ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ވީއައިއޭ އާ ޓާމިނަލްގައި ފަސް ވަގުތު ބަންގީގެ އަޑު އިވޭނެ!

ވެލާނާ އެއާޕޯޓުގެ އާ ޓާމިނަލް/ ފޮޓޯ: ޚުލާސާ
ޝެއާރކޮށްލާ ކަހަލަދޯ؟

ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓު (ވީއައިއޭ) ގެ އާ އިންޓަނޭޝަނަލް ޓާމިނަލުން ފަސް ވަގުތު ބަންގީގެ އަޑު އިވޭނެ ގޮތަށް ހަމަޖައްސާފައިވާކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު މިއަދު ވިދާޅުވެއްޖެއެވެ.

ރާއްޖޭގެ މިނިވަންކަމުގެ ރަމްޒެއްގެ ގޮތުގައި ފާހަގަކުރެވޭ، ވީއައިއޭގައި މީގެ ނުވަ އަހަރު ކުރިން، 2016 ވަނަ އަހަރު ބިނާކުރަން ފެށި މި އާ ޓާމިނަލްގެ މަސައްކަތް ނިންމައި، ދިވެހިރާއްޖޭގެ 60 ވަނަ މިނިވަން ދުވަހުގެ އުފަލާއެކު ރޭ ވަނީ ރަސްމީކޮށް ހުޅުވައި ބޭނުންކުރަން ފަށާފައެވެ.

ކުލަ ގަދަ ހަފްލާއެއް ބާއްވައި، ރޭ ޓާމިނަލް ހުޅުވާފައި ވަނީ ޑްރޯން ޝޯވ އާއި ހަވާ އެރުވުމާއި އެކު އެވެ.

މި ޓާމިނަލްގެ މަސައްކަތަށް 457 މިލިއަން ޑޮލަރު (ހަތް ބިލިއަން ރުފިޔާ) ވަނީ ހޭދަވެފަ އެވެ.

އާ ޓާމިނަލް ހުޅުވުމާއިއެކު، އެއާޕޯޓުން ދަތުރުފަތުރުގެ ހިދުމަތްތަކަށް ބޮޑު ކުރިއެރުމެއް ލިބިގެންދާނެ އެވެ. އަދި، ފަސް ވަގުތު ބަންގީގެ އަޑު އިވޭނެ ގޮތަށް ހަމަޖެއްސުމާއި އެކު ގިނަ ބަޔަކު ވަނީ އެ ނިންމުމަށް މަރުހަބާ ކިޔާފަ އެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: