކުންފުންޏެކެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: