ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ވިނަރެސްގެ 8 ވަނަ އިމާރާތުން ވެއްޓުނު ކުއްޖާ މަރުވެއްޖެ!

ހުޅުމާލެ 2 ގައި މީހަކު އިމާރާތެއްގެ މަތިން ވެއްޓިގެން ފުލުހުން ހަރަކާތްތަެރި ވަނީ -- ފޮޓޯ: އެމްވީ ކްރައިސިސް
ޝެއާރކޮށްލާ ކަހަލަދޯ؟

ވިނަރެސް 8 ވަނަ އިމާރާތުން ވެއްޓުނު ކުއްޖާ މަރުވެއްޖެއެވެ.

ހުޅުމާލެ 2 ގައި މީހަކު އިމާރާތެއްގެ މަތިން ވެއްޓިގެން ފުލުހުން ހަރަކާތްތެރިވާން ފަށައިފައިވަނީ މިއަދުގެ 16:20 ހާއިރުއެވެ. ސޯޝަލް މީޑިއާގައި އާއްމުވެފައިވާ ވީޑިއޯއިން ފެންނަ ގޮތުގައި ފުލުހުން ހަރަކާތްތެރިވަމުން ދިޔައީ ހުޅުމާލެ 2ގެ ޗާންދަލިއަރ ބުކްޝޮޕް ކައިރީއެވެ. އޭނާ ވެއްޓިފައިވަނީ ވިނަރެސްގެ 8 ވަނަ އިމާރާތުންނެވެ.

ވީޑިއޯއިން ފެންނަ ގޮތުގައި އެ ޒުވާނާ ބިންމައްޗަށް ވެއްޓިފައި އޮންނަ މަންޒަރު ފެނެއެވެ. އަދި އެ ޒުވާނާގެ ގާތުގައި ފުލުހުން ހަރަކާތްތެރިވާ މަންޒަރުވެސް ފެނިފައިވެއެވެ. ފުލުހުން ވަނީ އެސަރަހައްދު ބަންދުކޮށްފައެވެ.

މިހާރު އޭނާ ހޮސްޕިޓަލަށް ގެންގޮސްފައި ވާއިރު އެ ޒުވާނާ މަރުވެފައިވާ ކަމަށް މައުލޫމާތު ލިބެއެވެ. ފުލުހުން ބުނީ މިއީ 18 އަހަރުގެ ޒުވާނެއް ކަމަށެވެ. މި މައްސަލައިގައި އަދި އިތުރު ތަފްސީލްތަޖެއް ނުލިބެއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: