މިސްރުގެ ގައުމީ ދުވަހުގެ މުނާސަބަތުގައި ރާއްޖޭގެ ހާރިޖީ ވަޒީރު ޑރ. އަބްދުﷲ ހަލީލު ތަހުނިޔާގެ މެސެޖެއް ފޮނުއްވައިފިއެވެ.
މިނިސްޓަރުގެ މެސެޖުގައި، މިސްރުގެ ގައުމީ ދުވަހުގެ މުނާސަބަތުގައި، އެ ގައުމުގެ ހާރިޖީ ވަޒީރު ބަދުރު އަބްދެއްލަޓީއަށާއި އަހުވަންތައް ރައްޔިތުންނަށް ހޫނު ތަހުނިޔާއެއް އަރިސްކުރައްވާކަމަށެވެ.
މީގެއިތުރުން، ދިވެހިރާއްޖެއާއި މިސްރުން މިވަގުތުގައި ބަލައިގަންނަމުން އަންނަ އަސާސްތައް މުސްތަގުބަލުގައި އެގޮތުގެ މަތީގައި ދެމިއޮވެ، އެ އަސާސްތަކަކީ ދެ ގައުމުގެ ދެމެދުގައި އޮތް ގާތް ރަހްމަތްތެރިކަމާއި އެއްބާރުލުމަށް މަގުގޮށައިދޭ އެއްޗަކަށްވުމަށް އެދޭކަމަށެވެ.
މިނިސްޓަރުގެ މެސެޖުގައި އިތުރަށް ވިދާޅުވީ، މިސްރުގެ ރައްޔިތުންނަށް އަމާން، ފާގަތި އަދި ފުދުންތެރި ދުވަސްތަކަކަށް އެދޭކަމަށެވެ.
ދިވެހިރާއްޖެއާއި މިސްރުގެ ދެމެދުގައި ރަސްމީކޮށް، ޑިޕްލޮމެޓިކް ގުޅުންތައް އެންމެ ފުރަތަމަ ގާއިމުކުރެވުނީ، 1969 ވަނަ އަހަރުގައެވެ. މި ދުވަސްވީ ގުޅުމުގެ ތެރެއިން ދެ ގައުމުގެ ދެމެދުގައި ތައުލީމާއި، ވިޔަފާރިއާއި، ފަތުރުވެރިކަމުގެ އިތުރުން އިސްލާމް ދީނާއި ގުޅުން ހުރި ދާއިރާތަކުގެ އެއްބާރުލުން ދީފައިވާކަން ފާހަގަކޮށްލެވެއެވެ.

