ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

މަތީ ތަޢުލީމުގެ ފެންވަރު ރަނގަޅުކުރުމަށް ކުރެވެން ހުރި މަސައްކަތްތަކާއި ގުޅޭ ގޮތުން ލަންކާއާއިއެކު މަޝްވަރާކޮށްފި

ޝެއާރކޮށްލާ ކަހަލަދޯ؟

މަތީ ތަޢުލީމުގެ ފެންވަރު ރަނގަޅުކުރުމަށް ކުރެވެން ހުރި މަސައްކަތްތަކާއި ގުޅޭ ގޮތުން ލަންކާއާއިއެކު މަޝްވަރާކޮށްފިއެވެ.

މި މަޝްވަރާ ބައްދަލުވުން ކުރިއަށް ގެންދިޔައީ ސްރީލަންކާގެ ހައި ކޮމިޝަނަރު، މސ. ތިމުތު ދިސާނަޔަކަ ވަނީ މަތީ ތަޢުލީމާއި މަސައްކަތްތެރިކަމާއި ހުނަރުތައް ތަރައްޤީކުރުމާއި ބެހޭ ވުޒާރާއަށް ޒިޔާރަތުގައެވެ.

އެކަމަނާ މަތީ ތަޢުލީމާއި މަސައްކަތްތެރިކަމާއި ހުނަރުތައް ތަރައްޤީކުރުމާއި ބެހޭ ވުޒާރާއަށް ކުރެއްވި މި ޒިޔާރާތުގައި ވަނީ އެ ވުޒާރާގެ އިސް ބޭފުޅުންނާއިއެކު މަޝްވަރާ ބައްދަލުވުމެއް ބާއްވައިފައެވެ.

ދިވެހިރާއްޖެ އަދި ޝްރީ ލަންކާއާއި ދެމެދު އޮންނަ ގުޅުން ބަދަހިކުރުމާއި، ދެ ފަރާތުގެ މަސްލަޙަތު ހިމެނޭހެން ދެ ދަޢުލަތުގެ ކުރިއެރުމަށް މަސައްކަތްކުރުމާއި ގުޅޭގޮތުން ވަނީ މަޝްވަރާކުރެވިފައެވެ. އެގޮތުން، ދެ ޤައުމުގެ މަތީ ތަޢުލީމުގެ ފެންވަރު ރަނގަޅުކުރުމަށް ގުޅިގެން ކުރެވެން ހުރި މަސައްކަތްތަކުގެ މައްޗަށް ވަނީ އަލިއަޅުވައިލެވިފައެވެ.

މި މަޝްވަރާ ބައްދަލުވުމުގައި، މަތީ ތަޢުލީމާއި މަސައްކަތްތެރިކަމާއި ހުނަރުތައް ތަރައްޤީކުރުމާއި ބެހޭ ވުޒާރާގެ މިނިސްޓަރ އޮފް ސްޓޭޓް، ޑރ. ޢަބްދުލްރަޙީމް ޙަސަން، މިނިސްޓަރ އޮފް ސްޓޭޓް،ފާތިމަތު މުޙައްމަދު، ޑެޕިއުޓީ މިނިސްޓަރ، އައިމިނަތު ޝަޝީ އަދި މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީ (އެމް.ކިޔު.އޭ)ގެ ސީއ.އީ.އޯ، މަރްޔަމް ފިޒާނާ ރަޝީދު ވަނީ ބައިވެރިވެވަޑައިގަންނަވައިފައެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: