ޑޮލަރުގެ އަގު އުފުލެމުން ދާތީ އިދިކޮޅު މައި ޕާޓީ މޯލްޑިވްސް ޑިމޮކްރަޓިކް ޕާޓީ(އެމްޑީޕީން) ދައުލަތުގެ މައި ބޭންކުގެ ގަވަނަރާއި ބައްދަލުކުރުމުގެ ފުރުސަތެއް ލިބެންދެން އެމްއެމްއޭގެ ބޭރުގައި އެއްވާނެކަމަށް އެމްޑީޕީން ބުނެފިއެވެ.
ޑޮލަރުގެ އަގު 20.20 ރުފިޔާއަށް އުފުލި، ޑޮލަރު ލިބުން ދަތިވުމުގެ ސަބަބުން ވަނަ ގިނަ ރައްޔިތުންގެ މެދުގައި ވަރަށް ބޮޑު ކަންބޮޑުވުމެއް އުފެދިފައިވާއިރު، ޑޮލަރުގެ އަގު ކުރިޔަށް އޮތް ބޮޑު ޗުއްޓީއާއި ދިމާކޮށް އިތުރަށް އުފުލިގެން ދިއުމުގެ ފުރުސަތު އެބައޮތްކަމަށް ގިނަ ބަޔަކު ދެކެއެވެ.
މި މައްސަލައާއި ގުޅިގެން ރައްޔިތުންގެ މަޖިލީހުގެ ގަލޮޅު އުތުރު ދާއިރާގެ މެމްބަރު އަދި އެމްޑީޕީގެ ޕީޖީ ގްރޫޕުގެ މެމްބަރު މުހައްމަދު އިބްރާހިމް ވަނީ ޖުލައި 16 ވަނަ ދުވަހުގައި، އެމްއެމްއޭގެ ގަވަނަރު މުނައްވަރާއި ބައްދަލުކުރެއްވުމަށް އެދި ސިޓީއެއް ފޮނުވާފައެވެ. މި ބައްދަލުވުން ބޭއްވުމުގައި މައިގަނޑު މަގްސަދަކަށް އެމްޑީޕީއަށްވެފައިވަނީ، ކަޅު ބާޒާރުގައި ޑޮލަރުގެ އަގު މަތިވެގެންދިޔުމާއިއެކު، ރަސްމާލެ ބިން ހިއްކުމުގެ މަޝްރޫއަށް އެމްއެމްއޭގެ ރިސާވް ބޭނުންކުރާކަމަށް ބުނެއެވެ.
އެމްޑީޕީން އެމްއެމްއޭއަށް ފޮނުވި ސިޓީއަށް ޖަވާބެއް ނުލިބުމުން، ކަންބޮޑުވުން ފާޅުކުރުމުގެ ގޮތުން އެމްޑީޕީގެ ޕީޖީ ގްރޫޕުން ވަނީ 2025 ޖުލައި 21 ވަނަ ދުވަހު، އެމްއެމްއޭގެ ބޭރުގައި އެއްވުމެއް ބާއްވައިފައެވެ.
މީގެއިތުރުން، އެމްއެމްއޭގެ ފަރާތުން އެމްޑީޕީގެ ސިޓީއަށް ޖަވާބެއް ނުލިބުން 2025 ޖުލައި 22 ވަނަ ދުވަހުގައިވެސް، ސިލްސިލާ އުސޫލަކުން އެމްއެމްއޭގެ ބޭރުގައި އެއްވުމެއް ބޭއްވިއެވެ.
މި މައްސަލައާއި ގުޅިގެން ކެނދޫ ދާއިރާގެ މެމްބަރު މައުރޫފް ޒާކިރު މަޖިލީހުގައި ވާހަކަދައްކަމުން ވިދާޅުވީ، ޑޮލަރުގެ މައްސަލައިގައި، ގަވަނަރުގެ އެއްވެސް ހިލަމެއް ނެތްކަމަށާއި، މުނައްވަރު މަޖިލީހަށް ހާޒިރުކޮށް ގައުމުގެ މުސްތަގުބަލު އޮތް ހާލަތާއި ގުޅޭގޮތުން ސުވާލު ކުރަން ޖެހޭކަމަށް މައުރޫފް ވިދާޅުވިއެވެ. އަދި މުނައްވަރުގެ އިތުބާރު ނެތްކަމުގެ ވޯޓު ނަގައި މަގާމުން ވަކި ކުރުމަށް މައުރޫފް ގޮވާލެއްވިއެވެ.
މީގެ އިތުރުން މައުރޫފް ވިދާޅުވީ، ގައުމުގެ އިގްތިސާދާއި މެދު އެއްވެސް އޮޅުވާލުމެއް ނެތި، ސަރުކާރުން ރައްޔިތުންނަށް ތެދު މައުލޫމާތު ދޭން ޖެހޭކަމަށެވެ. އަދި، ގައުމުގެ އެތެރޭގައި ހިނގާ ކަންކަމާއި މެދު ސަރުކާރަށް އެއްވެސް މައުލޫމާތެއް ނޭނގޭނަމަ ނުވަތަ ހައްލު ކުރަން ނޭނގޭނަމަ އިސްތިއުފާ ދިނުމަށް ވެސް މައުރޫފް ވަނީ ގޮވާލާފަ އެވެ.
ހަމައެއާއިއެކު، މިކަމާއި ގުޅިގެން، ހުޅުމާލެ ދެކުނު ދާއިރާގެ މެމްބަރު ޑރ. އަހުމަދު ޝަމްހީދު މަޖިލީހުގައި ވާހަކަދައްކަވަމުން ވިދާޅުވީ، ޑޮލަރު އަގު އުފުލިފައިވާ ސަބަބަކީ ކޮބައިކަން ސާފުކޮށް ދިނުމަށް، މައި ބޭންކުގެ ގަވަނަރ މަސައްކަތް ނުކުރައްވަނީ ކީއްވެގެންތޯ ޝަމްހީދު ސުވާލު ކުރެއްވި އެވެ.
މީގެއިތުރުން، ސަރުކާރު މިހާރަށްވުރެ ޒިންމާދާރުވާން ޖެހޭކަމަށާއި، ގައުމަށް ދިމާވެފައިވާ ކޮންމެކަމެއްގައި ވެސް ސައްހަ މައުލޫމާތު ރައްޔިތުންނަށް ހާމަކޮށްދޭން ޖެހޭ ކަމަށެވެ.
ޑޮލަރުގެ ރޭޓު އުފުލިގެންދާއިރު، ދިވެހިރާއްޖޭގެ އިޤްތިޞާދީ ދުވެލި ހަލުވިކުރުމަށްޓަކައި އެޅޭ މުހިންމު ފިޔަވަޅެއް އެޅުމުގެ ގޮތުން އެމްއެމްއޭއިން އިން ވަނީ ވިޔަފާރިތަކަށް ދޫކުރާ ޑޮލަރުގެ އިންސައްތަ 10 ޕަސެންޓް އިތުރުކުރުމަށް ނިންމާފައެވެ. އެގޮތުން، މި ނިންމުމަކީ ކުދި އަދި މެދުފަންތީގެ ވިޔަފާރިތަކަށް ލުއިޔެއް ގެނެސްދިނުމަށްޓަކައި ގެނެވުނު ބަދަލެކެވެ. އެގޮތުން، މި ބަދަލާއިއެކު، 2025 ވަނަ އަހަރުގެ ޖޫން މަހުން ފެށިގެން، ބޭންކުތަކުން އެމްއެމްއޭއަށް މާރުކުރަންޖެހޭ ބޭރު ފައިސާގެ ނިސްބަތް 60 އިންސައްތައިން 90 ޕަސަންޓަށް އިތުރުކުރެވިގެންދާނެއެވެ.

