ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ޕޮލިސް މެމޯރިއަލްޑޭ ފާހަގަކޮށްފި

ފުލުހުން
ޝެއާރކޮށްލާ ކަހަލަދޯ؟

ކޮންމެ އަހަރަކުވެސް ދިވެހި ފުލުހުންގެ ޚިދުމަތުން ފާހަގަކުރާ ޕޮލިސް މެމޯރިއަލް ޑޭ ބުދަ ދުވަހު ފާހަގަކޮށްފިއެވެ.

މި ދުވަސް ފާހަގަކުރަނީ ދިވެހި ފުލުހުންގެ ތެރެއިން ޑިއުޓީގައި ނިޔާވާ ނުވަތަ ދެކޮޅުވެރި ހަމަލާއެއްގެ ސަބަބުން ޝަހީދުވާ ފުލުހުންގެ ހަނދާން އައު ކުރުމުގެ ގޮތުންނެވެ.

ޕޮލިސް މެމޯރިއަލް ޑޭ ރަސްމީކޮށް ފާހަގަކުރަނީ 2013 ވަނަ އަހަރުގެ ޖޫން މަހުގެ 16 ވަނަ ދުވަހުން ފެށިގެން އަމަލުކުރަން ފެށި ޕޮލިސް މެމޯރިއަލް ޑޭ އޯޑަރުގެ ދަށުންނެވެ.

ޕޮލިސް މެމޯރިއަލް ޑޭ އެންމެ ފުރަތަމަ ފާހަގަކުރަން ފެށީ ފުލުހުންގެ ޝަރަފުވެރި ޔުނީފޯމުގައި ރަސްމީ ޑިއުޓީގައި ހުއްޓައި ދިން ނުރައްކާތެރި ޙަމަލާއެއްގައި 2012 ވަނަ އަހަރު ޖުލައި މަހުގެ 23 ވަނަ ދުވަހު ދުނިޔެ ދޫކުރެއްވި، ޝަހީދު ޕޮލިސް ސާޖަންޓް އާދަމް ޙަލީމުގެ ހަނދާނުގައެވެ.

އާދަމް ޙަލީމް ޝަހީދުވެފައިވަނީ އޭނާގެ ރަށް، ކ. ކާށިދޫގައި ރަސްމީ ޑިއުޓީގައި ހުއްޓާ ގޭ ބަންދުގައި ހުރި މީހަކު ބަންދުން އަމިއްލައަށް ވީއްލިގެން އުޅެނިކޮށް، ޤާނޫނުގައިވާ ގޮތުގެމަތިން ގޭ ބަންދުގައި ހުންނަން އޭނާއަށް އެންގުމުން އުފެދުނު ހިތްހަމަނުޖެހުމުގައި އޭނާ ދިން ހަމަލާއަކުންނެވެ.

ފުލުހުންގެ މެމޯރިއަލް ދުވަސް ނިސްބަތްވަނީ ޝަހީދު ޕޮލިސް ސަރޖަންޓް އާދަމް ޙަލީމް މި ފަނާކުރަނިވި ދުނިޔެއާ ވަކިވި ހާދިސާއަށެވެ. މިއީ ފުލުހުންގެ މަސައްކަތުގެ ނުރައްކާތެރިކަމާއި ފުލުހުން ކޮންމެ ދުވަހަކު ކުރިމަތިލާންޖެހޭ ގޮންޖެހުންތަކުގެ ނުރައްކާތެރިކަން ހާމަކޮށްދޭ ހާދިސާއެކެވެ. ޝަހީދު އާދަމް ޙަލީމުގެ ޤުރުބާނީއަކީ ފުލުހުންގެ ވާޖިބު އަދާކުރުމުގައި ދެއްކި މަތިވެރި ނަމޫނާއެކެވެ.

ދިވެހި ފުލުހުންގެ މެމޯރިއަލް ދުވަސް މިދުވަހާ ގުޅިގެން ފާހަގަކުރާގޮތަށް ސަރުކާރުން ހަމަޖެއްސެވީ އާދަމް ޙަލީމް ޝަހީދުވި ހާދިސާއަކީ ފުލުހުން ރާއްޖޭގައި އުފެދި ޚިދުމަތްކުރަންފެށި ފަހުން ދެކޮޅުވެރި ހަމަލާއެއްގައި ފުލުހަކު ޝަހީދުވި ފުރަތަމަ ހާދިސާކަމަށް ވާތީއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: