ގިރާވަރު ފަޅުތެރެއިން ދޫކޮށްފައިވާ ގޯތިތައް، ބިން ހިއްކޭ ވަރަކަށް ހަވާލުކުރަމުންދާނެކަމަށް މިނިސްޓަރ އޮފް ކޮންސްޓްރަކްޝަން، ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރ ޑރ އަބްދުﷲ މުއްތަލިބު ވިދާޅުވެއްޖެއެވެ.
އަހާ“ ފޯރަމުގެ ހަވަނަ އެޑިޝަނުގައި ވާހަކަ ދައްކަވަމުން މިނިސްޓަރު ވިދާޅުވީ ގިރާވަރު ފަޅު ހިއްކުމުގެ މަޝްރޫއުއަށް ކުރީ ސަރުކާރުން ދެ ފަހަރެއްގެ މަތިން އެޑްވާންސަށް 20 މިލިއަން ޑޮލަރު ދީފައިވާކަމަށެވެ. މި ފައިސާއަށްވާ މަސައްކަތުގެ އިތުރަށް، ކޮށްފައިވާ މަަސައްކަތްތައް ނޭނގި އެ ފަރާތްތަކުން އިތުރަށް ފައިސާއަށް ޑިމާންޑް ކުރިކަމަށްވެސް މިނިސްޓަރު ވިދާޅުވިއެވެ. މަސައްކަތް ހުއްޓުމަކަށް ނައިސް ކުރިއަށް ގެންދަން ބޭނުންވާތީ މި ސަރުކާރުންވެސް އެ މަޝްރޫއުއަށް 15 މިލިއަން ޑޮލަރު ދީފައިވާކަމަށް އޭނާ ވިދާޅުވިއެވެ.
އެހެންނަމަވެސް އެޑްވާންސް ޕޭމެންޓުގެ ގޮތުގައި 20 މިލިޔަން ޑޮލަރު ދީފައި އޮތީމަ، އެބޭފުޅުން 15 މިލިޔަން ޑޮލަރު ދިނަސް މަސައްކަތް ކުރާކަށް ބޭނުމެއް ނުވި.
މުއްތަލިބު ވިދާޅުވިއެވެ.
އެ ކުންފުންޏާއި މޯލްޑިވްސް ފަންޑު މެނޭޖްމަންޓު ކޯޕަރޭޝަނާ ދެމެދު ހަދާފައިވާ އެއްބަސްވުން އުވާލުމަށްޓަކައި މިހާރު އެޓާނީ ޖެނެރަލް (އޭޖީ) އޮފީަށް ފޮނުވާފައިވާކަމަށް މިނިސްޓަރު ވިދާޅުވިއެވެ. އެ އެގްރީމެންޓު ޓާމިނޭޓްކުރެވުނުހާ އަވަހަކަށް ގިރާވަރުގެ މަސައްކަތް ފަށައިގެން ކުރިއަށް ގެންދާނެކަމަށް ފާހަގަޮށް މިނިސްޓަރު ވިދާޅުވީ. ބިން ހިކެންދެން މަޑުކޮށްގެން ހުރުމަކީ ސަރުކާރުގެ ވިސްނުން ނޫންކަމަށެވެ. އެހެންކަމުން މިނިސްޓްރީގެ ތެރެއިން ލޭންޑްޔޫސް ޕްލޭނަށް ގެންނަންޖެހޭ ބަދަލުތައް ގެނެސް، 2،000 އެއްހާ ގޯތި މިހާރު ގިރާވަރު ފަޅަށް ބަދަލުކޮށްފައިވާކަމަށް މިނިސްޓަރު ވިދާޅުވިއެވެ.
އާ ލޭންޑްޔޫސް ޕްލޭން ހެދުމުގައި ތަނަވަސް ވިސްނުމެއް ގެންގުޅޭނެކަމަށާއި، އޭގެ މަސައްކަތް މިހާރު ކުރިއަށްދާކަމަށް ވިދާޅުވިއެވެ.
އެ މަސައްކަތް ނިމުނުހާ އަވަހަކަށް އަޅުގަނޑުމެން ގިރާވަރުން ގޯތި ލިބިފައިވާ ފަރާތްތަކާ މަޝްވަރާކޮށްފަ، އެއްބަސްވާކަމުގައިވާނަމަ، ގުރުއަތު ނަގައިގެން އެފަރާތްތަކަށް ލިބޭތަން ކަނޑައަޅާފައި ހިއްކޭ މިންވަރަކުނ،ް މިހާރު ވެސް ހިއްކިފައި އެބައޮތް 60 ހެކްޓަރުވަރުގެ ބިން، ބިން ހިއްކިފައި ހުރި ތަންތަނުގެ ބިން ހުރި ފަރާތްތަކަށް ރަޖިސްޓްރީ ހަދައިދިނުމުގެ މަސައްކަތް ފަށާނަން.
މިނިސްޓަރު ވިދާޅުވިއެވެ.
ހުޅުމާލޭ ފޭސް 3 އަދި ގިރާވަރުން ބިން ހިއްކޭ ވަރަކުން ގޯތި ދެމުންދިޔުމަކީ ސަރުކާރުގެ އަމާޒެއްކަމަށް ފާހަގަކުރެއްވިއެވެ. އަދި ސާވޭއަކަށްފަހު ހިއްކިފައި ހުރި ބިމުން ގޯތި ދޫކޮށް ކަނޑަޖެހުމުގެ މަސައްކަތް ކުރަމުންދާ ކަމަށް ވަނީ ވިދާޅުވެފައެެވެ. ވެރިފަރާތުން ބޭނުންވާނަމަ އެ ގޯތިތަކުގައި ވަށާފާރު ރޭނުމުގެ ހުއްދަވެސް ދެވޭނެކަމަށް މުއްތަލިބު ވިދާޅުވިއެވެ.

