ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

އިންޓެލެކްޗުއަލް ޕްރޮޕަޓީ އޮފީހުގެ ބިލާއި، ޓްރޭޑްމާކްގެ ބިލަށް އާންމުންގެ ހިޔާލު ހޯދަނީ

ރައްޔިތުންގެ މަޖިލީސް އިދާރާ
ޝެއާރކޮށްލާ ކަހަލަދޯ؟

ފިކުރީ މުދާ ހިމާޔަތްކޮށް، ރައްކާތެރިކޮށްދޭނެ އޮފީހެއް ގާއިމްކުރުމަށް ހުށައަޅާފައިވާ ”މޯލްޑިވްސް އިންޓެލެކްޗުއަލް ޕްރޮޕަޓީ އޮފީހުގެ ބިލް“ އަދި، އުފެއްދުންތެރިންނާއި ފަންނުވެރިންގެ އުފެއްދުންތައް ރައްކާތެރިކޮށް، ޓްރޭޑް މާކް ރަޖިސްޓްރީ ކުރެވޭ ”ޓްރޭޑްމާކްގެ ބިލް“ އަށް އާންމުގެ ހިޔާލު ހޯދަން ހުޅުވާލައިިފިއެވެ.

ރައްޔިތުންގެ މަޖިލީހުން ބުނީ، ޓްރޭޑްމާކާއި އިންޓަރލެކްޗުއަލް ޕްރޮޕަޓީ އޮފީހުގެ ބިލަށް އާންމު ރައްޔިތުންނާއި، ވިޔަފާރިވެރިންގެ އިތުރުން ފަންނާނުންނާއި، އެހެނިހެން ފަރާތްތަކަށްވެސް ޚިޔާލާއި ފިކުރު ހުށަހެޅުމުގެ ފުރުސަތު އޮންނާނެކަމަށެވެ.

މި ބިލުތަކާ ގުޅޭގޮތުން އާންމުންގެ ޚިޔާލު ހުށަހެޅުމުގެ ފުރުސަތު ހުޅުވާލާފައިވަނީ މިމަހުގެ 22 ވަނަ ދުވަހުގެ ހެނދުނު 11:00 ގެ ކުރިންނެވެ. މިގޮތުން މަޖިލީހުގެ އިޤުތިޞާދީ ކޮމިޓީގެ އީމެއިލްއަށް ނުވަތަ މަޖިލިސް އިދާރާއަށް ލިޔުމުންވެސް ހިޔާލު ފޮނުވުމުގެ ފުރުސަތު ހުޅުވާލާފައިވާކަމަށް އެ އިދާރާއިން މައުލޫމާތު ދީފައިވެއެވެ.

ސަރުކާރުގެ ފަރާތުން ޓްރޭޑް މާކް ބިލު މަޖިލީހަށް ހުށައެޅުއްވީ މަޑުއްވަރީ ދާއިރާގެ މެންބަރު އަހުމަދު ޒާހިރެވެ.

މި ބިލުގައިވާގޮތުން ”ޓްރޭޑްމަރކް“ އަކީ އެއް ފަރާތެއްގެ މުދަލާއި، ހިދުމަތްތައް އަނެއްފަރާތުގެ މުދަލާއި ހިދުމަތްތަކާ ތަފާތުކުރުމުގެ ގާބިލުކަން ލިބިފައިވާ ނިޝާންތަކެވެ. މި ނިޝާންތަކާ ގުޅިގެން އެކްސްކްލޫސިވް ޙައްގު ލިބޭނީ އެ ޓްރޭޑްމަރކެއް ރަޖިސްޓްރީ ކުރުމުންނެވެ. ބިލުގައި ބުނެފައިވާގޮތުން ރާއްޖޭގައި ޓްރޭޑްމަރކެއް ރަޖިސްޓްރީކޮށްދޭނީ 10 އަހަރު ދުވަހުގެ މުއްދަތަކަށެވެ. މުއްދަތު ހަމަވުމުން އިތުރު 10 އަހަރަށް ރަޖިސްޓްރީގެ މުއްދަތު އިތުރު ކުރުމަށް ހުށަހެޅިދާނެއެވެ.

މިގޮތަށް ރަޖިސްޓްރީ ކުރާ ޓްރޭޑްމަރކް ވެރިފަރާތެއްގެ ހުއްދައާ ނުލައި ވިޔަފާރީގައި ބޭނުންކުރުމުގެ ސަބަބުން އޮޅުން އަރާނެފަދަ ހާލަތެއްގައި އެ ނިޝާނެއް ބޭނުންކުރުން ހުއްޓުވުމުގެ ހައްގު ވެރިފަރާތައް ލިބޭނެއެވެ. އަދި މިފަދަ ހާލަތްތަކުގައި މައްސަލަ ރައްދުވާ ފަރާތަށް ޖަވާބުދާރީވުމުގެ ފުރުސަތު ދިނުމެއް ނެތި ވަގުތީ އަމުރެއް ނެރުމާއި ވެރިފަރާތައް ލިބުނު ގެއްލުމުގެ ބަދަލު ނަގައިދޭން ކޯޓަށް ހުށަހެޅުމާއި ޓްރޭޑްމަރކާ ގުޅޭ ހައްގަށް އަރައިގަތުން ހުއްޓުވައި އެ ހައްގުތައް އަނބުރާ ހޯދަން ހިނގާ ހަރަދު ހޯދައިދޭންވެސް ކަނޑައެޅިދާނެ ކަމަށް ސަރުކާރުގެ ފަރާތުން މަޖިލީހަށް ހުށަހަޅުއްވާފައިވާ ބިލުގައި ވަނީ ބުނެފައެވެ.

މި ބިލުގައިވަނީ ރާާއްޖޭގައި ކައުންޓަރފީޓްކުރުން ނުވަތަ ޓްރޭޑްމަރކް ކުރެވޭ މުދަލުގެ ނަކަލުތައް ރާއްޖެއަށް އެތެރެކުރުމާއި ވިއްކުމާއި ބޭރުކުރުންވެސް މަނާކޮށްފައެވެ. މިފަދަ އަމަލެއް ކޮށްފި މީހަކަށް 100،000 ރުފިޔާ އާއި 2،000،000 ރުފިޔާއާ ދެމެދުގެ އަދަދަކުން ޖޫރިމަނާ ކުރެވޭނެކަމަށް ބިލުގައިވަނީ ބަޔާންކޮށްފައެވެ. މި ބިލު ފާާސްކޮށް، ތަސްދީގު ކުރުމާއެކު މިހާރު ރަޖިސްޓްރީކޮށްފައިވާ ޓްރޭޑްމަރކްތައް އަލުން ރަޖިސްޓްރީކުރަން 12 މަސް ދުވަހުގެ މުއްދަތެއް ދޭނެއެވެ.

ސަރުކާރުގެ ފަރާތުން މޯލްޑިވްސް އިންޓެލެކްޗުއަލް ޕްރޮޕަޓީ އޮފީހުގެ ބިލް މަޖިލީހަށް ހުށައެޅުއްވީ ކުޑަހުވަދޫ ދާއިރާގެ މެންބަރު ހުސައިން ހަމީދެވެ. މި ބިލުގައިވާ ގޮތުން ”ފިކުރީ މުދާ“ ގެ ތެރޭގައި ހިމެނެނީ ޓްރޭޑްމާކާއި، ޕޭޓަންޓާއި، ކޮޕީރައިޓާއި، އިންޑަސްޓްރިއަލް ޑިޒައިން އަދި ޖިއޮގްރަފިކަލް އިންޑިކޭޝަންތަކެވެ. މި ބިލު ގާނުނަކަށް ވުމާއެކު މޯލްޑިވްސް އިންޓެލެކްޗުއަލް ޕްރޮޕަޓީ އޮފީހުގެ ނަމުގައި އެކަމަށް ހާއްސަ އޮފީހެއް ގާއިމުކުރާނެއެވެ.

އެ އޮފީހުގެ މަސްއޫލިއްޔަތުތަކުގެ ތެރޭގައި ފިކުރީ މުދާ ރަޖިސްޓްރީ ކުރުމާއި، ރަޖިސްޓްރީ ކުރާ މުދަލުގެ ދަފްތަރެއް އެކުލަވާލުން ހިމެނެއެވެ. ހަމައެހެންމެ، ފިކުރީ މުދަލާ ގުޅޭ ހޭލުންތެރިކަން އިތުރު ކުރުމާއި ބައިނަލްއަގުވާމީ މުއާހަދަތަކުގެ ދަށުން ކުރަން ޖެހޭ ކަންކަން ކުރުމާއި ވިލަރެސް ކުރުން ހިމެނެއެވެ. އެ އޮފީސް ހިންގުމުގެ އެންމެ އިސް ބޭފުޅަކަށް ހުންނަވާނީ ރަޖިސްޓްރާ އޮފް އިންޓެލެކްޗުއަލް ޕްރޮޕަޓީ އެވެ. އެ މަގާމަށް މީހަކު އައްޔަނުކުރާނީ އިކޮނޮމިކް މިނިސްޓަރެވެ.

އެ މަގާމަށް އަންނަ މީހެއްގެ ދައުރަކީ ފަސް އަހަރެވެ. ފިކުރީ މުދާ ރަޖިސްޓްރީ ކުރުމާއި، ރަޖިސްޓްރީ ކުރާ މުދަލުގެ ދަފްތަރެއް އެކުލަވާލައި ބެލެހެއްޓެވުމުގެ ޒިންމާ އަދާކުރައްވަނީ ރަޖިސްޓްރާ އޮފް އިންޓެލެކްޗުއަލް ޕްރޮޕަޓީއެވެ.

މި ގާނޫނުގެ ދަށުން ރަޖިސްޓްރާ ފިކުރީ މުދަލެއް ރަޖިސްޓްރީ ނުކޮށްދީފިނަމަ އެ ނިންމުން 14 ދުވަހުގެ ތެރޭގައި މުރާޖާ ކުރުމަށް ހުށަހެޅުމުގެ ފުރުސަތު ލިބޭނެ އެވެ. އަދި އެއީ މުރާޖާކުރަން ޖެހޭ ނިންމުމެއް ނަމަ 45 ދުވަހުގެ ތެރޭގައި އެކަމާ މެދު ރަޖިސްޓްރާ ގޮތަށް ނިންމަން ޖެހޭނެ އެވެ. ރަޖިސްޓްރާގެ ނިންމުން ކޯޓަށް ހުށަހެޅަން 30 ދުވަހުގެ ފުރުސަތެއް ލިބޭނެ އެވެ.

މި ބިލުގެ ފުރަތަމަ ކިޔުން އިއްވައި މިއަދު ވަނީ އިބްތިދާއީ ބަހުސް ފަށާފަ އެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: