ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ސިޔާސީ މަގާމުތަކަކީ ކުރީ ސަރުކާރުތަކުން ގޯސްކޮށް އަޅާފައި އޮތް ބިންގަލެއް، އެކަން ހައްލު ކުރާނަން: ރިފާއު

ރައްޔިތުންގެ މަޖިލީހުގެ މާފަންނު ދެކުނު ދާއިރާގެ މެންބަރު އަބްދުﷲ ރިފާއު
ޝެއާރކޮށްލާ ކަހަލަދޯ؟

ވަކިކަމެއް ހާސިލު ކުރުމުގެ ބޭނުމުގައި ސިޔާސީ މަގާމުތަކަށް މީހުން ނަގަމުން ދިއުމަކީ ކުރީ ސަރުކާރުތަކުން ގޯސްކޮށް އަޅާފައިވާ ބިންގަލަކަށް ވާތީ، މި ސަރުކާރުން މަސައްކަތް ކުރަމުން ދަނީ ނިޒާމަށް ހެޔޮ ބަދަލެއް ގެނައުމަށްކަމަށް މާފަންނު ދެކުނު ދާއިރާގެ މެންބަރު އަބްދުﷲ ރިފާއު ވިދާޅުވެއްޖެ އެވެ.

ސަންގުޓީވީގެ ޚަބަރަށްފަހު ޕްރޮގްރާމުގައި ރިފާއު ވިދާޅުވީ، ސިޔާސީ މަގާމުތައް ވެސް ސްޓްރީމްލައިންކޮށް ހަމަޔަކަށް އެޅުވުމަށް އެކި މަސައްކަތްތައް ކުރެވެމުންދާ ކަމަށެވެ. އަދި ސިޔާސީ މަގާމުތައް އިތުރުވުން ފަދަ އެކި މައްސަލަތައް އުފެދިގެން އައީ ކުރީ ސަރުކާރުތަކުން އެޅި ބިންގާ ގޯސްވުމުގެ ސަބަބުންކަމަށް ރިފާއު ވިދާޅުވި އެވެ. 2008 ވަނަ އަހަރުން ފެށިގެން ސިޔާސީ މަގާމުތަކަކީ ކޮންމެހެން ދޭން ޖެހޭ ވަޒީފާތަކެއްކަމަށް ގަބޫލު ކުރެވިފައި އޮތުމަކީ ކައްޗަށް އެޅުނު ބިންގަލެއްގެ ގޮތުގައި ރިފާއު ސިފަ ކުރެއްވި އެވެ.

އެފަދަ ހާލަތެއްގައި ކަންކަން ރަނގަޅު ކުރެވޭނީ މުޅި ނިޒާމު އިސްލާހުކޮށްގެންކަން ފާހަގަކޮށް ރިފާއި ވިދާޅުވީ ބައެއް ފަރާތްތަކަށް ވެސް ގަބޫލު ކުރާ ގޮތުން ކަމެއް ކާމިޔާބު ކުރެވޭނީ ސިޔާސީ މަގާމުތަކުގެ ތެރެއިންނެވެ. އަދި ރައްޔިތުންގެ ތެރެއިން ވެސް ބަޔަކު ނިކުމެ ވަކި މަސައްކަތެއް ކުރުމުގެ ބަދަލުގައި ސިޔާސީ ވަޒީފާއެއް ލިބެން ޖެހޭކަމަށް ދެކޭކަމަށް ރިފާއު ވިދާޅުވި އެވެ.

މި ސަރުކާރުގެ އަމާޒަކީ ސިޔާސީ މަގާމުތައް ވަކި ލިމިޓެއްގައި ހިފެހެއްޓުން ނަމަވެސް، މިހާތަނަށް އެކަން ކުރާނެ ގޮތެއް ހާމައެއް ނުކުރެ އެވެ. އެހެން ނަމަވެސް ރިފާއު ވިދާޅުވީ ސަރުކާރުން ބައެއް ހަރުދަނާ ރަނގަޅު ފިޔަވަޅުތަކެއް އަޅާފައި އެބަހުރިކަމަށެވެ. އެފަދަ މަސައްކަތްތަކެއްގެ ގޮތުގައި ރިފާއު ވިދާޅުވީ މީގެ ކުރިން ސިޔާސީ މަގާމުތަކުގައި ތިބޭ މީހުންތައް ވަޒީފާއަށް އައިސް ސައިން އިން ކުރުމަށް ފަހު ގެއަށް ދިއުމުގެ ސަގާފަތެވެ. ނުވަތަ އެއްވެސް މަސައްކަތެއް ނެތި އޮފީހުން ބޭރުގައި އުޅުން ފަދަ ގޯސް އާދަތަކެވެ.

ރިފާއު ވިދާޅުވީ ސިޔާސީ މަގާމުތަކުގައި ތިބޭ މީހުން ޒިންމާދާރު ކުރުވުމުގެ ގޮތުން އެޅި ފިޔަވަޅުތަކުގެ ތެރޭގައި އެއީ ވެސް ވަޒީފާއަށް ލަހުން އަންނަ ހާލަތުގައި ގަޑިޖެހޭ ބައެއްކަމަށް ހެދުން ހިމެނޭ ކަމަށެވެ. އަދި ވަޒީފާގެ މަސްއޫލިއްޔަތު އަދާކުރާ މިންވަރުގެ ރިޕޯޓު ނެގުން ހިމެނޭއިރު ފެއިލްވާ މީހަކު ވަޒީފާއިން ވަކި ކުރާކަމަށް ރިފާއު ވިދާޅުވި އެވެ.

މި ހުރިހާ ކަމެއް ވެސް ހަމަ މި އަންނަނީ ހަމަ ހޭލުންތެރިކަން ވަރުގަދަވީ ވަރަކަށް.. ހަމަ މަޑުމަޑުން މިކަންކަން ރަނގަޅު ވާނެ.. އެހެންވީމާ މި ހުރިހާ އެއްޗެއް މަޑުމަޑުން މި ނިޒާމު ހަރުދަނާވަމުންދާ ވަރަކަށް.. މިހާރު ހަމަ ތަފާތު ކަންކަން މި ސަރުކާރުގެ ބާދޭތާ ސިޔާސީ މީހުންގެ ޒިންމާތައް މިހާރު ބޮޑުވާނެ.. އެ މީހުން ގަޑި ޖެހޭނެ.. އެ މީހުން ނައިސިއްޔާ މުސާރަ ކެނޑޭނެ.. ދެން ހަމަ އެމީހުންގެ އެޕްރައިޒަލް ހަދާނެ އޭގެއިން އެ މީހުން ފެއިލްވެއްޖެއްޔާ ގެއަށް ދާން ޖެހޭނީ..

މީގެއިތުރުން ރިފާއު ވަނީ އެފަދަ ނިޒާމުތައް ބައްޓަންވެފައިވާ ގޮތުން ހުރި އުނދަގޫތައް ފާހަގަކުރައްވާފަ އެވެ. އެގޮތުން ކައުންސިލް މެމްބަރުންތަކާއި، ސިޔާސީ މުވައްޒަފުން ނުވަތަ ސިވިލް ސާވިސް ވަކި ސަރުކާރެއްހެން އޮޕަރޭޓު ކުރަމުން ގެންދާކަމަށް ވެސް ރިފާއު ވިދާޅުވި އެވެ.

ރިފާއު ވިދާޅުވީ ކޮންމެ މައްސަލައެއް ވެސް ހައްލު ކުރެވޭނީ، ތިމާގެ ކުރިޔަށް ގައުމު އިސްކޮށްގެން ކަމަށެވެ.

ސިޔާސީ މަގާމުތައް 700 އަށް ވުރެ މަތި ނުކުރުމަކީ ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ރިޔާސީ ވައުދެކެވެ. އެހެން ނަމަވެސް ސިޔާސީ މަގާމުތަކަށް 1000 އަށް ވުރެ މަތިކަމަށް ދަނީ ވާހަކަ ދެކެވެމުންނެވެ. ނުވަތަ އެ އަދަދު 2000 އާއި ގާތް ކުރާނެކަަމަށް އަޑުތައް ފެތުރެމުން ދިޔަ ނަމަވެސް ސަރުކާރުން އެކަމަށް ސީދާ ޖަވާބެއް ދީފައި ނުވެއެވެ. އަދި އަދަދުތައް މީޑިއާތަކަށް ހާމަކުރާނެކަމަށް ސަރުކާރުން ވަނީ ބުނެފަ އެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: