ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

އެމްޑީޕީ ރާއްޖެ ވައްޓާލި ހާލަތުގެ ސަބަބުން ދަރަނިތައް ދެއްކޭނެތޯ އިންވެސްޓަރުން ސުވާލު އުފެއްދި: އައިފާން

ހެންވޭރު އުތުރު ދާއިރާގެ މެމްބަރު އަހުމަދު އައިފާން/ ފޮޓޯ: މަޖިލިސް
ޝެއާރކޮށްލާ ކަހަލަދޯ؟

އެމްޑީޕީގެ ސަބަބުން ރާއްޖޭގެ މާލީ ހާލަތު ގޯސްވެފައި ވާތީ އިންވެސްޓަރުން ރާއްޖޭގައި ހުރި ފުރުސަތުތަކަށް އިންވެސްޓު ކުރުމަށް ޖެހިލުންވާކަމަށް ހެންވޭރު އުތުރު ދާއިރާގެ މެމްބަރު އަހުމަދު އައިފާން ވިދާޅުވެއްޖެ އެވެ.

ރާއްޖެއަށް ލިބޭ އާމްދަނީގެ އަސަރު އިގްތިސާދުގެ ތެރެއިން ނުފެންނާތީ، އެކަމަށް އެމްޑީޕީގެ މެމްބަރުން ދަނީ ސުވާލު ކުރަމުންނެވެ. އަދި އިގްތިސާދީ ހާލަތު ރަނގަޅުވަމުން ދާނަމަ، ޑޮލަރުގެ އަގު ހަމަޔަކަށް އެޅި މަޝްރޫއުތައް ކުރިޔަށް ނުދަނީ ކީއްވެގެން ތޯ ސުވާލު ކުރެ އެވެ. އެކަމާއި ގުޅޭގޮތުން އައިފާން ވިދަޅުވީ ސަރުކާރަށް ހިންގުމުގައި އެކި ދަތިތައް ހުރިކަން ގަބޫލުކޮށް އެކަން ފާހަގަކުރާ ކަމަށެވެ.

އައިފާން ވިދާޅުވީ މާލީ ގޮތުން ގައުމު އޮތީ ކޮން ހިސާބެއްގައި ތޯ ދެނެގަނެ، ސަރުކާރުން ހަރުދަނާ ފިޔަވަޅިތަކެއް އެޅިކަމަށެވެ. އެއީ އިގްތިސާދީ ގޮތުން ގައުމު އުނދަގޫ ހާލަތަކަށް ވައްޓާލާފައި އޮތުމުގެ ސަބަބުންކަމަށް އައިފާން ވިދާޅުވި އެވެ. އައިފާން ވިދާޅުވީ ރައީސް ޑރ. މުހައްމަދު މުއިއްޒު ވެރިކަމަށް ވަޑައިގެންނެވި ފަހުން ކްރެޑިޓް ރޭޓިންއަށް ވެސް ބަދަލުތަކެއް އައސިްފައިވާ ކަމަށެވެ. އޭގެ ސަބަބުން ބޭރުގެ ފަރާތްތައް ރާއްޖެއަށް އިންވެސްޓު ކުރުމަށް ފަސްޖެހޭކަމަށް އައިފާން ވިދާޅުވި އެވެ.

އައިފާން ވިދާޅުވި ގޮތުގައި ބޮޑެތި އިންވެސްޓަރުންގެ ސުވާލަކީ، މުއްދަތުތަކުގެ ތެރޭގައި ދަރަނިތައް އަދާކުރެވޭނެ ފުރިހަމަ ގާބިލުކަން ރާއްޖޭގެ ހުރިތޯ އެވެ.

މީގައި އަޅުގަނޑުމެންނަށް ދިމާވި ގޮންޖެހުމަކީ އަޅުގަނޑުމެންގެ އިގްތިސާދީ ހާލަތު ވައްޓައިލާފައި އޮތް ނުރައްކާތެރި ފައްތަރު ހަގީގަތުގައި އަޅުގަނޑުމެން ވެރިކަމަށް އައިސް ހަވާލުވެ ހަމަ ކުޑަކުޑަ ދުވަސްކޮޅެއްގެ ތެރޭގައި ކްރެޑިޓް ރޭޓިން ދަށްކޮށްލައިފި.. ދެ ފަހަރެއްގެ މަތީން ދަށްކޮށްލީމަ އިންވެސްޓާސް ރާއްޖެއަށް އިންވެސްޓު ކުރަން ބިރުގަނެއްޖެ.. ފަސް ޖެހޭ އެބަ… މިއަދު ބޭރުގަ އަޅުގަނޑުމެންނަށް ނަގާފައި ހުރި ދަރަނި އަދާކުރެވޭނެ ގާބިލުކަން އަޅުގަނޑުމެންގެ ހުރި ކަމެއް ނެތްކަމަށް އެ ބޭފުޅުންނަކަށް މިއަދު ޔަގީން ކަމެއް ނެތް.. ނެތީމަ އެ ބޭފުޅުން ވެސް އެބަ ޖެހިލުންވޭ ދިވެހިރާއްޖެއަށް އިންވެސްޓު ކުރަން..

އައިފާން ވިދާޅުވީ ރާއްޖޭގެ ހާލަތު ރަނގަޅުވަމުންދާކަމަށާއި، ޑިފޯލްޓަކަށް ނުދާނެކަމުގެ ޔަގީންކަން ތަކުރާރުކޮށް އިންވެސްޓަރުންނަށް ރާއްޖެއިން ދޭކަމަށެބެ. އެހެން ނަމަވެސް ނަމްބަރުތަކަށް ބަލާއިރު ކުރިޔަށް އޮތް ތިން އަހަރު ރާއްޖެ ދައްކަން ޖެހޭ ދަރަނިތައް އެބަހުރިކަމަށް އައިފާން ވިދާޅުވި އެވެ. އެގޮތުން 2024 ވަނަ އަހަރު 500 މިލިއަން ޑޮލަރު އަދި އަންނަ އަހަރު އެއް ބިލިއަން ޑޮލަރު ރާއްޖެއިން އަދާކުރަން ޖެހޭކަމަށް އައިފާން ވިދާޅުވި އެވެ.

އަޅުގަނޑުމެން އެބަ ބުނަން އެ ބޭފުޅުން ކައިރީގައި އަޅުގަނޑުމެން ޑީފޯލްޓަކަށް ނުދާނޭ.. އެކަމަކު އެ ބޭފުޅުން ޕޭޕަރ ބަލާއިރު ވަރަށް ޑޭންޖަރަސް ހާލަތެއްގެ ގައުމުގެ އިގްތިސާދު މިއޮތީ.. މިއީ ކުރީގެ ސަރުކާރުން މި ސަރުކާރު ވައްޓައިލާފައި އޮތް ހާލަތު..

އައިފާން ވިދާޅުވީ އެމްޑީޕީގެ ދޯހަޅި ސިޔާސަތުތަކުގެ ސަބަބުން ގައުމު ވެއްޓިފައި އޮތީ ފުން އަނދަވަޅަކަށްކަން ރައްޔިތުން ވެސް ގަބޫލު ކުރާނެކަމަށެވެ. އަދި ރައްޔިތުންނަށް ހިދުމަތް ދިނުމަށްޓަކައި އެގްޒެކެޓިވް އެކި ބާރުތަކާއި އިދާރާތަށް އޮތް އިރު ރައީސުލްޖުމްހޫރިއްޔާ އެކަނި ގައުމު ހިންގަވާނެ ގޮތެއް ނެތްކަމަށް އައިފާން ވިދާޅުވި އެވެ.

އެމްޑީޕީން ހަދާފައި ހުރި ގޯސްތައް ރަނގަޅު ކުރުމުގައި ރައްޔިތުންގެ މަޖިލީހުގެ ދައުރު ވެސް ބޮޑުކަން ފާހަގަކޮށް އައިފާން ވިދާޅުވީ، އެ މަސައްކަތުގައި މިހާތަނަށް ރަނގަޅު ކުރިއެރުންތައް ލިބިފައިވާކަމަށެވެ. އަދި އެންމެން ގުޅިގެން ހުރިހާ މުވައްސަސާތައް ހިމެނޭ ގޮތަށް ސަރުކާރަށް ބޮޑު އެއްބާރުލުމެއް ބޭނުންވާކަމަށް އައިފާން ވިދާޅުވި އެވެ.

އައިފާން ވިދާޅުވީ ރައްޔިތުންގެ މަންފާއަށްޓަކައި ސަރުކާރެއްގެ ހައިސިއްޔަތުން ގާނޫނުތަކަށް ގެންނަން ޖެހޭ އިސްލާތަކާއި އަލަށް ވުޖޫދު ކުރަން ޖެހޭ ގާނޫނުތައް ހުރިއިރު މަޖިލީހުން އެކަމަށް ދެކޮޅުވެރިވެގެން ވާނެކަމަށް ގަބޫލު ނުކުރާކަމަށެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: