އިސްރައީލުން ޢައްޒާއަށް ދެމުންދާ ލާއިންސާނީ އަމަލުތައް ދިވެހިރާއްޖެއިން ހަރުކަށި އިބާރާތުން ކުއްވެރިކުރާކަމަށް ދިވެހިރާއްޖޭގެ ޙާރިޖީ ވަޒީރު ޑރ. އަބްދުﷲ ހަލީލު ވިދާޅުވެއްޖެއެވެ.
އެމަނިކުފާނު މިފަދައިން ވިދާޅުވީ އެމަނިކުފާނުގެ އޮފިޝަލް އެކްސް އެކައުންޓުގައި ކުރެއްވި ޕޯސްޓެއްގައެވެ.
މިނިސްޓަރު ކުރެއްވި ޕޯސްޓުގައި ވިދާޅުވީ، ޣައްޒާ ކުރިމަތިލަމުންދާ ދަތި ހާލަތް އިތުރަށް ގޯސްވަމުންދާއިރު، ގަބޫލުކުރަން ދަތި ވޭންތައް ޣައްޒާގެ ރައްޔިތުން އުފުލަން ޖެހިފައިވާކަމަށެވެ. އަދި، އިސްރައީލުން ޣައްޒާއަށް ދެމުންދާ ލާއިންސާނީ އަމަލުތަކާއި، ޣައްޒާއަށް ދޭ އެހީތަކަށް ހުރަސްއެޅުމުގެ އަމަލުތަކާއި، އިސްރައިލުގެ ސިފައިނުން ޣައްޒާގެ ކުށެއް ނެތް ރައްޔިތުން ކާބޯތަކެތި ހޯދުމަށް މަސައްކަތްކުރާއިރު، އެ ރައްޔިތުންނަށް ހަމަލާދިނުމަށް ދިވެހިރާއްޖެއިން ހަރުކަށި އިބާރާތުން ކުއްވެރިކުރާކަމަށެވެ.
މިނިސްޓަރު ވިދާޅުވީ، އިސްރާއިލުން ކުރަމުންދާ ލާއިންސާނީ އަމަލުތަކަކީ، އެއްވެސް ހުދޫދުން ބޭރު އަދި އެއްވެސް ހާލެއްގައި އިންސާފުވެރި އަމަލުތަކެއް ނޫންކަމަށެވެ.
މިނިސްޓަރު ވިދާޅުވީ، ތަކުރާރުކޮށް، ބައިނަލްއަގްވާމީ އިންސާނިއްޔަތުގެ ގާނޫނުތަކާއި ހިލާފަށް އިސްރާއިލުން ކުރަމުންދާ ލާއިންސާނީ އަމަލުތަކަށް، ބައިނަލްއަގުވާމީ މުޖުތަމައުން އެންމެ އެކަށީގެންވާ ފިޔަވަޅެއް އެޅުމަށް ތަކުރާރުކޮށް ގޮވާލާކަމަށެވެ. އަދި އިސްރާއިލުގެ އަމަލުތައް ހުރި ގޮތުން، ޣައްޒާއަށް ކުރިމަތިވެފައިވާ ކާރިސާގެ މުއްދަތު ދިގުދަމައިގަނެ، ޣައްޒާގެ ސަރަހައްދުގައި އިންސާފުވެރި އަދި ދެމިއޮންނަ ސުލްހައެއް ހޯދުމަށް ސަރަހައްދީ އަދި ބައިނަލްއަގްވާމީ މަސައްކަތްތައްކަށް ބުރޫއަރާކަމެއް ކަމަށެވެ.
މީގެއިތުރުން، 21 ޖުލައި 2025 ވަނަ ދުވަހުގައި 28 ގައުމުގެ ޙަރިޖީ ވަޒީރުން ހިމެނޭހެން ދީފައިވާ ޖޮއިންޓް ސްޓޭޓްމެންޓާއި ދިވެހިރާާއްޖެއިން އެއްބާރުލުންދޭކަމަށާއި ޣައްޒާއިން ތަހައްމަލުކުރަމުންދާ ދަތިހާލަށް އެހީދޭ ހުރިހާ ފަރާތްތަކަށްވެސް ރާއްޖެއިން ތަކުރާރުކޮށް އެއްބާރުލުންދޭކަމަށްވެސް މިނިސްޓަރު ވިދާޅުވިއެވެ.

