ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

މާމެންދޫގައި 18 އަހަރު ކުރިން މަރާލި ޝިހާބުގެ މަރު: ވަކީލުން އައްޔަނުކުރަން ފުރުސަތެއް!

ޝިހާބުގެ މަރުގެ މައްސަލައިގެ ދައުވާލިބޭ މީހުން
ޝެއާރކޮށްލާ ކަހަލަދޯ؟

2006 ވަނަ އަހަރު ގއ. ވިލިނގިލީ ކަނޑުއޮޅި މުހައްމަދު ޝިހާބް މަރާލި މައްސަލައިގެ އަޑުއެހުމެއް އަންގާރަ ދުވަހު ކްރިމިނަލް ކޯޓުގައި ކުރިއަށް ގެންގޮސްފިއެވެ.

މި މައްސަލައިގައި ދައުވާ އުފުލާފައިވަނީ މުހައްމަދު ޝިފްރާޒްގެ އިތުރުން ގއ. މާމެންދޫ މާމެންދޫ މާސް، އަލީ މަސްއޫދު ސައީދުގެ މައްޗަށެވެ.

މި މައްސަލައިގައި އެމީހުންގެ މައްޗަށް އުފުލާފައިވަނީ ޤަސްތުގައި މީހަކު މެރުމުގެ ކުށުގެ ދައުވާއެވެ.

މިއީ ކުރިން ޖިނާއީ ކޯޓުން ބެލި މައްސަލައެކެވެ. އަދި ހައިކޯޓަށްވެސް ދެފަހަރެއްގެ މަތިން ހުށަހެޅިފައިވެއެވެ.

ހައިކޯޓަށް ފުރަތަމަ މި މައްސަލަ އިސްތިއުނާފު ކުރެވިގެން ދިޔައިރު، އަލީ މަސްއޫދު އަދި ޝިފްރާޒްގެ ބައި އަލުން ބެލުމަށް ހައިކޯޓުން އޭރު ވަނީ ދަށު ކޯޓަށް މައްސަލަ ތަހުވީލު ކޮށްފައެވެ.

އަނެއްކާވެސް މަދަނީ މިންގަނޑުން ބެއްލެވުމަށް ދަށު ކޯޓުން ނިންމި ނިންމުން ހައިކޯޓަށް އިސްތިއުނާފު ކުރެވި، އަލުން މައްސަލަ ބެލުމަށް ހައިކޯޓުން ދަށު ކޯޓަށް މައްސަލަ ތަހުވީލުކުރީއެވެ. އެގޮތުން އޭރު މައްސަލަ ތަހުވީލު ކުރީ ދައުލަތުން ހުށަހެޅި ހެކިންނާ ސުވާލު ކުރުމުގެ ފުރުސަތާއި، ދިފާއީ ހެކި ހުށަހަޅަން ފުރުސަތު ދިނުމަށްފަހު މައްސަލަ އަލުން ބަލަން އެންގުމަށްފަހުއެވެ.

މިހާރު ކްރިމިނަލް ކޯޓުގައި މައްސަލަ ބައްލަވަނީ ގާޒީ އިބްރާހިމް ޛިހުނީއެވެ.

މި އަޑުއެހުމުގައި ގާޒީ ވިދާޅުވީ، އިބްތިދާއީ މަރުޙަލާ އަލުން ކުރިއަށް ގެންދަވަން ނިންމަވާފައިވާ ކަމަށެވެ. އެހެންވެ ގާޒީ ވަނީ ޙައްޤުތައް ކިޔާދެއްވައި، ވަކީލުން އައްޔަނު ކުރުމުގެ ފުރުސަތު ދެއްވާފައެވެ. އަދި ހެކި ލިސްޓު ފުރިހަމަ ކުރުމަށްފަހު ހުށަހެޅުމަށް ގާޒީ ވަނީ ދައުލަތަށްވެސް ދަންނަވާފައެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 75%ބޮޑު ޖޯކެއް 25%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: