ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

އެމްއެމްޕީއާރުސީއާއި ރެޑްބުލް ގުޅިގެން އެކްސްޓްރީމް ކުޅިވަރުގައި މިހާތަނަށް ހޯދި އެންމެ ބޮޑު ކާމިޔާބީ ހާސިލްކޮށްފި

އެމްއެމްޕީއާރުސީއާއި ރެޑްބުލް ގުޅިގެން އެކްސްޓްރީމް ކުޅިވަރުގައި މިހާތަނަށް ހޯދި އެންމެ ބޮޑު ކާމިޔާބީ ހާސިލްކުރުން
ޝެއާރކޮށްލާ ކަހަލަދޯ؟

މޯލްޑިވްސް މާކެޓިން އެންޑް ޕަބްލިކް ރިލޭޝަންސް ކޯޕަރޭޝަންސް (އެމްއެމްޕީއާރުސީ) އާއި ރެޑްބުލް ގުޅިގެން އެކްސްޓްރީމް ކުޅިވަރުގައި މިހާތަނަށް ހޯދި އެންމެ ބޮޑު ކާމިޔާބީ ހާސިލްކޮށްފިއެވެ.

އެސްޓޯނިއާގެ އެތުލީޓު އަދި ދުނިޔޭގެ ފެންވަރުގައި ފާހަގަކޮށްލެވޭ ސެލެކްލައިނާ ޖާން ރޫޒް ގެރެވިޓީ އާ ދެކޮޅަށް ހިނގާލުން ފުރިހަމަކުރީ ޕެރަސައިލަކާއި ސްޕީޑްބޯޓަކާއި ދެމެދު ދިގުކޮށް ރާއްޖޭގެ ކަނޑުގެ ސަރަހައްދަށްވުރެ އުސްކޮށް އުފުލާފައިވާ މޫވިންގ ސްލެކްލައިންގައެވެ.

ނޫނު އަތޮޅު ސިޔާމް ވޯލްޑް މޯލްޑިވްސްގައި ރެކޯޑްކޮށްފައިވާ މި ހިތްގައިމު ޕާފޯމަންސްއިން ރަމްޒުކޮށްދެނީ އިންސާނީ ގާބިލުކަމާއި ޓެކްނިކަލް ރިގިންގް ރޮނގުތައް ދަމަހައްޓައިދޭ ފާހަގަކޮށްލެވޭ ކާމިޔާބީއެކެވެ. މި ޕްރޮޖެކްޓްގައި ވިޒިޓް މޯލްޑިވްސްގެ އަމާޒަކީ މިފަދަ ތަޖުރިބާތައް ކުރުމަށް އެންމެ އެކަށީގެންވާ އެއް މަންޒިލެއްގެ ގޮތުގައި ދުނިޔެއަށް ރާއްޖެ ދައްކާލުމަށް އެމްއެމްޕީއާރުސީއިން ބުނެފިއެވެ.

”ޝައްކެއްވެސް ނެތް ގޮތުގައި މިއީ އަޅޫގަނޑުގެ އެންމެ ބޮޑު ޕްރޮޖެކްޓް، ބޯޓަކާއި ޕެރެސައިލްއަކާއި ދެމެދު ނެވިގޭޓް ކުރުން – އަބަދު ބަދަލުވަމުން އަންނަ ދެ ޕޮއިންޓް – އޭގެ މާނައަކީ ވަޔާއި ފެނާއި ހަރަކާތާއި ކުރިމަތިލުމަށް އެކަމުގެ ސަބަބުން މުޅިން ތަފާތު ވިސްނުމެއް ގެނގުޅެން ޖެހުނު.

ރޫޒް ބުންޏެވެ.

ތިންފަހަރު ސެލެކްކައިނިންގެ ދާއިރާއިން ދުނިޔޭގެ ޗެމްޕިއަންއަކަށް ހޯދާފައިވާ އަދި ރެޑްބުލް އެތުލީޓެއްގެ ގޮތުގައި މަސައްކަރްޖިށްފައިވާ ރޫޒްއަކީ ދުބާއީގެ އުސް އިމާރާތްތަކުން ފެށިގެން ތުރުކީގެ ބޮޑު ދުރުމިނެއް ހުރަސްކުރަން ފަދަ ޗެލެނެޖިން ސްޓަންޓްތަކަަށް އަހުލުވެރި ފަރާތެއްކަމަށް އެމްއެމްޕީއާރުސީ މައުލޫމާތުދިނެވެ. ނަމަވެސް މިއީ އޭނާގެ އެންމެ ހީވެސް ނުކުރާވަރުގެ މަސައްކަތެއްކަމަށްވެސް ބުންޏެވެ. މި ޓީމުން ވަނީ ރާއްޖޭގައި ޓެއިލަރ މޭޑް ރިގިން ސޮލިއުޝަންތައް އުފެއްދުމަށް ގިނަ ދުވަސްތަކެއް ހޭދަކޮށްފައެވެ.

މީގެ އިތުރުން އެމްއެމްޕީއާރުސީއިން ބުނީ ހަފްތާއެއްހާ ދުވަހުގެ މުއްދަތަށް ކުރިއަށް ގެންދިޔަ މި ޕްރޮޖެކްޓްގައި ރޫޒް އާއި އޭނާގެ ޓީމުން ވަނީ ސްލެކްލައިން އިންޖިނިއަރިންއާއި އެތުލެޓިކް އެންޑިއުރެންސްގެ ލިމިޓްތައް ދެނެގަނެ، އެތުލީޓާއި ޕެރެސައިލް ޕައިލެޓާއި ބޯޓު ކެޕްޓަންގެ މެދުގައި ސީދާ ކޯޑނޭޝަން ބޭޏުންވާ ގޮތަށް ކާމިޔާބު ފައިނަލް ހިނގާލުމެއް ކުރިއަށް ގެންގޮސްފައިވާކަމަށެވެ.

ވިޒިޓް މޯލްޑިވްސްގެ ފަރާތުން ވާހަކަދައްކަވަމުން ސީއީއޯ އަދި މެނޭޖިން ޑިރެކްޓަރު އިބްރާހީމް ޝިއުރީ ވިދާޅުވީ ޖެހި ޖެހިގެން ފަސް އަހަރު ދުނިޔޭގެ ލީޑިންގ މަންޒިލެއްގެ ހައިސިއްޔަތުން، ދިވެޖޮރާއްޖެއަކީ ގުދުރަތީ ރީތިކަމުގެ އިތުރުން ލިބޭ އެތައް ފުރުސަތުތަކާއިއެކު، މުޅި ދުނިޔެއަށް ހިތްވަރު ދެމުން އަންނަ ގައުމެއްކަމަށެވެ. ރެޑްބުލް އާއި ޖާން ރޫޒްއާއިއެކު ކުރެވުނު ޕާޓްނާޝިޕްގެ މިސާލަކީ އިނޮވޭޝަނާއި އެކްސްޓްރީމް ސްޕޯޓްސް އަދި ހަނދާން ނައްތާނުލެވޭ ތަޖުރިބާތައް ރާއްޖެއިން ފޯރުކޮށްދޭ ގޮތެވެ. މި ޕްރޮޖެކްޓްގެ ސަބަބުން ދުނިޔޭގެ ކޮންޓެންޓް ހޯސްޓުކުރުމަށް އެމްއެމްޕީއާރުސީއިން އަހައްމިޔަތުންކަން ވަރަށް ބޮޑަށް ދައްކުވައިދޭކަމެއްކަމަށް ޝިއުރީ ވިދާޅުވިއެވެ.

ރެޑްބުލްއިން ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ބެލުންތެރިން ބައިވެރިވާ އެލީޓް އެތުލީޓުން ހިމެނޭ އިނޮވޭޓިވް ކޮންޓެންޓެއް އުފެއްދުމަށް ރެޑްބުލްއިން ދޭ އަހަމިއްޔަތުކަންވެސް ފާހަގަކޮށްފައެވެ. ޖާން ރޫޒްގެ ދިވެހިރާއްޖޭގެ ސްލެކްކްލައިން ޗެލެންޖުގެ އެޑިޓޯރިއަލް އެސެޓްސް އަދި ބިހައިންޑް ދަ ސީންސް ކޮންޓެންޓް ރެޑްބިލް ކޮންޓެންޓް ޕޫލް މެދުވެރިކޮށް ބަލައިލެވޭނެކަމަށް އެމްއެމްޕީއާރުސީއިން ބުންޏެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: