ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ދިވެހިންނަކީ ވަކި ބައެއްކަން ބުނެދެނީ ތާރީހާއި ސަގާފަތާއި ބަހުން: އަލާ ދީދީ

ތާރީހީ އިލްމުވެރިޔާ އަހުމަދު އަލާ ދީދީ: ފޮޓޯ/ ސަންގު
ޝެއާރކޮށްލާ ކަހަލަދޯ؟

ދިވެހިންނަކީ ވަކި ބައެއްކަން ބުނެދެނީ ތާރީހާއި ސަގާފަތާއި ބަހުންކަމަށާއި އެ ނޫން ގޮތަކަށް އެއްވެސް ބަޔަކަށް ދިވެހިންނަކީ ވަކި ބައެއްކަން ބުނެ ނުދެވޭނެކަމަށް ތާރީހީ އިލްމުވެރިޔާ އަހުމަދު އަލާ ދީދީ ވިދާޅުވެއްޖެއެވެ.

މިނިވަން ދުވަހުގެ މުނާސަބާގައި ސަންގުޓީވީއަށް ދެއްވި ހާއްސަ އިންޓަރވިއުއެއްގައި އަލާ ދީދީ ވިދާޅުވީ، ރާއްޖޭގެ މިނިވަންކަމަށް އެތައް މާނަައެއްގައި އެތައް ގޮތެއްގެމަތިން ހަމަލާތައް އަމާޒުވެފައިވާކަމަށް ދެކިވަޑައިގަންނަވާކަމަށެވެ. އަދި ދިވެހިން މިނިވަންވެފައިވަނީ ކުރި ސޮއެއް ނުވަތަ ބުނެލި ބަހެއްގެ ސަބަބުން ނޫންކަމަށާއި ވަކި ބައެއްގެ ގޮތުގައި ގުނިގެންދަނީ ގައިގެ ހަމުގެ ކުލައިންވެސް ނޫންކަމަށް ހިއްސާކުރެއްވިއެވެ.

ދިވެހި ބަސް ދިވެހިންގެ ތެރޭގައި ބޭނުންކުރެވެމުންދާ ގޮތާއިމެދު ސުވާލު އުފައްދަވައި އަލާ ވިދާޅުވީ، ރަސްމީ ކަންކަމާއި ނުރަސްމީ މައިދާންތަކުގެ އިތުރުން ސޯޝަލްމީޑިއާގައިވެސް މައިގަނޑު ގޮތެއްގައި ބޭނުންކުރެވެމުންދަނީ އިނގިރޭސި ބަސްކަމަށެވެ. މިގޮތުން ސަރުކާރުގެ މުއައްސަސާތަކުގެ އިތުރުން އެހެނިހެން އެފަދަ އޮފީސްތަކުން ދިވެހިންނަށް އަމާޒުކޮށް އާންމުކުރާ ރަސްމީ ލިޔުންތައް ނެރެމުންދަނީ އިނގިރޭސި ބަހުންކަމަށް ފާހަގަކުރެއްވިއެވެ. އަދި އެއީ މިނިވަންކަން ގެއްލި އަމިއްލަވަންތަކަން ނެތިދިއުންކަމަށާއި ސަގާފީ ގޮތުންނާއި އިސްލާމީ ގައުމެއްކަން ދެއްކުމުގެ ގޮތުން ނަމަވެސް އެފަދަ ފޭރާމެއް އަޅައިގެން ހުރިތަން ޓީވީއަކުންވެސް ފެނިގެން ނުދާކަމަށް ހިއްސާޚުރެއްވިއެވެ.

އަލާ ވިދާޅުވީ، އެހެން ގައުމުތަކަށް ނިސްބަތްވާކަމަށް ފެނިގެންދާ ފޭރާން ފެނިގެންދާކަމަށާއި އެއީ މިނިވަންކަން ގެއްލިގެންދިއުންކަމަށެވެ. އެހެންކަމުން މިނިވަންކަން ސަލާމަތްކުރާނަމަ ދިމާވެފައިވާ ”އައިޑެންޓިޓީ ކްރައިސިސް“ ނުވަތަ ނަފްސުގެ ހަގީގަތް އޮޅިފައިވުމުގެ މައްސަލައިން އަރައިގަންނަން ޖެހޭކަމަށާއި އެނޫން ހާލަތެއްގައި ދިވެހިންނަކީ ވަކި ބައެއްކަން އެއްވެސް ބަޔަކަށް ނުބުނެދެވޭނެކަމަށެވެ. ވަކި ބައެއްކަން ބުނެދެވޭނީ ތާރީހާއި ސަގާފަތާއި ބަހުންކަމަށް ވިދާޅުވިއެވެ.

އޭނާ ވިދާޅުވީ، މިނިވަންކަމަކީ އަޅުވެތިކަމުގެ އިދިކޮޅުކަމަށެވެ. އެހެންކަމުން އެކަން ދެމެހެއްޓުމަށްޓަކައި ދިމާވެފައިވާ އައިޑެންޓީޓީ ކްރައިސިސް އިން އަރައިގަންނަންޖެހޭކަމަށެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 100%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: