ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ކެނދިކުޅުދޫގެ ބަހުގެ ހިދުމަތަކީ، އެ ރަށުގެ ރައްޔިތުންގެ އެދުމުގެ މަތިން ފޯރުކޮށްެވޭނެ ހިދުމަތެއްކަމަށް ގަބޫލުކުރަން: ރައީސް

ނ. އަތޮޅަށް ރައސް ކުރައްވާ ދަތުރުފުޅުގެ ތެރެއިން، ނ. ކެނދިކުޅުދޫގައި ރައްޔިތުންނަށް ބައްދަލުކުރެއްވުމުގެ ގޮތުން ބޭއްވި ރަސްމިއްޔާތުގައި ވާހަަކަދައްކަވާ މަންޒަރު/ފޮޓޯ: ރައީސް އޮފީސް
ޝެއާރކޮށްލާ ކަހަލަދޯ؟

ކެނދިކުޅުދޫގައި ތައާރަފުކުރެވިގެންދިޔަ، ބަހުގެ ހިދުމަތަކީ، އެ ރަށުގެ ރައްޔިތުންގެ އެދުމާއި އެއްގޮތުގެ މަތިން ފޯރުކޮށްދެވޭނެ ހިދުމަތެއްކަމަށް ގަބޫލުކުރައްވާކަމަށް ރައީސް ވިދާޅުވެއްޖެއެވެ.

ނ. އަތޮޅަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި ކެނދިކުޅުދޫއަށް ވަޑައިގެން، އެ ރަށުގެ ރައްޔިތުންނަށް ބައްދަލުކުރައްވާ، އެ ރަށުގައި ބޭއްވި ރަސްމިއްޔާތުގައި ވާހަަކަފުޅުދައްކަވަމުން ރައީސް ވިދާޅުވީ، ރިޔާސީ އިންތިހާބުގައި، އެ ރަށުގެ ރައްޔިތުންނަށް ވެފައިވާ ވައުދުތައް ވަރަށް ގާތުން ފުއްދުމުގައި ސަރުކާރުން ސަމާލުކަން ދެއްވާކަމަށެވެ.

ރަށުގެ ރައްޔިތުންނަށް ރައީސް ވެފައިވާ ވައުދުފުޅުތަކުގެ ތެރެއިން އާރްޓީއެލް ބަހުގެ ހިދުމަތް އެ ރަށަށް ތައާރަފުކުރައްވާނެކަމުގެ ވައުދު ފުއްދާ، އެ ވައުދު ވުޖޫދުކުރެވިގެން ގޮސްފައިވާކަމަށް ރައީސް ވިދާޅުވިއެވެ. އަދި އެ ހިދުމަތް ހުއްޓުމެއްނެތި، އިތުރަށް ފުޅާކޮށް، ތަރައްގީކުރުމަކީ، އެ ރައީސްގެ ވިސްނުންފުޅު ހުރި ގޮތްކަމަށް ރައީސް ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ، ކެނދިކުޅުދޫގެ ބަހުގެ ހިދުމަތް ތައާރަފުކުރުމަށްޓަކައި، 2 ބަސް ގެނެސްފައިވާއިރު، އެ ބަހުގެ ފްލީޓަށް ބަސް އިތުރުކުރުމަށްޓަކައި މުސްތަގުބަލުގައި މަސައްކަތްކުރައްވާނެކަމަށެވެ.

ކެނދިކުޅުދޫގައި ފެށިގެން ދިޔަ ބަހުގެ ހިދުމަތަކީ، އެ ރަށުގެ ދަރިވަރުންނާއި އާންމު ރައްޔިތުންގެ އެދުމާއި އެއްގޮތުގެ މަތިން ފޯރުކޮށްދެވޭނެ ހިދުމަތެއްކަމަށް ގަބޫލުކުރައްވާކަމަށް ރައީސް ވިދާޅުވިއެވެ.

ކެނދިކުޅުދޫގެ ތަރައްގީއަށް ކުރެވޭ މަސައްކަތްތަކުގެ ތެރެއިން ބަހުގެ ހިދުމަތުގެ އިތުރުން، އެ ރަށުގައި އިތުރު މަސައްކަތްތަކެއް ކުރިއަށް އޮތް ދުވަސްތަކުގައި ފެށިގެންދާނެކަމަށާއި، އެ ރަށުގައި މިހާރު ފަށައިފައިވާ އަދި ފަށަންޖެހިފައިވާ މަސައްކަތްތައް ވަރަށް ގާތުން ބައްލަވަމުން ގެންދަވާކަމަށް ރައީސް ވިދާޅުވިއެވެ. އެގޮތުން، އެ ރަށުގެ ސްކޫލު އެޅުމުގެ މަޝްރޫއު ނިންމުމަށްޓަކައި ކުރަންޖެހޭ މަސައްކަތްތައް ހަލުވި ދުވެލީގައި ކުރިއަށް ގެންގޮސް، 3-2 މަސްދުވަސް ތެރޭގައި އެއްވެސް ގޮންޖެހުމެއް ނެތި ނިންމާލެވޭނެކަމަށް ރައީސް ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ، ކެނދިކުޅުދޫގެ ސިއްހީ މަރުކަޒަށް މުވައްޒަފުން އިތުރުކުރުމުގެ މަސައްކަތްތައް ކުރަމުންދާކަމަށާއި، އެކަމަށް ބޭނުންވާ ހުދަވެސް ދެއްވައިފައިވާކަމަށެވެ. އަދި، އެ ސިއްހީ މަރުކަޒު 24 ގަޑިއިރު ހިދުމަތް ދިނުމަށްޓަކައި ބޭނުންވާ މުހިންމު ކަންތައްތަކަށް ސަމާލުކަން ދެއްވާކަމަށްވެސް ރައީސް ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ، އެ ރަށުގެ ސިއްހީ ދާއިރާއިން ދޭ ހިދުމަތަުގެ ފެންވަރު ރަނގަޅުކުރުމަށްޓަކައި، ސިއްހީ މަރުކަޒަށް މުވައްޒަފުން އިތުރުކުރުމުގެ މަސައްކަތްތައް ކުރަމުންދާކަމަށާއި، އެކަމަށް ބޭނުންވާ ހުދަވެސް ދެއްވައިފައިވާކަމަށެވެ. އަދި، އެ ސިއްހީ މަރުކަޒު 24 ގަޑިއިރު ހިދުމަތް ދިނުމަށްޓަކައި ބޭނުންވާ މުހިންމު ކަންތައްތަކަށް ސަމާލުކަން ދެއްވާކަމަށްވެސް ރައީސް ވިދާޅުވިއެވެ. އަދި އެ ރަށުގައި މިވަގުތު އޮތް އެމްބިއުލާންސްގެ ފްލީޓް އިތުރުކުރައްވާނެކަމަށްވެސް ރައީސް ވިދާޅުވިއެވެ.

ރައީސް އިތުރަށް ވިދާޅުވީ، އެ ރަށުގެ ޒުވާނުންނަށާއި އެ ރަށުގައި ކުޅިވަރު ކުޅުމުގައި ޝާމިލުވާ ފަރާތްތަކަށް، އެ ރަށުގެ ކުޅިވަރުގެ ކުޅޭނެ ވަސީލަތްތައް ތަރައްގީކުރުމަށްޓަކައި ފިޓްނަސް ރިކްރިއޭޝަން ސެންޓަރު މި އަހަރު ގާއިމުކުރުމުގެ މަސައްކަތްތައް ކުރައްވާނެކަމަށެވެ. އަދި އެ ރަށުގައި ހަލާކުވެ، ބާވެފައިވާ ފުޓްސަލް ދަނޑު މުސްތަގުބަލުގައި ހަދައި ދެއްވާނެކަމަށެވެ.

 

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: