ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ވާދަވެރިން ވެލާނާ އެއަޕޯޓުގައި އަޅަން އުޅުނު ޓާމިނަލެއް ވުޖޫދަކު ނެތް: މަތީން

އެމްޑަބްލިޔުއެސްސީ ގެ މެނޭޖިން ޑިރެކްޓަރ އަބްދުﷲ މަތީން މުހައްމަދު
ޝެއާރކޮށްލާ ކަހަލަދޯ؟

ވާދަވެރިން ވެލާނާ އެއަޕޯޓުގައި އަޅަން މަސައްކަތްކުރި ޓާމިނަލެއް ވުޖޫދުގައި ނެތްކަމަށާއި ތަނުގެ ބިންގާ ކައްޗަށް އޮތުމުގެ ސަބަބުން މީގެ އަހަރުތަކެއް ކުރިން އެތަނުގެ ފައުންޑޭޝަން ނަގާ އުކާލަންޖެހުނުކަމަށް އެމްޑަބްލިއުއެސްސީގެ އެމްޑީ އަބްދުލް މަތީން މުހައްމަދު ވިދާޅުވެއްޖެއެވެ.

ޕީއެންސީން ބޭއްވި ހަރުގެ ޖަލްސާގައި ވާހަކަދައްކަވަމުން އެމްޑީ މަތީން ވިދާޅުވީ، މީގެ ޒަމާންތަކެއް ކުރިން ގޯތިތަކާއި ވަޅުތަކާއި އެންމެހާ ތަކެތީގެ މިލްކުވެރިކަމާއިމެދު ދައުވާކުރާ ފަރާތެއްވާނަމަ ކޯޓަށް ހުށައެޅުމަށް ރޭޑިއޯ މެދުވެރިކޮށް އިރުޝާދު ދޭ އަޑު އިވިގެންދާކަމަށެވެ. އަދި މިހާރު އިވެމުންދާ ވާހަކަތަކުގެ ސަބަބުން އެ ދުވަސް ހަނދާނަށް އަންނަ ކަމަށެވެ.

މަތީން ވިދާޅުވީ، ކޮންމެވެސް އެއްޗެއްގެ މިލްކުވެރިންނަކީ ކޮބައިކަން ނޫނީ ކިހާވަރެއްގެ މިލްކުވެރިކަމެއް އޮތްކަން ނޭނގިގެން ގިނަ އަދަދެއްގެ މީހުން އުޅޭކަން ފާހަގަކުރެއްވޭކަމަށެވެ. ނަމަވެސް ކަންކަމުގެ މަތިން ހަނދާން އައުކޮށްލާއިރު ވާދަވެރި ޕާޓީން ހުޅުލޭ އެއާރޕޯޓުގައި ޓާމިނަލެއް އަޅަންފެށީ އެތަނުގެ އިރުމަތީ ފަރާތުގައިކަން ފެނިގެންދާކަމަށެވެ. އަދި މިހާރު އެއަރޕޯޓުގައި ޓާމިނަލެއް އަޅާފައިވަނީ ހުޅަނގު ފަރާތުގައިކަމަށްވުމުން ވާދަވެރިން އަޅަން ފެށި ޓާމިނަލެއް ވުޖޫދުގައި ނެތްކަމަށް ފާހަގަކުރެއްވިއެވެ.

އެމްޑީ ވިދާޅުވީ، އެތަނުގެ ޕަސެންޓޭޖުތަކެއްގެ ވާހަކަ ދެއްކުމުގެ ބޭނުމެއް ނެތްކަމަށާއި ތަނުގެ މިލްކުވެރިކަމާއި ގުޅޭގޮތުން ދައުވާއެއް ކުރާނެ ޖާގައެއް ވާދަވެރިންނަށް ލިބިގެން ނުވާކަމަށެވެ. ވާދަވެރިން އަޅަންފެށި ޓާމިނަލްގެ ފައުންޑޭޝަންތައް ނަގާ އުކާލިކަމަށްވެސް ހިއްސާކުރެއްވިއެވެ. ސަބަބަކީ ކައްޗަށް އެޅި ބިންގަލެއްގެ މައްޗަށް ރާއްޖޭގެ އިގްތިސާދު ބިނާކުރަން މި ސަރުކާރުން ބޭނުން ނުވާތީކަމަށް މައުލޫމާތު ދެއްވިއެވެ.

މަތީން ވިދާޅުވީ، މިހާރު ތިއްބެވި ލީޑަރުންނަށް ރާއްޖޭގެ ވެރިކަން ރައްޔިތުން ހަވާލުކޮށްފައިވަނީ ދެވަނަ ފަހަރަށްކަމަށެވެ. އަދި އިސްވެ ދެންނެވި ކަންކަން ހިނގައިދިޔައީ ފުރަތަމަ ވެރިކަމުގައިކަމަށާއި އެހެންކަމުން ވާދަވެރިން އަޅަން މަސައްކަތްކުރި ޓާމިނަލެއް ވުޖޫދުގައި ނެތްކަމަށެވެ.

އޭރު ވާދަވެރިން އެއަރޕޯޓުގައި ކުރިއަށް ގެންދިޔަ ތަރައްގީގެ މަސައްކަތްތަކުގެ ތެރޭގައި ދެވަނަ ރަންވޭއެއްގެ މަސައްކަތްތައްވެސް ހިމެނިފައިނުވާކަމަށާއި މަސައްކަތްކުރަމުންދިޔައީ ކުރިން އޮތް ރަންވޭ އެތަނުގައި ބާއްވައިގެން އެތަން އެތައް އަހަރަކަށް ބޭރު ބައެއް ލައްވާ ހިންގުވަންކަމަށް ފާހަގަކުރެއްވިއެވެ.

އެމްޑީ ވިދާޅުވީ، އެ ރޭވުމުގެ މަތިން މިހާރު އެ ޖަހާ ހިސާބުތަކާއި އެއްގޮތަށް ރާއްޖޭގެ އިގްތިސާދު ފުޅާވެގެން ނުދާނެކަމަށާއި ޓާމިނަލެއް އެޅިޔަސް ބޯޓެއް ޖައްސާނެ ގޮތެއް ނެތި ބޯޓުތަކެއް ނާންނަ ނަމަ އިގްތިސާދު ކުރިއަރައިގެން ނުދާނެކަމަށެވެ. އެހެންކަން ވާދަވެރިން ހަނދާންތައް އައުކޮށްލަންޖެހޭކަމަށާއި ކުރަން އުޅުނުކަމާއި ވެފައި ހުރި ކަންކަމާއިމެދު ހުރި ތަފާތުތައް ދެނެގަންނަން ޖެހޭކަމަށް ވިދާޅުވިއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: