ދިވެހިރާއްޖޭގެ މިނިވަންކަމަށް 60 އަހަރު ފުރޭ ދުވަހުގެ މުނާސަބަތުގައި ސަރުކާރު ބަންދުވާ ދުވަސްތަކުގައި ޕާސްޕޯޓުގެ ހިދުމަތްތައް ލިބޭނެހެން ހާއްސަ ގަޑިތަކެއް އިމިގްރޭޝަނުން ހަމަޖައްސައިފިއެވެ.
މިިކަމާއި ގުޅިގެން އިމިގްރޭޝަނުން ވަނީ އިއުލާނެއް ނެރެފައެވެ. އަދި އެ އިއުލާނުގައި ވާގޮތުން، 2025 ޖުލައި 26 ވާ ރާއްޖޭގެ މިނިވަން ދުވަހުގައި ޕާސްޕޯޓަށް އެދި ހުށަހެޅުމަށް ބޭނުންފުޅުވާ ފަރާތްތަކުން، އިމިގްރޭޝަނުގެ ”އިމުގާ ޕޯޓަލް މެދުވެރިކޮށް، 24 ގަޑިއިރުގެ ހިދުމަތް ލިބިގެންދާއިރު 65 އަހަރުން މަތީގެ ފަރާތްތަކަށް އަދި އިމަަރޖެންސީ ހާލަތްތަކުގައި އިމިގްރޭޝަނުގެ އޮފީހަށް ހާޒިރުވެ ޕާސްޕޯޓަށް އެދި އެޮންލައިކޮށް ހަށަހަޅަންޖެހޭ ހާލަތެއްގައި ހެނދުނު 9:00 އިން 12:00އަށް އެ ހިދުމަތް ލިބިގެންދާނެކަމަށް އިމިގްރޭޝަނުން ބުނިއެވެ.
މީގެއިތުރުން، ޕާސްޕޯޓާއި ހަވާލުވުމުގެ ގޮތުން ނަންބަރު ދޫކުރަން ހަމަޖެހިފައިވާ ވަގުތަކީވެސް ހެނދުނު 9:00 އިން 12:00 ޖެހުމާއި ހަމަޔަށެވެ.
ހަމައެއާއިއެކު، ސަރުކާރު ބަންދުވާ ޖުލައި 27 އަދި 28 ވަނަ ދުވަހުގައިވެސް، ޕާސްޕޯޓަށް އެދި ހުށަހެޅުމަށް ބޭނުންފުޅުވާ ފަރާތްތަކުން، އިމިގްރޭޝަނުގެ ”އިމުގާ ޕޯޓަލް މެދުވެރިކޮށް، 24 ގަޑިއިރުގެ ހިދުމަތް ލިބިގެންދާނެއެވެ. އަދި އުމުރުން ދުވަސްވީ ފަރާތްތައް އަދި އިމަރޖެންސީ ހާލަތްތަކުގައި އިމިގްރޭޝަނަށް ހާޒިރުވެ ޕާސްޕޯޓަށް އެދި އޮންލައިންކޮށް ހުށަހަޅަން، ހެނދުނު 08:30 އިން މެންދުރު 14:00އަށް އެ ފަރާތްތަކަށް އެ ހިދުމަތް ލިބިގަތުމުގެ ފުރުސަތު ލިބިގެންދާއިރު، މި ދެ ދުވަހުގައި ޕާސްޕޯޓާއި ހަވާލުވުމަށްވެސް ނަންބަރު ދޫކުރެވުމަށް ހަމަޖެހިފައިވަނީ 08:30 އިން މެންދުރު 14:00 ޖެހުމާއި ހަމަޔަށެވެ.
އިމިގްރޭޝަނުން އިތުރަށް ވިދާޅުވީ، މެޑިކަލް އިމާޖެންސީއެއް ކުރިމަތިވެއްޖެ ހާލަތެއްގައި، އިމިގްރޭޝަނުގެ ނަންބަރު 9555333އަށް ގުޅާލެއްވުމަށް ވަނީ އެދިފައެވެ. އަދި ސަރުކާރު ބަންދުވާ 3 ދުވަސްތަކުގައި ޕާސްޕޯޓާއި ގުޅޭ ހިދުމަތްތައް ލިބޭނީ މާލެ ސަރަހައްދުގައި ގާއިމުވެ ހުންނަ އިމިގްރޭޝަނުގެ އޮފީސްތަކުންނެވެ.ް

