ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ވީއައިއޭ ހިދުމަތްތައް ހަރުދަނާ ކުރުމަށް އެއާޕޯޓުގައި ހިދުމަތް ދޭ ފަރާތްތަކާއެކު އެއްބަސްވުންތަކެއް

ވީއައިއޭ ހިދުމަތްތައް ހަރުދަނާ ކުރުމަށް އެއާޕޯޓުގައި ހިދުމަތް ދޭ ފަރާތްތަކާއެކު އެއްބަސްވުންތައް ގާއިމު ކުރުން/ ފޮޓޯ: އެމްއޭސީއެލް
ޝެއާރކޮށްލާ ކަހަލަދޯ؟

ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް (ވީއައިއޭ) ގެ ހިދުމަތްތައް އިތުރަށް ހަރުދަނާ ކުރުމުގެ ގޮތުން ވީއައިއޭގައި ހިދުމަތް ދޭ އިދާރާތަކާއި ކުންފުނިތަކާއެކު މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އެމްއޭސީއެލް) އިން އެއްބަސްވުންތަކެއް ހަދަން ފަށައިފި އެވެ.

މި އެއްބަސްވުންތަކުގެ މަގުސަދަކީ ވީއައިއޭގެ އާ ފަސިންޖަރު ޓާމިނަލް ހުޅުވާއިރު އެއާޕޯޓުގެ އެކި ސަރަހައްދުތަކުން ދޭ ހިދުމަތްތަކުގެ ފެންވަރު މަތިކޮށް, އެއް ފެންވަރެއްގައި ބެހެއްޓުމާއި އޮޕަރޭޝަނަލް ޕްރެކްޓިސްތައް ހަރުދަނާ ކުރުމެވެ. އަދި ފަސިންޖަރުންނާއި މުދާ އުފުލުމުގެ ހިދުމަތްތައް ފުރިހަމަވެ މެދުނުކެނޑި ހިދުމަތް ދިނުމަކީވެސް އެ އެއްބަސްވުންތަކުގެ މަގުސަދެކެވެ.

އެގޮތުން މިދިޔަ ބުރާސްފަތި ދުވަހު އެމްއޭސީއެލް އިން ވަނީ މިނިސްޓްރީ އޮފް އެގްރިކަލްޗާ އެންޑް އެނިމަލް ވެލްފެއާ އާއެކު އެއްބަސްވުމެއް ހަދައިފައެވެ. މި އެއްބަސްވުމުގެ ބޭނުމަކީ ވީއައިއޭ މެދުވެރިކޮށް ގަސްގަހާގެހި އަދި ޖަނަވާރު އެތެރެކުރުމުގައި އިންޓަ އޭޖެންސީ ގުޅުން ހަރުދަނާކޮށް ކާގޯ އޮޕަރޭޝަންތައް ހަލުވި ކުރުމެވެ.

ފަސިންޖަރުން އިތުރުވެ އާ ކަނެކްޝަން އިތުރުވަމުންދާއިރު، ރާއްޖޭގެ ވައިގެ މައި ދޮރާށި ބަލަހައްޓާ ކުންފުނީގެ ހައިސިއްޔަތުން އެމްއޭސީއެލް އިން މި އަންނަނީ ވައިގެ ދަތުރުފަތުރުގެ ދާއިރާގެ ދައުރު ހަރުދަނާ ކުރުމަށް މަސައްކަތްތަކެއް ކުރަމުންނެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: