ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ވީއައިއޭއަށް ޖައްސާފައިވާ ފްލައިޓްތަކުގެ އަދަދު އިތުރުވެއްޖެ

ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް - ވީއައިއޭ - އެމްއޭސީއެލް
ޝެއާރކޮށްލާ ކަހަލަދޯ؟

ވެލާނާ އިންޓަނޭޝަނަލް އެއަރޕޯޓް (ވީއައިއޭ) އަށް ޖައްސާފައިވާ ފްލައިޓްތަކުގެ އަދަދު އިތުރުވެއްޖެއެވެ.

މޯލްޑިވްސް މަނިޓަރީ އޮޓޯރިޓީ (އެމްއެމްއޭ) އިން އާންމުކޮށްފައިވާ ތަފާސްހިސާބުތައްދައްކާގޮތުން މިއަހަރުގެ ފުރަތަމަ 5 މަސްދުވަހު ވީއައިއޭއަށް ޖައްސާފައިވާ ފްލައިޓްތަކުގެ އަދަދު ވަނީ އިތުރުވެފައެވެ. މިދިޔަ އަހަރުގެ މި މުއްދަތުގައި ވީއައިއޭއަށް ޖައްސާފައިވަނީ 7193 ފްލައިޓެވެ. ނަމަވެސް މިއަހަރުގެ މި މުއްދަތުގައި މި އަދަދު ވަނީ 7613 އަށް އިތުރުވެފައެވެ.

މީގެ ތެރޭގައި އެންމެ ގިނައީ ޝެޑިއުލްކޮށްގެން ރާއްޖެއަށް ދަތުރުކުރާ ފްލައިޓުތަކެވެ. ޝެޑިއުލްކޮށްގެން މި މުއްދަތުގެ ތެރޭގައި ރާއްޖެ އައި ފްލައިޓްގެ އަދަދު ވަނީ %6.7 އިތުރުވެފައެވެ.

ނަމަވެސް ޖެނެރަލް ފްލައިޓް މޫމަންޓްސް ވަނީ ދަށްވެފައެވެ. ޗާޓަރކޮށްގެން އައި ފްލައިޓްތަކާއި ޕްރައިވެޓް ޖެޓްތަކެވެ. މިދިޔަ އަހަރުގެ މި މުއްދަތުގައި ރާއްޖެ އައިސްފައިވަނީ 670 ފްލައިޓްކަމަށް ތަފާސް ހިސާބުތަކުން ދެއްކި ނަމަވެސް، މި އަހަރުގެ މި މުއްދަތުގައި ރާއްޖެ އައީ 652 ފްލައިޓެވެ.

ސަރުކާރުން ދަނީ ވީއައިއޭގެ އައު ޕެސެންޖަރ ޓަރމިނަލް މިމަހުގެ 26 ވަނަ ދުވަހު ހުޅުވުމަށް ތައްޔާރުވަމުންނެވެ. މިއާއެކު ރާއްޖެއަށް އިތުރު ގިނަ އެއަރލައިންތަކަކުން ދަތުރުފަށާނެކަން ފާހަގަކޮށްލެވެއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: