އދ. މާމިގިލީގައި ފީނަން ފޭބި 15 އަހަރުގެ ކުއްޖަކު ގެއްލިގެން ހޯދަމުން ދަނިކޮށް ނިޔާވެފައި އޮއްވާ ފެނިއްޖެ އެވެ.
ރައްޓެހި ކުދިންތަކަކާއި އެކު ފީނަން ގޮސް އުޅެނިކޮށް އެ ކުއްޖާ ގެއްލިގެން ރިޕޯޓު ކުރީ މިރޭ 07:00 ހާއިރެވެ.
ފުލުހުން ބުނީ ރިޕޯޓު ލިބުމާއި އެކު ފުލުހުންނާއި ސިފައިން އަދި އާންމު ރައްޔިތުން ގުޅިގެން ދިޔައީ ކުއްޖާ ހޯދުމުގެ މަސައްކަތް ކުރަމުން ކަމަށެވެ.
ފުލުހުން ބުނީ އެ ކުއްޖާ ފެނުނީ މާމިގިލީ ބޭރު މޫދުން ކަމަށެވެ. އަދި ކުއްޖާ ހޮސްޕިޓާލަށް ގެންދިޔަ އިރު ވެސް ނިޔާވެފައިވަކަމަށް ރަށޫގެ ސިއްހީ މަރުކަޒާއި ހަވާލާދީ ވަނީ ބުނެފަ އެވެ.

