ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ފްލެޓަށް ދައްކަން ޖެހޭ ޑައުންޕޭމަންޓް މައާފުކޮށްދީ ކުލި ކުޑަކުރަން ގޮވާލައިފި

އެފްޑީސީން އަޅަމުންދާ ފްލެޓުތައް ފޮޓޯ: އެފްޑީސީ
ޝެއާރކޮށްލާ ކަހަލަދޯ؟

ފަހި ދިރިއުޅުން ކޯޕަރޭޝަން ލިމިޓެޑުން ޢިމާރާތް ކޮށްފައިވާ 4000 ފްލެޓުގެ ޑައުންޕޭމަންޓް މައާފުކޮށްދީ ކުލި ކުޑަކުރަން ފުލެޓުވެރިންގެ ހައްގުގައި މަސައްކަތްކުރާ ޖަމިއްޔާ ފަހި ޔޫނިއަންއިން ސަރުކާރަށް ގޮވާލައިފިއެވެ.

ފަހި ދިރިއުޅުން ކޯޕަރޭޝަން (އެފްޑީސީ)އާ އެކު ބޭއްވި ބައްދަލުވުމަކަށް ފަހު އެ ޖަމިއްޔާއިން ނެރުނު ބަޔާނެއްގައި ބުނީ، މީގެ ކުރިން ދޫކުރި ސޯޝަލް ހައުސިން ޔުނިޓުތަކަށް ޑައުންޕޭމަންޓް ދައްކަން ނުޖެހި އެއްބަސްވުމުގައި ސޮއިކޮށް ތަޅުދަނޑި އަތަށް ދިންކަމަށެވެ. އެހެންނަމަވެސް، ގެދޮރުވެރިޔާ ސްކީމްގެ ފްލެޓުތަކުގެ ތަޅުދަނޑި އަތަށް ލިބޭނީ ޑައުންޕޭމަންޓް ދައްކާ ނިންމުމުން ކަމަށް އެފްޑީސީން ބުނާތީ އެކަމާ ކަންބޮޑުވާކަމަށް އެ ޖަމިއްޔާއިން ފާހަގަކޮށްފައިވެއެވެ.

އެހެންކަމުން އެ ޖަމިއްޔާއިން ވަނީ ގެދޮރުވެރިޔާ ފްލެޓަށް ދައްކަން ޖެހޭ 25،000ރ.ގެ ޑައުންޕޭމަންޓް މައާފުކޮށްދީ، ކުލި ވެސް ކުޑަކުރަން ގޮވާލާފައެވެ.

މީގެ އިތުރުން، ކުލި ނުދެއްކުމުން އަންނަ ޖޫރިމަނާތަކާ ގުޅިގެންވެސް އެ ޖަމިއްޔާއިން ކަންބޮޑުވުން ފާޅުކޮށްފައިވެއެވެ. އެގޮތުން ކޮންމެ މީލާދީ މަހެއްގެ 10ގެ ފަހުން ކުލި ދައްކާ ނަމަ 7،000ރ ދައްކާ ދެ ކޮޓަރީގެ އެޕާޓްމަންޓަކަށް %100 އަށް ވުރެ ބޮޑު ޖޫރިމަނާއަކާ އެކު، 15،000ރ ދައްކަން ޖެހޭ ކަމަށާއި، 9،000ރ ދައްކަން ޖެހޭ ތިން ރޫމް އެޕާޓްމެންޓެއްގެ ކުލި ދެއްކުން ފަސްވެއްޖެ ނަމަ %170ގެ ޖޫރިމަނާއަކާ އެކު 25،000ރ ދައްކަން ޖެހޭކަން ފާހަގަކޮށްފައިވެއެވެ.

އެހެންވެ އެ ޖަމިއްޔާއިން ގޮވާލާފައިވަނީ މީގެ ކުރިން ދޫކޮށްފައިވާ ބޯހިޔާވަހިކަމުގެ މަޝްރޫއުތަކުގެ ފްލެޓުތަކުގެ ކުލި ކުޑަކޮށްދިން ގޮތަށް، 4،000 ފްލެޓުތަކުގެ އަގު ވެސް ކުޑަކޮށްދިނުމަށެވެ.

ގެދޮރުވެރިޔާ ސްކީމުގެ ދަށުން ފްލެޓް ދޫކުރުމުގެ އުޞޫލާއި، އަދި މިނިސްޓްރީން 29 މެއި 2025 ގައި ކުރި އިޢުލާނުގައި ބަޔާންކޮށްފައިވާ ކަންކަމަށް ރިޢާޔަތްކޮށް، ގެދޮރުވެރިޔާ ސްކީމުން ފްލެޓު ލިބުނު ފަރާތްތަކާއެކު އެއްބަސްވުމުގައި ސޮއިކުރުމާ ގުޅޭ މަސައްކަތްތައް ވަނީ ފެށިފައެވެ.

މިނިސްޓްރީން މައުލޫމާތު ދޭ ގޮތުގައި ސޮއިކުރުމުގެ މަސައްކަތް ކުރިއަށްގެންދެވޭނީ ފްލެޓްތަކުގެ މަސައްކަތް ނިމި ޙަވާލުކުރުމަށް ތައްޔާރު ކުރެވިފައިވާ ޓަވަރުތަކަށް އިސްކަންދީގެންނެވެ. އަދި ފްލެޓް ލިބުނު ފަރާތްތަކާއެކު އެއްބަސްވުންތަކުގައި ސޮއިކުރުމަށްޓަކައި ކުރަންޖެހޭ އެންމެހައި މުޢާމަލާތްތައް ކުރިއަށް ގެންދާނީ އެފް.ޑީ.ސީ އިން ކަމަށްވެސް މިނިސްޓްރީން ވަނީ ފާހަގަކޮށްފައެވެ.

މީގެ އިތުރުން، އެއްބަސްވުމުގައި ސޮއިކުރުމަށް އެފް.ޑީ.ސީއަށް ފޮނުވާ ފަރާތްތަކަށް ”ގެދޮރުވެރިން ޕޯޓަލް“ މެދުވެރިކޮށް އެކަން އެންގޭނެކަމަށްވެސް މިނިސްޓްރީގެ އިއުލާނުގައިވެއެވެ. އަދި މިގޮތަށް ޕޯޓަލްއިން ނާންގާ ފަރާތްތަކަށް މި މިނިސްޓްރީއިން ނުވަތަ އެފް.ޑީ.ސީ އިން ނުގުޅާނެކަމާއި، އަދި އެފަދަ ފޯނު ކޯލުތަކާއި އެސް.އެމް.އެސްތަކަށް ހުރިހާ ރައްޔިތުން ސަމާލުވުމަށްވެސް ވަނީ އިލްތިމާސް ކޮށްފައެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: