ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ކްރިމިނަލް އަދި ޑްރަގް ކޯޓުގެ ވަގުތީ އިމާރާތް އަންނަ ހަފްތާގައި ހުޅުވަނީ!

ކްރިމިނަލް އަދި ޑްރަގް ކޯޓު އިމާރާތް
ޝެއާރކޮށްލާ ކަހަލަދޯ؟

ހުޅުމާލޭގައި ގާއިމުކުރާ ކްރިމިނަލް އަދި ޑްރަގް ކޯޓު އިމާރާތް ހުޅުވުމުގެ އެންމެ ފަހުގެ މަސައްކަތްތައް ކުރިއަށްދާއިރު، އަންނަ ހަފްތާގައި ކޯޓު އިމާރަތް ހުޅުވުމަށް ތައްޔާރުވަމުންދާކަމަށް ޑިޕާޓްމަންޓް އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަން (ޑީޖޭއޭ) އިން ބުނެފިއެވެ.

ކޯޓުގެ އައު އިމާރަތް ހުޅުވުމުގެ އެންމެ ފަހުގެ މަސައްކަތްތައް މިހާރު ކުރިއަށްދާއިރު، ކްރިމިނަލް ކޯޓުންވެސް ވަނީ އެކަން އިއުލާނުކޮށް ބައެއް ޚިދުމަތްތަކަށް ވަގުތީ ގޮތުން ބަދަލު ގެނެސްފައެވެ.

ޑީޖޭއޭއިން މައުލޫމާތު ދޭ ގޮތުގައި އަންނަ ހަފްތާގައި ކޯޓު އިމާރަތް ހުޅުވުމަށްޓަކައި ކަމާގުޅުންހުރި އިދާރާތަކުން ގެންދަނީ މަސައްކަތް ކުރަމުންނެވެ. އެގޮތުން މި އިމާރާތަކީ ހުޅުމާލޭގައި ތަރައްގީ ކުރަން ހަމަޖެހިފައިވާ ސުޕީރިއަރ ކޯޓު ކޮމްޕްލެކްސް އިމާރާތް ކުރެވެންދެން ކޯޓުތަކުގެ ޖާގައިގެ ދަތިކަމަށް، ވަގުތީ ހަލެއް ހޯދުމަށް ތައްޔާރު ކުރަމުންދާ އިމާރާތެކެވެ.

ދިވެހިރާއްޖޭގެ ޖިނާއީ ޢަދުލުގެ ނިޒާމަށް ދިމާވެފައިވާ އެންމެ ބޮޑު އެއް ގޮންޖެހުމަކީ، މައްސަލަތަކުގެ އަޑުއެހުންތައް ލަސްވެ، ހުކުމަކާ ހަމައަށް ވާސިލުނުވެ ދިގުލައިގެން ދިއުމެވެ.

އެކަމަށް ރިޔާސީ ބަޔާނުގައި އަލިއަޅުއްވާލައްވައި ރައީސް މުއިއްޒު ވަނީ ،ކޯޓުތަކަށް ދިމާވެފައި އޮތް ޖާގައިގެ ދަތިކަމަށް ހައްލު ހޯއްދަވައިދެއްވުމުގެ ގޮތުން، ހުޅުމާލޭގައި ސުޕީރިއަރ ކޯޓު ކޮމްޕްލެކްސް އެޅުމުގެ މަސައްކަތް، މިއަހަރު ފައްޓަވާނެ ކަމުގައި ވިދާޅުވެފަ އެވެ.

ދަޢުލަތުގެ ތިންބާރުގެ ތެރެއިން އެއްބާރުކަމުގައިވާ ޝަރުޢީ ދާއިރާއަކީ، ރައްޔިތުން އިތުބާރުކުރާ ދާއިރާއަކަށް ހެދުމަށްޓަކައި ގާނޫނުތަކަށް ގެންނަންޖެހޭ ބަދަލުތައް ގެނައުމުގެ މަސައްކަތް ވެސް ސަރުކާރުން ދަނީ ކުރަމުންނެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: