ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ކޭޕާކް މައްސަލައިގައި ކަންވީ ގޮތް ރައީސް މުއިއްޒަށް އެނގިވަޑައިގަންނަވާނެ، އިންނެވީ ކެބިނެޓުގައި: ނާޒިލް

ރައްޔިތުންގެ މަޖިލީހުގެ ހިތަދޫ ދެކުނު ދާއިރާގެ މެމްބަރުން އިބްރާހީމް ނާޒިލް
ޝެއާރކޮށްލާ ކަހަލަދޯ؟

ކޭޕާކް މައްސަލައިގައި ކަންވީ ގޮތް ރައީސުލްޖުމްހުރިއްޔާ ޑރ މުހައްމަދު މުއިއްޒަށް އެނގިވަޑައިގަންނަވާނެކަމަށާއި، އޭރު އެމަނިކުފާނު އިންނެވީ ކެބިނެޓުގައިކަމަށް ހިތަދޫ ދެކުނު ދާއިރާގެ މެންބަރު އަދި އެމްޑީޕީގެ ޕާލަމެންޓްރީ ގުރޫޕްގެ ލީޑަރު އިބްރާހިމް ނާޒިލް ވިދާޅުވެއްޖެއެވެ.

ހުޅުމާލޭގައި ތަރައްގީކުރަމުން އަންނަ ކޭ-ޕާކް ފްލެޓުތަކަށް ފައިސާދެއްކި މީހުންނަށް އަލި މަގެއް ހޯދައިދިނުމަށް ގޮވާލައި ރައްޔިތުންގެ މަޖިލީހަށް ހުށައަޅާފައިވާ ގަރާރުގެ ބަހުސްގެ މަރުހަލާގައި ވާހަކަދައްކަވަމުން ނާޒިލް ވިދާޅުވީ ކޭޕާކް ރެސިޑެންސްގެ މަސައްކަތްތައް ކޮށްފައިވަނީ 2016 ވަނަ އަހަރާއި 2018 ވަނަ އަހަރާއި ދެމެދުކަމަށެވެ. ވަކި ވެރިކަމެއް ތުހުމަތުކޮށް ވާހަކަދައްކަވާ ބޭފުޅުންނަށް ކަމުގެ ހަގީގަތާއި މިކަން ހިނގައިދިޔައީ ކޮން ވެރިކަމެއްގައިކަން އެނގޭނެކަމަށް ނާޒިލް ވިދާޅުވިއެވެ.

އެ ފްލެޓުތަކަށްވާ ފައިސާ ދެއްކި ފަރާތްތަކުން އެ މައްސަލަ ފެންމަތިކުރުމުން އެމްޑީޕީއިން ވާނީ އެކަމުގައި އަޅަން ޖެހޭ ފިޔަވަޅުތައް އަޅާފައިކަމަށް ނާޒިލް ފާހަގަކުރެއްވިއެވެ. ތަހުގީގުކުރަން ފުލުހުންނާއި ހަވާލުކޮށްފައިވާނެކަމަށާއި، ތަހުގީގު ނިމުމުން ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީހަށް ފޮނުވާފައިވާނެކަމަށާއި މި ހުރިހާ މަސައްކަތްތަކެއް ކުރީ އެމްޑީޕީގެ ވެރިންކަމަށް ނާޒިލް ވިދާޅުވިއެވެ.

ވަކި ބައެއްގެ ބޮލުގައި އެ އިލްޒާމް އެޅުވުމުގެ ބޭނުން އެއޮތީ ކެނޑިފައި. މިހާރުގެ ރައީސުލްޖުމްހުރިއްޔާ އޭރު މި ޕްރޮޖެކްޓް ހަވާލުކުރެއްވީއިރު، ހުންނެވީ ކެބިނެޓުގައި. މިކަމުގައި އެބޭފުޅާގެ ބަހެއް ނެތި ނުދާނެކަމަށް އަޅުގަނޑު ގަބޫލުކުރަނީ.

ނާޒިލް ވިދާޅުވިއެވެ.

ނާޒިލް ވިދާޅުވީ ކޭޕާކްހެ މަސައްކަތް ކުރި އިރު މިހާރުގެ ރައީސުލްޖުމްހުރިއްޔާ ޑރ މުހައްމަދު މުއިއްޒު އިންނެވީ ކެބިނެޓުގައިކަމަށާއި އެހެންކަމުން މިކަމުގައި އެމަނިކުފާނުގެ ބަހެއް ނެތި ނުދާނެކަމަށެވެ. މިކަން ހިނގައިދިޔަ ގޮތް ރައީސް މުއިއްޒުއަށް ވަރަށް ރަނގަޅަށް އެނގިވަޑައިގަންނަވާނެކަމަށް ނާޒިލް ވަނީ ތަކުރާރުކޮށް ވިދާޅުވެފައެވެ.

100 އެޕާޓްމެންޓް ގަންނަން 200 އެތައް ފަރާތެއްގެ އަތުން ފައިސާ ނަގާފައިވާކަމަށާއި، މިއީ ކޮންޓްރެކްޓްގެ ތެރޭގައި ހުރި އިހުމާލުތަކެއްކަމަށް ނާޒިލް ވިދާޅުވިއެވެ. މިފަދަ ބިޔަ ބޮޑު މަޝްރޫއުތައް ހިންގާއިރު، މިފަދަ ލޫޕް ހޯލްތައް ހުރެގެން ނުވާނެކަމަށް ނާޒިލް ވިދާޅުވިއެވެ.

މި ސަރުކާރުގެ ޒިންމާއަކީ މި މަޝްރޫއު ކުރިއަށް ގެންދިއުންކަމަށްވެސް ވިދާޅުވިއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: