ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ދިރާގުޕޭއަށް ރަޖިސްޓަރީކޮށްގެން އައިފޯން 16އެއް ހޯދުމުގެ ފުރުސަތު!

ދިރާގުޕޭއަށް ރަޖިސްޓަރީކޮށްގެން އައިފޯން 16އެއް ހޯދުމުގެ ފުރުސަތު
ޝެއާރކޮށްލާ ކަހަލަދޯ؟

ދިރާގުޕޭގެ އައު ޕްލެޓްފޯމް ޑައުންލޯޑުކޮށް ރަޖިސްޓަރީކޮށްގެން އައިފޯން 16 އެއް ހޯދުމުގެ ފުރުސަތު ދިރާގު ފިންޓެކްއިން ހުޅުވައިލައިފިއެވެ.

ދިރާގުޕޭގެ އައު ޕްލެޓްފޯމަށް ރަޖިސްޓަރީކޮށްފައިވާ އަދި އަލަށް ރަޖިސްޓަރީކުރާ ކަސްޓަމަރުންނަށް ހުޅުވައިލައިގެން ކުރިއަށް ގެންދާ މި ޕްރޮމޯޝަން ކުރިއަށްދާނީ 30 ޖޫން އިން 30 ޖުލައި 2025ގެ ނިޔަލަށެވެ. މި ޕްރޮމޯޝަންގައި ބައިވެރިވާ ކަސްޓަމަރުންގެ މެދުގައި ނަގާ ގުރުއަތުން ހޮވޭ ނަސީބުވެރިޔާއަށް މި އަގުހުރި އިނާމު ލިބިގެންދާނެއެވެ.

ދިރާގުޕޭ އީ-ވޮލެޓްއިން ލިބޭ ހިދުމަތްތަކުގެ ތެރޭގައި، ބިލް ސްޕްލިޓިންގ، ސަބް ވޮލެޓް، ޕިއަރ-ޓު-ޕިއަރ ޓްރާންސްފަރ، ފަވަރަ ޓްރާންސްފަރ އަދި ބިލަށް ފައިސާދެއްކުން ހިމެނެއެވެ.

މި ހާއްސަ ޕްރޮމޯޝަނަކީ ދިރާގުޕޭގެ ކަސްޓަމަރުންނާ ހަމައަށް ހާއްސަ އިނާމުތައް ފޯރުކޮށްދިނުމުގެ އިތުރުން ރާއްޖޭގައި ފައިސާގެ މުއާމަލާތްތައް ކުރުމަށް ޑިޖިޓަލް ވަސީލަތްތައް ބޭނުންކުރުމަށް ޝައުގުވެރިކަން އިތުރުކޮށް، ފައިސާގެ މުއާމަލާތުތައް ކުރުމަށް ކަސްޓަމަރުންނަށް ރައްކާތެރި، ހަލުއި އަދި ފަސޭހަ މަގެއް ފަހިކޮށްދިނުމުގެ މަގުސަދުގައި ދިރާގު ފިންޓެކްއިން ކުރިއަށްގެންދާ ޕްރޮމޯޝަނެކެވެ.

ދިރާގު ފިންޓެކް އަކީ، ދިވެހިރާއްޖޭގެ ޑިޖިޓަލް އިގްތިސާދު ބިނާކުރުމަށް ކުރާ މަސައްކަތްތަކުގެ އެންމެ ކުރީ ސަފުގައި ހަރަކާތްތެރިވަމުންދާ ދިރާގުގެ ސަބްސިޑިއަރީ ކުންފުންޏެކެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: