ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ޓްރޭޑްމާކް ބިލަކާއެކު، އިތުރު ގާނޫނުތައްވެސް އަންނަންޖެހޭ: އަޒާން

ރައްޔިތުންގެ މަޖިލީހުގެ ހިތަދޫ މެދުދާއިރާގެ މެމްބަރު އަހުމަދު އަޒާން މަރުޒޫގް
ޝެއާރކޮށްލާ ކަހަލަދޯ؟

ޓްރޭޑްމާކް ބިލަކާއެކު، އިތުރު ގާނޫނުތައްވެސް އަންނަންޖެހޭކަމަށް ހިތަދޫ މެދު ދާއިރާގެ މެންބަރު އަހުމަދު އަޒާން ވިދާޅުވެއްޖެއެވެ.

އަޒާން އެފަދައިން ވިދާޅުވީ ސަރުކާރުގެ ފަރާތުން މަޖިލީހަށް ހުށައެޅި ”ޓްރޭޑްމާކްގެ“ ބިލަށް ބަހުސް ކުރައްވަމުންނެވެ.

އަޒާން ވިދާޅުވީ، ރާއްޖޭގައި އުފައްދާ ބައެއް އުފެއްދުންތަކަށް ހަމައެކަނި މިފަދަ ބިލަކުން ހިމާޔަތް ނުލިބޭނެ ކަމަށެވެ. އޭގެ ބަދަލުގައި އިތުރު ގާނޫނުތައްވެސް އަންނަންޖެހޭކަމަށް އަޒާން ވިދާޅުވިއެވެ. އަދި ވިދާޅުވީ، އައު އުފެއްދުންތަކަށް ހިމާޔަތްދޭނެ ޕޭޓެންޓް ގާނޫނަކާއި، ބްރޯޑަރ އިންޓެލެކްޗަރ ޕްރޮޕަޓީ ގާނޫނެއްގެ އިތުރުން ޓްރޭޑް ސީކްރެޓްތައް ހިމާޔަތްކުރެވޭނެ ގާނޫނެއްވެސް އަންނަންޖެހޭކަމަށެވެ.

ޓްރޭޑްމާކް ބިލަށް އަޅުގަނޑު ތާއީދު ކުރަން. އަޅުގަނޑު ގަބޫލުކުރަނީ ޕޭޓެންޓް ގާނޫނެއްވެސް އަންނަން އެބަޖެހޭ

އަޒާން ވަނީ ބިލަށް ގެންނަން ފެންނަ ބައެއް ބަދަލުތައްވެސް ހިއްސާކުރައްވާފައެވެ. އެގޮތުން ބިލުގެ ތިން ވަނަ މާއްދާގައި ޓްރޭޑްމާކު ކުރެވޭ ތަކެތީގެ ތެރޭގައި އަޑުތައް ހިމަނަން ފެންނަކަމަށް އަޒާން ވިދާޅުވިއެވެ. އެގޮތުން އަޒާން ވިދާޅުވީ، މިހާރު މި ހިމެނެނީ ލޯގޯތައް ފަދަ އުފެއްދުންތައް ކަމަށާއި، ދުނިޔޭގެ ކުރިއަރާފައިވާ ގިނަ ގައުމުތަކުގައި މިހާރު ސައުންޑް ބައިޓްސްތަކަކީ ވެސް ޓްރޭޑްމާކުކުރެވޭ އެއްޗެއް ކަމަށެވެ.

އެހެންކަމުން މިފަދަ ބިލެއް ތައްޔާރުކުރަމުންދާއިރު ކޮމިޓީ މަރުޙަލާގައި މިކަމަށް ކޮންމެވެސް ވަރަކަށް ވިސްނާލުން މުހިއްމުކަމަށްވެސް އަޒާން ވިދާޅުވިއެވެ.

ރާއްޖޭގައި އެތައް ޒަމާނެއް ވަންދެން ވިޔަފާރިކުރަމުން ދިޔަ ކުންފުނިތަކެއް ބަނގްރޫޓްވުމުގެ ހާލަތަކަށް ވެއްޓިފައިވަނިކޮށް ޓްރޭޑް މާކްގެ ބިލެއް ހުށަހެޅުމަކީ ދިވެހި ސަރުކާރުން ވިޔަފާރިތަކާއި ދޭތެރޭގައި ހާއްސަ ސަމާލުކަމެއް ދެއްވާ ކަމުގެ ހެއްކެއް ކަމަށް ބިލަށް ބަހުސް ކުރެއްވި މެމްބަރުން ވިދާޅުވެފައިވެއެވެ. އެގޮތުން މި ބިލާއިއެކު ވިޔަފާރިތައް ވަރަށް ބޮޑަށް ޕްރޮމޯޓްވެގެންދާނެ ކަމަށާއި، ކޮމިޓީގައި މަސައްކަތް ކުރަމުންދާއިރު އެކަމާއި ގުޅުންހުރި ފަރާތްތައް ހާޒިރުކުރައްވައިގެން އިތުރަށް އެ ބިލް ފުރިހަމަ ކުރުން މުހިއްމުކަމަށްވެސް މެމްބަރުން ވަނީ ވިދާޅުވެފައެވެ.

ޓްރޭޑްމާކްއާއި ގުޅިގެން އެކްސްކްލޫސިވް ހައްގު ލިބިދެވޭނީ ގާނޫނުގައިވާގޮތުގެ މަތީން އެ މާކް ރެޖިސްޓްރީ ކުރުމުންނެވެ. މި ގާނޫނުގެ ދަށުން މާކްއެއް ރެޖިސްޓްރީ ކުރެވޭނީ އެ މާކެއް ރެޖިސްޓްރީ ކުރުމަށްޓަކައި ގާނޫނުގައި ބަޔާންކޮށްފައިވާ ގޮތުގެ މަތީން ސައްހަ ހުށަހެޅުމެއް އެންމެ ފުރަތަމަ ފުރިހަމަ ކުރާ ފަރާތަކަށް ނުވަތަ ގާނޫނުގައި ބަޔާންކޮށްފައިވާ ގޮތަށް އިސްކަން ދިނުމުގެ ހައްގެއް އުފަންވެފައިވާކަން އެންމެ ފުރަތަމަ ސާބިތުކޮށްދެވޭ ފަރާތަކަށެވެ.

ޓްރޭޑްމާކް ރެޖިސްޓްރީ ކުރުމަށް އެދި ކަނޑައެޅިފައިވާ މައުލޫމާތުތަކާއި އެކު ލިޔެކިއުންތައް ހުށަހަޅަން ޖެހޭނީ ރެޖިސްޓްރާރ އޮފް އިންޓެލެކްޗުއަލް ޕްރޮޕަޓީއަށެވެ. ރެޖިސްޓްރީއަށް އެދި ހުށަހަޅާއިރު، ފާހަގަކުރެވޭ ވަކި ހާއްސަވާ ސިފައެއް ނިޝާނުގައި ނެތް ނަމަ ރެޖިސްޓްރީ ކުރުން ގާނޫނު މަނާކުރެ އެވެ. އަދި އެ މާކު އެހެން މާކްއަކާއި ސީދާ އެއްގޮތްވުން ނުވަތަ ވައްތަރު ގޮތެއް ހުރި ނަމަ ރެޖިސްޓްރީކޮށް ނުދެވޭނެ އެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: