ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ކާމިޔާބު ކޮންމެ ސިއްޙީ ނިޒާމެއްގެ މުގުލުގައި ވަނީ ހަމްދަރުދީވުމާއި، އިޚުލާސްތެރިކަމާއި، އިންސާނިއްޔަތަށް ކުރާ ޚިދުމަތް: ސާޖިދާ

ބައިނަލްއަގުވާމީ ދަތުގެ ކޮންފަރެންސް "ހިނިތުން 2025"ގައި މެޑަމް ސާޖިދާ ވާހަކަފުޅު ދައްކަވަނީ-- ފޮޓޯ: ރައީސް އޮފީސް
ޝެއާރކޮށްލާ ކަހަލަދޯ؟

ކާމިޔާބު ކޮންމެ ސިއްޙީ ނިޒާމެއްގެ މުގުލުގައި ވަނީ ހަމްދަރުދީވުމާއި، އިޚުލާސްތެރިކަމާއި، އިންސާނިއްޔަތަށް ކުރާ ޚިދުމަތްކަމުގައި ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ސާޖިދާ މުޙައްމަދު ވިދާޅުވެއްޖެއެވެ.

ސާޖިދާ މިހެން ވިދާޅުވީ، ދިވެހިރާއްޖޭގައި ބާއްވާ ފުރަތަމަ ބައިނަލްއަޤުވާމީ ދަތުގެ ކޮންފަރަންސް ”ހިނިތުން 2025“ ގެ އިފުތިތާޙީ ރަސްމިއްޔާތުގައި ވާހަކަފުޅުދައްކަވަމުންނެވެ.

ބަލި ޖެހުމުގެ ކުރިން ރައްކާތެރިކަން ހޯދުމާއި، ފަންނިއްޔާތާއި އީޖާދުކުރުމުގެ އެހީގައި މެދުކެނޑުމެއް ނެތި އުނގެނެމުންދިއުމާއި، ޚިދުމަތް ހޯދުމަށް ހުރި ފުރުޞަތުތައް އިތުރުކުރުން ފަދަ، ވަށާޖެހޭ ވިސްނުންތައް އިސްކުރުމުގެ މުހިންމުކަމުގެ މައްޗަށް އެކަމަނާ އަލިއަޅުއްވާލެއްވިއެވެ.

ސިއްޙީ ދާއިރާގައި ޖުމުލަގޮތެއްގައި ހޭލުންތެރިކަން އިތުރުވަމުންދިޔަ ނަމަވެސް ދަތާއި އަނގައިގެ ޞިއްޙަތުގެ ކަންކަމަކީ ނިސްބަތުން ސަމާލުކަން ނުދެވޭ ދާއިރާތަކެއް ކަމުގައި ފާހަގަކުރައްވަމުން އެކަމަނާ ވަނީ، އެ ދާއިރާއިންވެސް ކުރިއެރުން ހޯދުމަށް ހުރި ފުރުޞަތުތައް ފާހަގަކުރައްވާފައެވެ. އަދި ޢާންމުންގެ މެދުގައި ހޭލުންތެރިކަން އިތުރުކުރުމާއި، ޞިއްޙަތައް ރަނގަޅު ކާނާ އިޚުތިޔާރުކުރުމާއި، ޤަވާއިދުން ދަތުގެ ޗެކަޕްތައް ހެދުމަކީ، ދަތުގެ ސިއްޙަތުގެ މުހިންމު ބަހާތައް ކަމުގައި އެކަމަނާ ވިދާޅުވިއެވެ.

ދަތުގެ ސިއްޙަތާއި މީހާގެ ދުޅަހެޔޮކަމާ ހުރި ގުޅުންތަކުގެ މައްޗަށް ބައްލަވާލައްވަމުން އެކަމަނާ ވަނީ، ދަތްފަނިކެއުމާއި ހިރުގަނޑުގެ ބަލިތަކަށް ފަރުވާނުކުރެވި، އަނގައިގެ ކެންސަރު އިތުރުވަމުންދާކަން ފާހަގަކުރައްވާފައެވެ. އަދި މި ކަންކަމަށް ޙައްލު ހޯދުމަށް، ސިއްޙީ ނިޒާމު ހަރުދަނާކޮށް، ސިޔާސަތުތައް ކަނޑައެޅުއްވުމަށް އެކަމަނާ ގޮވާލެއްވިއެވެ.

ސާޖިދާ ވަނީ ރާއްޖޭގައި ދަތުގެ ފަރުވާގެ ޚިދުމަތް ފުރަތަމަ ފަހަރަށް ގާއިމުކޮށް އެ ދާއިރާ ކުރިއެރުވުމުގައި މުޙައްމަދު ސަލީމާއި ޢަލީ ސަލީމް އަދި ޢަބްދުﷲ ސަޢީދު އަދާކުރެއްވި މުހިންމު ރޯލު ފާހަގަކުރައްވައި ޝުކުރު އަދާކުރައްވާފައެވެ. މި ޚިދުމަތް ރާއްޖޭގައި ގާއިމުކުރިތާ 50 އަހަރަށްވުރެ ގިނަ ދުވަސްވެފައިވާއިރު ދަތުގެ ފަރުވާގެ ދާއިރާއިން ގިނަ ކުރިއެރުންތަކެއް ހޯދާފައިވާކަމަށް ރައީސްގެ އަނބިކަނބަލުން ފާހަގަކުރެއްވިއެވެ.

”ހިނިތުން 2025“ އަކީ، ދަތުގެ ފަރުވާގެ ޚިދުމަތް ހަރުދަނާކުރުމުގެ މަޤްޞަދުގައި، ދާއިރާގެ މާހިރުންނާއި މަސްލަހަތުވެރިންގެ ބައިވެރިވުމާއެކު ދިވެހިރާއްޖޭގައި ބާއްވާ މި ފަދަ ފުރަތަމަ ބައިނަލްއަޤުވާމީ ކޮންފަރަންސްކަން ފަހަގަކުރެވެއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: