ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

އެފްޑީސީއިން ތަރައްގީކުރި 4،000 ހައުސިން ޔުނިޓަށް ކުލި ދެއްކުމަށް ސަބްސިޑީ ދޭން ސަރުކާރުން ނިންމައިފި

އެފްޑީސީން އަޅަމުންދާ ފްލެޓުތައް ފޮޓޯ: އެފްޑީސީ
ޝެއާރކޮށްލާ ކަހަލަދޯ؟

ހުޅުމާލޭގެ ދެވަނަ ފިޔަވަހީގައި ފަހި ދިިރިއުޅުން ކޯޕަރޭޝަން (އެފްޑީސީ) އިން ތަރައްގީކޮށްފައިވާ 4،000 ހައުސިން ޔުނިޓު ލިބޭ ފަރާތްތަކަށް އަތް ފޯރާ ފަށުގައި ބޯހިޔާވަހިކަން ފޯރުކޮށްދިނުމާއި، ޔުނިޓްތަކުގެ މަހު ކުލި ދައްކަން ޖެހޭ މުއްދަތުގައި ދެއްކުމަށް ހިތްވަރު ދިނުމުގެ ގޮތުންކަމަށް ބުނެ އެ ޔުނިޓުތަކުގެ ކުލިން ސަބްސިޑީއެއް ދިނުމަށް ސަރުކާރުން ނިންމައިފިއެވެ.

އެފްޑީސީއިން މިކަމާއި ގުޅޭ ގޮތުން މައުލޫމާތު ހިއްސާކޮށް ނެރުން ބަޔާނުގައިވާ ގޮތުން ހައުސިން ޔުނިޓުތަކަށް ސަރުކާރުން ދިނުމަށް ނިންމާފައިވާ ސަބްސިޑީއާއި ނުލައި، މި މަޝްރޫއުގެ ދެ ކޮޓަރީގެ ޔުނިޓަކަށް ދައްކަން ޖެހޭ އަގަކީ 9،000 ރުފިޔާއެވެ. އަދި ތިން ކޮޓަރީގެ ޔުނިޓްތަކަށް ސަބްސިޑީއާއި ނުލާ ޖެހެނީ 13،000 ރުފިޔާކަމަށް އެފްޑީސީއިން މައުލޫމާތުދެއެވެ. އެހެން ނަމަވެސް ސަރުކާރުން ދީފައިވާ ސަބްސިޑީއާއިއެކު ކޮންެ މަހެއްގެ 10 ވަނަ ދުވަހުގެ ކުރިން ކުއްޔާއި މެއިންޓެނަންސް ފީ ދައްކާ ފަރާތްތަކުން ދެ ކޮޓަރީގެ ޔުނިޓުތަކަށް ކުލީގެ ގޮތުގައި ދައްކަން ޖެހެނީ 7،000 ރުފިޔާކަމަށާއި، އަދި ތިން ކޮޓަރީގެ ޔުނިޓުތަކަށް ދައްކަން ޖެހޭ ކުލީ އަދަދަކީ 9،000 ރުފިޔާކަމަށްވެއެވެ.

މި މަޝްރޫއުގެ ދަށުން ދޫކުރާ ހައުސިންގ ޔުނިޓްތަކުގެ މަހު ކުލީގެ ތެރޭގައި ސަރުކާރުގެ ސަބްސިޑީގެ ގޮތުގައި ދިނުމަށް ނިންމާފައިވަނީ ތިން ކޮޓަރީގެ ޔުނިޓަކަށް މަހު 4،000 ރފުިޔާ އަދި ދެ ކޮޓަރީގެ ޔުނިޓަކަށް މަހަކު 2،000 ރުފިޔާއެވެ. މި ލުއިތަކަކީ ރައްޔިތުންނަށް ދިިރިއުޅުމުގެ ހަރަދު ކުޑަކޮށް، ބޯހިޔާވަހިކަން ފަހިކޮށްދިނުމަށް ދެމުންދާ އިސްކަމުގެ ދަށުން އަޅާފައިވާ ފިޔަވަޅެއްކަމަށް އެފްޑީސީ ބުންޏެވެ.

ނަމަވެސް މަހުގެ 10 ވަނަ ދުވަހުގެ ފަހުން ކުލި ދައްކާނަމަ، ސަބްސިޑީގެ ގޮތުގައި ސަރުކާރުން ދޭ ލުއިތަކަށް ބަދަލު އާދެއެވެ.

  •  މަހުގެ 16 ވަނަ ދުވަހުގެ ކުރިން ކުލި ދައްކާ ފަރާތްތަކުން، ދެ ކޮޓަރީގެ ޔުނިޓުތަކށް 7،500 ރުފިޔާ އަދި ތިން ކޮޓަރީގެ ޔުނިޓުތަކަށް 10،000 ރުފިޔާ ދައްކަން ޖެހޭނެ.
  • މަހުގެ 21 ވަނަ ދުވަހުގެ ކުރިން ކުލި ދައްކާ ފަރާތްތަކުން، ދެ ކޮޓަރީގެ ޔުނިޓުތަކަށް 8،000 ރުފިޔާ އަދި ތިން ކޮޓަރީގެ ޔުނިޓުތަކަށް 11،000 ރުފިޔާ ދައްކަން ޖެހޭނެ.
  • މަހުގެ 26 ވަނަ ދުވަހުގެ ކުރިން ކުލި ދައްކާ ފަރާތްތަކުން، ދެ ކޮޓަރީގެ ޔުނިޓުތަކަށް 8،500 ރުފިޔާ އަދި 3 ކޮޓަރީގެ ޔުނިޓުތަކަށް 12،000 ރުފިޔާ ދައްކަން ޖެހޭނެ.
  • މަހުގެ 26 ގެ ފަހުން ކުލި ދައްކާނަމަ، ކުލީގެ ގޮތުގައި ދައްކަން ޖެހޭނީ ސަބްސިޑީގެ މަންފާ ނުހިމަނަވާ މަހު ކުލި.

މީގެ އިތުރުން ދެ ކޮޓަރީގެ ޔުނިޓުތަކަށް 1،000 ރުފިޔާ އަދި ތިން ކޮޓަރީގެ ޔުނިޓުތަކަށް 1،500 ރުފިޔާ، މެއިންޓަނަންސް ފީގެ ގޮތުގައި ނެގުމަށްވެސް ވަނީ ނިންމާފައެވެ. ޔުނިޓުތަކުގެ މެއިންޓެނަންސް ފީއަކީ ހައުސިން ޔުނިޓް ހިމެނޭ ޓަވަރުތަކުގެ ފެންވަރު، ބޭނުންކުރެވޭނެ ހަލާތެއްގައި ދިގު މުއްދަތަކަށް ދެމެހެއްޓުމަށްޓަކައި ޓަވަރުތަކުގެ އެތެރެއާއި ބޭރު އަދި އާންމު ސަރަހައްދުތަކާއި މުޅި ޓަވަރުގެ މެއިންޓަންންސް ބެލެހެއްޓުމަށް ނަގާ ފީއެއްކަމަށް މައުލޫމާތު ދީފައިވެއެވެ.

ޔުނިޓުތައް ލިބޭ ފަރާތްތަކާއިއެކު އެއްބަސްވުމުގައި ސޮއިކޮށް، ޔުނިޓްތައް ހަވާލކުރުމުގެ ކުރިން އެއް ފަހަރު ދައްކަން ޖެހޭ ސެކިއުރިޓީ ޑިޕޮސިޓެއް ނެގުމަށްވެސް ވަނީ ނިންމާފައެވެ. އެގޮތުން ދެ ކޮޓަރީގެ ޔުނިޓަކަށް 15،000 ރުފިޔާ އަދި ތިން ކޮޓަރީގެ ޔުނިޓަކަށް 25،000 ރުފިޔާ ނަގާނެއެވެ. ޔުނިޓު ލިބޭ ފަރާތުން އެއްބަސްވުމުގައި ސޮއިކުރުމާއިއެކު، ސެކިއުރިޓީ ޑިޕޮސިޓްގެ އިންވޮއިސްއެއް އެފްޑީސީގެ ޕޯޓަލް މެދުވެރިކޮށް ފޮނުވާނެއެވެ. އަދި ތަޅުދަނޑި ހަވާލުކުރާނީ ސެކިއުރިޓީ ޑިޕޮސިޓަށްވާ ފައިސާ ޕޯޓަލް މެދުވެރިކޮށް ދެއްކުމުންކަމަށް އެފްޑީސީ ބުންޏެވެ.

އެފްޑީސީއިން ތަރައްގީކޮށްފައިވާ މިހައުސިންގ ޔުނިޓުތައް ދޫކުރުމުގައި ކުއްޔަށް ހިފާ ފަރާތާއި އެފްޑީސީއާއި ދެމެދުވާ އެއްބަސްވުމަކީ އިސްލާމީ ޝަރީއާގެ އުސޫލުތަކާއި އެއްގޮތަށް އެކުލަވާލާފައިވާ އެއްބަސްވުމެއްކަމަށް އެފްޑީސީ އިން ބުންޏެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: