ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ސަރުކާރުގެ ކުންފުނިތަކަށް ޗެއާމަނުން އައްޔަން ކުރާ އުސޫލަށް އިސްލާހެއް: މާސްޓާސް ޑިގްރީއެއް އޮތުން ޝަރުތެއް

ޕީސީބީ އެސްއޯއީ ކޮމިޓީގެ ބައްދަލުވުމުގައި.
ޝެއާރކޮށްލާ ކަހަލަދޯ؟

ސަރުކާރުގެ ކުންފުނިތަކާއި އަދި ސަރުކާރު ބައިވެރިވާ ކުންފުނިތަކާއި، ވިޔަފާރި އުސޫލުން ހިންގާ ސަރުކާރުގެ ތަންތަނުގެ ބޯޑަށް ސަރުކާރު ތަމްސީލުކުރާ ފަރާތްތައް ޢައްޔަންކުރުމާއި ވަކިކުރުމުގައި (ޕީސީބީ) ގެ ބޯޑުން ޢަމަލުކުރާނެ ގޮތުގެ އުސޫލަށް ގެނެވެނު އިސްލާހު އާންމުކޮށްފިއެވެ.

މި ބަދަލު ގެނައުމުގެ މަގްސަދަކީ ކުންފުނިތަކުގެ ބޯޑުތަކަށް އެންމެ ގާބިލު އަދި އެންމެ އެކަށީގެންވާ ފަރާތްތައް އައްޔަންކުރުންކަމަށް ޕީސީބީއިން ބުންޏެވެ.

ޕީސީބީއިން އާންމުކުރި ސާކިއުލާގައި ވަނީ، ޗެއާމަނުން އައްޔަންކުރުމާ ގުޅޭ އުސޫލަށް މި ބަދަލު ގެނެސްފައެވެ.

މިހާރު އޮންނަ އުސޫލުގައި ޗެއާމަނުން އައްޔަނު ކުރުމުގައި ބަލާ ކަންކަމުގެ ތެރޭގައި ތަފާތު ވިސްނުންތަކާއި ތަޖުރިބާ އާއި ގާބިލިއްޔަތުކަން ހުރުމާއި، ޑިރެކްޓަރުންގެ ބޯޑެއް ހިންގުމުގެ ގާބިލިއްޔަތުކަން ހުރުމާއެކު ކުންފުނީގެ ކަންތައްތައް ރާވައި ބައްޓަންކުރުމުގައި ހިއްސާކުރެވޭނެ މީހަކު ކަމަށް ވުމާއި، ޕީސީބީގެ އިންޓަވިއުއިން މަދުވެގެން 60 ޕަސެންޓު ލިބުން ހިމެނެއެވެ. އާ އިސްލާހާއިއެކު މި ކަންތައްތައް ވަނީ އިހުތިޔާރީ ޝަރުތެއްގެ ގޮތުގައެވެ.

އާ އިސްލާހުގައި އެންމެ ބޮޑު އިސްކަމެއް ދީފައިވަނީ މާސްޓާސް ޑިގްރީއަށް ކިޔެވުންކަމަށްވާއިރު، ކުންފުނިތަކުގެ ޗެއާމަނުންނަށް އައްޔަންކުރެވޭ މީހަކީ މާސްޓާސް ފެންވަރަށް ކިޔަވައިގެން ހުރި މީހެއްކަމަށްވާންޖެހެއެވެ. ވިޔަފާރިއާ ގުޅުންހުރި ދާއިރާއަކުން ފަސް އަހަރުގެ ތަޖުރިބާއެއް ލިބިފައިވާ މީހެއް ކަމުގައިވާންޖެހެއެވެ.

މީގެ އިތުރުން، ވިޔަފާރި ހިންގައި ބެލެހެއްޓުމުގެ ދާއިރާއިން ނުވަތަ ހިންގުމުގެ އެންމެ މަތީ ލެވެލްގައި މަދުވެގެން ހަތް އަހަރުގެ ތަޖުރިބާ ލިބިފައިވާ މީހަކަށް ވުން ވަނީ ޝަރުތުތަކެއްގެ ގޮތުގައި ހިމަނައިފައެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: