ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ބޯޑިންގ ބްރިޖާއި އެކު ފަސިންޖަރުން ބޯޓަށް އަރާ ފޭބުމަށް ނަގާ ވަގުތު ބައިގަޑި އިރުން 8 މިނެޓަށް!

ޝެއާރކޮށްލާ ކަހަލަދޯ؟

ޕެސެންޖަރ ބޯޑިންގ ބްރިޖު (ޕީބީބީ) ތައާރަފް ކުރުމާއިއެކު ފަސިންޖަރުން ބޯޓަށް އަރާ ފޭބުމަށް ނަގާ ވަގުތު ބައިގަޑިއިރުން 8 ވަރަކަށް މިނެޓަށް ދަށް ކުރެވިގެން ދާނެކަމަށް އެމްއޭސީއެލްއިން ބުނެފިއެވެ.

އެމްއޭސިލްގެ ޕަބްލިކް ރިލޭޝަންސް އެކްޒެކެޓިވް، އައިޝަތު ރިޝްފާ ވިދާޅުވީ އޮޕަރޭޝަނަށް ގެނައުމަށް ފަހު ދިމާވެދާނެ ދަތިތައް ކުރިއާލައި ދެނެގަނެ އެކަންކަން ހައްލުކުރަން މަސައްކަތް ކުރެވޭނެ ކަމަށެވެ. އަދި އޮރާޓް ޕްރޮސެސްގެ ތެރެއިން ވެސް ހިނގަނީ މިފަދަ މަސައްކަތްތައް ކަމަށް ރިޝްފާ ވިދާޅުވިއެވެ. ރިޝްފާ ވިދާޅުވީ އޮރާޓް ޕްރޮސެސް ފުރިހަމަ ކުރުމާއިއެކު ދިމާވެދާނެ ނުރައްކާތެރި ކަންކަމުން ދުރުކޮށްދޭ ކަމަށެވެ.

ރިޝްފާ ވިދާޅުވީ ސަލާމަތީ ގޮތުން ބަލާއިރުވެސް އެއީ އެއްވެސް ހާލަތެއްގައި ކުޑަވެސް ރިސްކެއް ނުނެގޭނެ ކަމެއް ކަމަށެވެ. އެގޮތުން މުވައްޒަފުންގެ ރައްކާތެރިކަމާއިއެކު ދަތުރުކުރައްވާ ފަސިންޖަރުންގެ ރައްކާތެރިކަންވެސް އޮރާޓް ޕްރޮސެސްގެ ތެރެއިން އެންމެ ފުރިހަމަ ގޮތުގައި އަދާކުރެވިފައި ވާނަމަ އެކަން ވެސް ޔަގީން ކުރެވޭ ކަމަށް ރިޝްފާ ވިދާޅުވިއެވެ.

ވީއައިއޭއަކީ މައި ދޮރާށި ކަމަށާއި، އެމްއޭސީއެލްއިން ބޭނުންވަނީ މި ދޮރާށި ބޭނުންކުރާ ކޮންމެ ދަތުރުވެރިއެއްވެސް ހިންހަމަޖެހިގެން އެބޭފުޅުންގެ ދަތުރު ފަށަން ނުވަތ ނިންމާލަން ކަމަށް ރިޝްފާ ވިދާޅުވިއެވެ. ދަތުރު ކުރާ ފަރާތްތަކާއި އެމްއޭސީއެލްގެ މުވަސްޒަފުންނާއި އަދި ސްޓޭކް ހޯލްޑަރުންނާއި އެއާލައިންތަކާއި އަދި އެމްއޭސީއެލްއާއިއެކު މަސައްކަތް ކުރައްވާ ހުރިހާ ބޭފުޅުންނަށް ވެސް، މަސައްކަތް ކުރަން ބޭނުންވާ ވަރުގެ މާހައުލެއް ގާއިމްކޮށްދިނުމަށް ބޭނުންވާ ހުރިހާ މަރުހަލާތަކެއް އޮރާޓްގެ ދަށުން ގިރާ ކުރެވޭ ކަމަށް ރިޝްފާ ވިދާޅުވިއެވެ.

”އެންމެ ފުރަތަމަ ރާއްޖެއަށް އަލަށް ތައާރަފް ކުރާ ޓެކްނޮލޮޖީއެއްގެ ވާހަކަ ހިއްސާކޮށްލާނަން. ފުރަތަމަ އިކުއިޕްމެންޓަކީ އޭވީޑީޖީއެސް އެޑްވާންސް ވިޝުއަލް ޑޮކިންގ ސިސްޓަމް. މިއީ އަޅުގަނޑުމެން މިހާރު ބޭނުންކުރާ މާޝަލުން އަދާ ކުރާ މަސައްކަތުގެ އަލްޓަރނޭޓިވްއެއްގެ ގޮތުން އަޅުގަނޑުމެން ގެންނަ ސިސްޓަމެއް“

ރިޝްފާ ވިދާޅުވީ ބޯޓެއް އެއަރޕޯޓަށް ޖައްސަން އަންނަ ހިސާބުން ބޯޓު ޕާކު ކުރާނެ ކަމަށެވެ. އެއަށް ފަހު މީހުން ހުސްކުރުމަށް ފަހު ބޯޓު ޕާކިންގ ސްޓޭންޑަކަށް ދާން ފުރުސަތު ދޭނެ ކަމަށާއި، ޓެކްސީ ވޭއިން ޕާކިންގ ސްޓޭންޑަށް ދިޔުމަށް ހުރިހާ އިރުޝާދެއްވެސް ދޭން ހުންނާނީ މާޝަލްއެއް ކަމަށް ރިޝްފާ ވދާޅުވިއެވެ. ރިޝްފާ ވިދާޅުވީ އެއީ ވަރަށް ރިސްކީ މަސައްކަތެއް ކަމަށާއި، އެކަމަށް މިހާރުވެސް ހުންނަނީ އަމަލީގޮތުން ވަރަށް ތަޖުރިބާ ހުރި އިލްމު ހުރި މުވައްޒަފުންކަމަށެވެ.

”ހަގީގަތުގައި އެއީ ވަރަށް ރިސްކީ މަސައްކަތެއް ވަރަށް ވަގުތުވެސް ނަގާ މަސައްކަތެއް. މީގެއިތުރުން ޕައިލެޓުންނަށް ދިމާވާ ވަރަށް ބޮޑު ގޮންޖެހުމެއް ތަންކޮޅެއް ވައި ނުސާފު ދުވަސްކޮޅެއްގައި، ވިއްސާރަ ދުވަސްތަކުގައި އެންމެ މީހަކު ތިރީގައި ހުރެގެން އިޝާރާތް ކުރާއިރު ޕައިލެޓަށް ވަރަށް ދަތިވޭ ދާންވީ މިސްރާބު އެނގުމަށް. އެކަމަކު އަޅުގަނޑުމެންގެ އެވީޑީޖީ ސިސްޓަމް އައުމުން ދެން މިވާ ގޮތަކީ އެ މަސައްކަތް އޮޓަމޭޓް މިވަނީ. އޮޓަމޭޓްވެގެން ދެން ސްކްރީންއަކުން ބަލައިގެން ޕައިލެޓް މަސައްކަތްތަކެއް ކުރާނީ ޓެކްސީވޭއިން އޭޕްރަން ހުރަސްކޮށްފައި ޕާކިންގ ސްޓޭންޑަށް ދާން“

މީގެއިތުރަށް ރިޝްފާ ވަނީ ރާއްޖެއަށް އަލަށް ތައާރަފްކުރާ ޕީބީބީގެ ވާހަކަ ފާހަގަކުރައްވާފައެވެ. އެއީ ބޯޓުގެ ދޮރުން ނިކުތުމަށް ފަހު އަންނަ ބްރިޖެއް ކަމަށާއި، އެ ބްރިޖް އިންނާނީ ޓާމިނަލްއާއި ގުޅުވާލާއިފައި ކަމަށް ރިޝްފާ ވިދާޅުވިއެވެ. ރިޝްފާ ވިދާޅުވީ ކުރި އުފުލާ ބުރަ، ނުއުފުލާ ވަރަށް ބޮޑަށް ވަގުތު ސަލާމަތް ކުރެވޭނެ ކަމަށެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: