ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

އީޒެޕް އެޕްލިކޭޝަން ބޭނުންކުރާ ކަސްޓަމަރުންނަށް އުމްރާ ދަތުރު ލިބިގެންދާ ޕްރޮމޯޝަނެއް ފަށައިފި!

ފޮޓޯ: އީޒްއެޕް
ޝެއާރކޮށްލާ ކަހަލަދޯ؟

އީޒެޕް އެޕްލިކޭޝަން ބޭނުންކުރާ ކަސްޓަމަރުންނަށް އުމްރާ ދަތުރު ލިބިގެންދާޏެ ޕްރޮމޯޝަނެއް ފަށައިފިއެވެ.

މި ޕްރޮމޯޝަން ކުރިއަށް ގެންދިޔުމަށް މަގުފަހިވެގެންދިޔައީ، ރާއްޖޭގެ އެންމެ ފުރަތަމަ ”އޯލް-އިން-އަން“ ސުޕާ އެޕްލިކޭޝަންއާއި ގިބްލަ ހައްޖު އެންޑު އުމްރާ ގްރޫޕާއެކު އެއްބަސްވުމެއްގައި ސޮއިކުރުމުންނެވެ.

މި އެއްބަސްވުމުގެ ދަށުން، އީޒެޕް އެޕްލިކޭޝަން ބޭނުންކުރާ ޑްރައިވަރުންނާއި ކަސްޓަމަރުންނަށް ހިލޭ އުމްރާ ދަތުރެއް ލިބިގެންދާ ޕްރޮމޯޝަނެއް ކުރިއަށް ދާނެއެވެ. އެގޮތުން، މި އެއްބަސްވުމާއިއެކު ގިބްލައިން ދޭ ޕްރިމިއަމް އުމްރާ ދަތުރު ހޯދުމުގެ ފުރުސަތު އީޒެޕުގެ ޑްރައިވަރުންނަށާއި ކަސްޓަމަރުންނަށް ލިބިގެންދާނެއެވެ.

މިކަމާއި ގުޅޭގޮތުން އީޒެޕުން ބުނެފައިވަނީ، މި ޕްރޮމޯޝަނުގެ ދަށުން އީޒެޕްގެ ކާރާއި ޕިކަޕު އަދި ސައިކަލު ޑްރައިވަރުންނަށް އަންނަ އޮކްޓޯބަރ މަހުގެ 30 ވަނަ ދުވަހުގެ ނިޔަލަށް ނަގާ ކޮންމެ ދަތުރަކުންވެސް އުމްރާ ދަތުރެއް ހޯދުމުގެ ފުރުސަތު ވަނީ ހުޅުވާލައިފައެވެ.

މީގެއިތުރުން، އުމްރާ ދަތުރު ލިބޭ ފަރާތްތައް ވަނީ އެކި ކެޓެގަރީއަކަށް ބަހާާލެވިފައެވެ. އޭގެ ތެރޭގައި، ކަސްޓަމަރު ކެޓެގަރީ، ސައިކަލު ކެޓެގަރީ އަދި ކާރު/ޕިކަޕު ކެޓެގަރީ ހިމެނެއެވެ.

އީޒެޕަކީ، ދަތުރުފަތުރު ކުރުމަށްޓަކައި ޓެކްސީގެ ހިދުމަތް ލިބިގެންދާ އެޕްލިކޭޝަނަކަށްވާއިރު، މި އެޕްލިކޭޝަންގެ ތެރޭގައި ހިމެނޭ ފިހާރަތަކާއި ރެސްޓޯރަންޓްތަކުން ޑެލިވަރކޮށްދޭ، ޕަބްލިކް ޑްރައިވަރުންނަށްވެސް، މި ޕްރޮމޯޝަންގެ ކެޓެގަރީގައި ހިމެނޭ ”ސައިކަލު ކެޓެެގަރީ“ގައި ބައިވެރިވުމުގެ ފުރުސަތު ލިބިގެންދާނެއެވެ.

މި ޕްރޮމޯޝަން ފަރުމާކޮށްފައިވާ ގޮތަށް ބަލާއިރު، އުމްރާ ދަތުރު ލިބުމުގެ ފުރުސަތު އެންމެ ބޮޑުވެގެންވާނީ، އީޒެޕް ބޭނުންކުރާ ކަސްޓަމަރުންގެ ތެރޭގައި ހިމެނޭ، ޑްރައިވަރުންނާއި ދަތުރުވެރިންގެ ތެރެއިން، އެންމެ ގިނައިން ދަތުރު ނަގާ އަދި ދަތުރު ނަގާ ކަސްޓަމަރުންނަށެވެ. އަދި، އުމްރާ ދަތުރު ލިބޭ ކަސްޓަމަރެއް ހޮވޭގޮތައް ބަލާއިރުގަ، ކާރާއި ޕިކަޕް އަދި ސައިކަލުގައި، އީޒެޕުން ކަނޑައަޅައިފައިވާ މުއްދަތުގެ ތެރޭގައި އެންމެ ގިނައިން ދަތުރުކުރި ފަރާތްތަކުގެ ދަތުރުތައް ޖަމާކޮށް، އެއްކޮށްލުމަށްފަހު ނެގޭ ގުރުއަތަކުން، އުމްރާ ދަތުރު ލިބޭ ނަސީބުވެރި ފަރާތް ހޮވިގެންދާނެއެވެ.

އެހެންކަމުން، މި ޕްރޮމޯޝަނުގެ ދަށުން ނަސީބުވެރި ފަރާތްތައް އުމްރާގެ އަޅުކަން އަދާކުރުމަށް ދަތުރުކުރާނީ ގިބްލަ ގްރޫޕާއެކުއެވެ.

އީޒްއެޕަކީ، ދިވެހިރާއްޖޭގެ އެންމެ ފުރަތަމަ އެއް ތަނަކަށް ޖަމާކޮށް، ގިނަ އަދަދެއްގެ ހިދުމަތް ލިބިގެންދާ އެޕްލިކޭޝަނެކެވެ. އެގޮތުން، މި އެޕްލިކޭޝަންގެ ޒަރިއްޔާއިން، ރެސްޓޯރެންޓުތަކުން ކާބޯތަކެއްޗާއި ގޭޭބީސީތަކަށް ކާބޯތަކެތި ތައްޔާރުކުރުމަށް ބޭނުންވާ ތަކެއްޗާއި، ދަތުރުފަތުރުކުރުމަށްޓަކައި އޮންލައިން ޓެކްސީ ހިދުމަތްވެސް ލިބިގެންދާނެއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: