ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

އައު ޑަޔަލިސިސް ސެންޓަރާއިއެކު ކިއުގައި ޖެހުން ނިމުމަކަށް އަންނާނެ: ހަލީމް

ސީއީއޯ ހަލީމް: ފޮޓޯ/ ސޯޝަލްމީޑިއާ
ޝެއާރކޮށްލާ ކަހަލަދޯ؟

އަލަށް ހުޅުވިފައިވާ ޑަޔަލިސިސް ސެންޓަރުގެ ސަބަބުން ހިދުމަތް ލިބިގަތުމަށްޓަކައި ކިއުގައި ޖެހިގެން ތިބެން ޖެހުން ނިމުމަކަށް އަންނާނެކަމަށް މާލެ ގްރޫޕް އޮފް ހޮސްޕިޓަލްސްގެ ސީއީއޯ އިބްރާހިމް އަބްދުލް ރައްޒާގް ހަލީމް ވިދާޅުވެއްޖެއެވެ.

ހުޅުމާލޭގެ ޑަޔަލިސިސް ސެންޓަރު ހުޅުވުމުގެ ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން ހަލީމް ވިދާޅުވީ، މި ސެންޓަރުގެ ސަބަބުން ހިދުމަތްތައް 30 އެނދަށް ފުޅާކުރެވި ޒަމާނީ ފެންވަރުގައި ކްރިޓިކަލް ހާލަތެއް ދިމާވެއްޖެނަމަ ހިދުމަތް ދިނުމަށް އިތުރު ދެ އެނދުވެސް ހުންނާނެކަމަށެވެ. އަދި ގައިން ގަޔަށް އަރާ ބަލިތަކުގެ ކޭސްތަކާއި ގުޅިގެން އައިސޮލޭޓްކުރަންޖެހޭ ހާލަތުގައި އެކަންވެސް މިތަނުގައި ކުރެވޭނެ އިންތިޒާމު ހަމަޖެހިފައިވާކަމަށް މައުލޫމާތު ދެއްވިއެވެ.

ހަލީމް ވިދާޅުވީ، މި ތަނުގައި ދެ ދަންފަޅިއަށް ހިދުމަތް ފޯރުކޮށްދިނުމަށް ކަނޑައެޅިފައިވާއިރު ދުވާލެއްގެ މައްޗަށް 150 ޕޭޝަންޓުންނާއި ގާތްކުރާ މިންވަރަށް ހިދުމަތް ދިނުމުގެ ގާބިލުކަން ހުންނާނެކަމަށެވެ. އެހެންކަމުން ހުޅުމާލެއާއި މާލޭގައި ޑަޔަލިސިސްގެ ހިދުމަތް ބޭނުންވެގެން ކިއުއެއްގައި މަޑުކުރަން އެއްވެސް ބޭފުޅަކަށް ޖެހިވަޑައިނުގަންނަވާނެކަމަށާއި އެކަމަށްޓަކައި ރައީސް ޑރ މުހައްމަދު މުއިއްޒުއަށް މުއައްޒަފުންނާއި ދިވެހި ރައްޔިތުންގެ ނަމުގައި ޝުކުރު ދަންނަވާކަމަށެވެ.

އޭނާ ވިދާޅުވީ، ޑަޔަލިސިސް ސެންޓަރު ގާއިމުކުރެވިފައިވަނީ ގުޅިގެން ހިންގުމަށް ހުޅުވާލި ފުރުސަތުގެ ތެރެއިން ބީލަން ހުށައެޅި ފަރާތްތަކުގެ ތެރެއިން ޝޯޓްލިސްޓު ކުރުމުގެ މަސައްކަތްތައް ނިންމުމަށްފަހުކަމަށެވެ. އެހެންކަމުން މެޑްޓެކް މޯލްޑިވްސް އަދި މެޑިކޮމް ޕްރައިވެޓް ލިމިޓެޑްގެ އިސްވެރިންނަށް މިކަން ފަހިކުރުމުގައި އަދާކުރެއްވި ދައުރަށް ޝުކުރު އަދާކުރައްވާކަމަށެވެ.

ކުރިއަށް އިތުރު މަސައްކަތްތަކެއް ހުރިކަމަށް އިޝާރާތްކުރައްވާ ހަލީމް ވިދާޅުވީ، ހޮސްޕިޓަލުގައި މެންޓަލް ހިދުމަތްތައްވެސް ފުޅާކުރުމަށްޓަކައި ތައްޔާރުވަމުންދާކަމަށެވެ. އަދި ހުޅުމާލެ ހޮސްޕިޓަލުގައި 28 އެނދުގެ ވޯޑުގެ މަސައްކަތްތައްވެސް މި އަހަރުގެ ތެރޭގައި ނިންމާނެކަމަށެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: